ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މިއަދު ހެނދުނު ކުޑަވަގުތުކޮޅަކަށް މާލެއިން ކަރަންޓު ކެނޑިގެންދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑޭނީ މާލެ ސަރަހައްދުން ދެގަޑިއެއް ހާއިރަށްކަމަށެވެ. އެގޮތުން ކަރަންޓުގެ ޚިދުމަތް ކެނޑޭނީ މާފަންނު، ހަނދުވަރީ ހިނގުން، މިރިޔާސް މަގު، މުރަނގަ މަގު އަދި އަޅިވިލާ މަގު ހިމެނޭ ސަރަހައްދުން ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ޚިދުމަތް މެދުކެނޑޭނީ މިއަދު ހެނދުނު 10 އަކުން މެންދުރު 12 އަށް އާ ދެމެދުގެ ވަގުތު ތަކުގައެވެ.

ސްޓެލްކޯ އިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެކަމަށެވެ.

ހަމައެއާއެކު ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން