ބޮލީވުޑްގެ ބަތަލާ ޝްރައްދާ ކަޕޫރު މިހާރު ސިންގަލް ނޫންކަމަށް ހާމަކޮށް ލޯވިވެރިޔާ އާއެކު ފޮޓޯއެއް ހިއްސާކޮށްފިއެވެ. މި ފޮޓޯއާއިއެކު ޝްރައްދާގެ ލޯބިވެރިޔާ ރާހުލް މޯޑީއާ އެކު ލޯބީގެ ގުޅުން ރަސްމީކޮށްދީ އޭނާގެ ފޭނުން ވަނީ ހައިރާންކޮށްލާފަ އެވެ.
ޝްރައްދާ އާއި ރާހުލް ރައްޓެހިވެގެން އުޅޭތާ މާގިނަ ދުވަސްތަކެއް ނުވާއިރު އެންމެ ފަހުން އެކަން އާންމުކޮށް އިއުލާން ކުރީ މިއަދު އެވެ. ޝްރައްދާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ރާހުލްއާއެކު ނަގާފައިވާ ސެލްފީއެއް ހިއްސާކުރިއިރު، އެ ސެލްފީގައި ދެމީހުން ވަރަށް ބޮޑަށް ހިނިތުންވެފައި ތިބިތަން ފެނެ އެވެ.
މިއީ ސޯޝަލް މީޑިއާގައި ރާހުލްއާ އެކު ޝްރައްދާ ފޮޓޯއެއް ހިއްސާކުރި ފުރަތަމަ ފަހަރެވެ.
ޝްރައްދާ އާއި ރާހުލް ރައްޓެހިވެގެން އުޅޭތާ މިހާރު ދުވަސްކޮޅެއް ވެފައިވާއިރު، މީގެ ދެތިން ދުވަސް ކުރިން އެ ދެމީހުންގެ ގުޅުމަކީ "ސީރިއަސް ގުޅުމެއް" ކަމަށާއި އެކަން "ދެން އޮތް ލެވެލް" އަށް ގެންދިއުމަށް ވެސް ރާވާފައިވާ ކަމަށް މީޑިއާގައި ބުނެފައިވެއެވެ.
ޝްރައްދާގެ ލޯބިވެރިޔާ ރަހުލް އަކީ ބޮލީވުޑްގެ މަޝްހޫރު ލިޔުންތެރިއެކެވެ. އޭނާ ވަނީ ޓޫ ޖޫތީ މެއި މައްކާރު، ޕިޔާރް ކާ ޕަންޗްނާމާ 2، ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ،

ކިޔުންތެރިންގެ ހިޔާލު