އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ދަރިކަލުން ހަންޓާ ބައިޑަންގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ކުށް ސާބިތުވެއްޖެއެވެ.
މަސްތުވާތަކެތި ބޭނުން ކުރި ކުށުގެ އިތުރުން އިތުރު ދެ ކުށެއްގެ ތުހުމަތު ވެސް ވަނީ އޭނާގެ މައްޗަށް ސާބިތުވެފައެވެ. އަދި މިއީ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މަސްތުވާތަކެތި ބޭނުން ކުރި ކުށުގެ އިތުރުން މަސްތުގެ ހާލުގައި ހުރެ ބަޑި ބޭނުން ކުރުމާއި ބަޑިއާ ގުޅުންހުރި އިތުރު ދައުވާއެއްވެސް ހަންޓާ ބައިޑަންގެ މައްޗަށް ސާބިތުވި އެވެ. އެމެރިކާގެ ފެޑެރަލް ކޯޓުގައި ހަންޓާގެ މައްޗަށް ކުރި ތިން ދައުވާވެސް ސާބިތުވެފައިވާއިރު ހަންޓާ ވަނީ މި ކުއްތަކަށް އިއުތިރާފުވެސް ވެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިއީ އެމެރިކާގެ ރައީސެއްގެ ދަރިކަލަކު ހިމެނޭ ގޮތަށް ކުރިޔަށް ގެންދިޔަ މިފަދަ ފުރަތަމަ ޝަރީއަތެވެ.
ހަންޓާ ބައިޑަންގެ މައްޗަށް ސާބިތުވި ތިން ދައުވާގެ ތެރެއިން ދެ ދައުވާގެ ހުކުމެއްގެ ގޮތުގައި 10 އަހަރުގެ ޖަލު ހުކުމެއް އޮތް އިރު، އެއް ދައުވާއަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައިވެއެވެ.
މި ދައުވާތަކުގެ އިތުރަށް ފެޑެރަލް އިންކަމް ޓެކްސްގެ ގޮތުގައި 1.4 މިލިއަން ޑޮލަރު ނުދެއްކުމުގެ ތުހުމަތުގައި މިދިޔަ ސެޕްޓެމްބަރު މަހު ފެށި ޝަރީއަތެއް ވެސް އޭނާގެ މައްޗަށް ކުރިއަށް އެބަދެ އެވެ.

ކިޔުންތެރިންގެ ހިޔާލު