ސައުދީ އަރަބިއްޔާގައި ހޫނުމިން އިންތިހާއަށް ބޮޑުވެފައިވާއިރު، ހޫނު ގަދަވުމުގެ ސަބަބުން 1،000 އަށް ވުރެ ގިނަ ހައްޖުވެރިން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެމައެވެ.

ފަހުގެ ރިޕޯޓުތަކުން ދައްކާގޮތުގައި ސައުދީގެ ހޫނުމިން މިހާރު ވަނީ 51.8 ސެލްސިއަސް އަށް އަރާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.8 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަށް ވަނީ ގޮސްފައެވެ.

މި އަހަރުގެ ހައްޖު ދަތުރުގައި ޖުމްލަ 1،081 މީހުން މަރުވެފައިވާ ކަމަށް ދިހަ ގައުމަކުން ވަނީ ރިޕޯޓްކޮށްފައެވެ. މަރުވި މީހުންގެ އަދަދުތައް ލިބިފައިވަނީ ރަސްމީ ބަޔާންތަކުން ނުވަތަ އެމީހުން ނިސްބަތްވާ ގައުމުތަކުގެ އޮފިޝަލުން މެދުވެރިކޮށް ހޯދި މައުލޫމާތު ތަކުން ކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓު ކުރެއެވެ. އަދި މިހާގިނަ ބަޔަކު މަރުވެފައިވަނީ ހޫނު ގަދަ ވުމުގެ ސަބަބުން ހީޓް ސްޓްރޯކް ފަދަ ކަންކަމުގެ ސަބަބުންކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ހޫނުމިން ކުޑަ ކުރުމަށް ސައުދީ ސަރުކާރުން އެކި މަސައްކަތްތައް ކޮށްފައިވާއިރު ހައްޖުވެރިން ވަނީ އަވިން ރައްކާތެރިވުމަށް ކުޑަވެސް ބޭނުންކޮށްފައެވެ. އަދި ހޫނު މިން މައްޗަށް ދިއުމާއެކު، ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެންމެ ހޫނު ގަޑިތައް ކަމަށްވާ ހެނދުނު 11 އާއި މެންދުރުފަހު 3 އާ ދެމެދު ބޭރުގައި ނުޅޫމަށްވެސް އިލްތިމާސް ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން