ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި ހަފްތާ އިތުރަށް ނުބާއްވައި އީދު ބަންދަށް ފަހު ޖަލްސާތައް އަލުން ބާއްވަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާންމުކޮށް އޮންނަނީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ.

މި ހިނގާ 20 ވަނަ މަޖިލީހުގެ ޖަލްސާތައް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފެށިއިރު މި ހަފްތާ ޖަލްސާ ބާއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެކަންޏެވެ.

އަދި މިއަދު ޖަލްސާއެއް ބާއްވާފައި ނުވާއިރު މާދަމާ ވެސް ޖަލްސާއެއް ބާއްވާކަށް ތާވަލު ކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ދެން ޖަލްސާއެއް ބާއްވާނީ އީދު ބަންދަށް ފަހު މި މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.

މި ހަފްތާގެ އަންގާރަ އަދި ބުދަ ދުވަހު ޖަލްސާ ނުބާއްވަން ނިންމި ސަބަބެއް ހާމައެއް ނުކުރެ އެވެ.

މި ހިނގާ މަޖިލީހުގެ މި ދައުރުގައި 37 ބިލެއް ހުށަހަޅަން ސަރުކާރުުން ވަނީ ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން