އީދުގެ މުނާސަބަތުގައި މި ފަަހަރު ކުޅުދުއްފުށީގެ މާލި ޕެރޭޑުން ފެނުނީ ބިނާކުރަނިވި ފާޑުކިއުންތަކެއް ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މި ފަހަރުގެ ވެސް ކުޅުދުއްފުށީގެ މާލި ޕެރޭޑްގައި ސަރުކާރަށް ފާޑު ކިޔާފައިވާ މާލިތައް ހިމެނެ އެވެ.

އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ މަސްވެރިކަމުގެ ސިޔާސަތާ ގުޅޭ ގޮތުން ހަދާފައިވާ މާލިތަކެވެ.

އެގޮތުން މަސްވެރިން މަސްކިރުމަށް ފަހު ދޭން ޖެހޭ ފައިސާ ދިނުން ލަސްވާތީ ފާޑުކިޔައިފައިވާ މާއްޔެއް މި ފަހަރު ފެނުނެވެ.

އެގޮތުން "މަސް ބުހުތާން ނަން ކިރާ މަހުގެ ރުފިޔާ ދެވޭނީ 48 ދަރިން ވިހާފަހުން" އަދި "ޗަކޮއި ލާރިކޮޅު ކޮބާ" ހޭ ބުނެ ލިޔެފައިވާ މާލި ހިމެނޭ އިރު މިޔަރުގެ އުނދަގޫ އިންތިހާއަށް ބޮޑުވެ ހަމަލާތައް ދިނުން އިތުރުވާތީ އެކަމަށް އިޝާރާތްކޮށް މިޔަރެއް އިންސާނަކު ކާލާ މަންޒަރު ފެންނަ މާއްޔެއް ވެސް ޕެރޭޑުން ފެނުނެވެ.

އެ ޕެރޭޑަށް އިޝާރާތްކުރަށްވައި މިނިސްޓަރ ޝިޔާމް އެކްސްގައި ވިދާޅުވީ ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ ޢީދުގެ އުފާވެރި ޖައްވުން އަބަދުވެސް ގިނަބައެއްގެ ސަމާލުކަންހުއްޓޭ ހަރަކާތެއް ކަމަށެވެ.

"ސަރުކާރުތަކުގެ ބައެއް ސިޔާސަތަަށް ފާޑުކިޔުމާއި ވަޢުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް އަޅުގަނޑު ދެކެނީ ބިނާކުރުނިވި ފާޑުކިޔުން އަދި މެސެޖުތަކެއްގެ ގޮތުގައި." ޝިޔާމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން