ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ
ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ
ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

އެލެކްސީ ނަވަލްނީ ވެންޓިލޭޓަރަށް ލާފައިވަނީ ސައިބީރިއާގެ ސިޓީއަކުން މޮސްކޯއަށް ދަތުރުކުރަމުން ދަނިކޮށް ކުއްލިއަކަށް ބަލިވުމުން ނެވެ. ފްލައިޓުމަތީގައި އޭނާ ބަލިވުމާއެކު އިމަޖެންސީގައި ފްލައިޓުވަނީ ޖައްސާފައެވެ.

އެލެކްސީ ބުއި ކަޅު ސައިތައްޓަކަށް ވިހަ އަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭނާގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. އެއާޕޯޓަށް ދިޔައިރު އޭނާގެ ހާލު ރަނގަޅު ކަމަށާއި، އެއާޕޯޓުގެ ކެފޭއިން އެލެކްސީ ބޮއެފައިވަނީ ކަޅުސައި އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.

އެލެކްސް އެޑްމިޓް ކުރި ހޮސްޕިޓަލުގައި ބައެއް ޓެސްޓް ތައް ނުހެދޭތީ މިހާރު ވަނީ އެހެން ހޮސްޕިޓަލަކަށް ބަދަލު ކޮށްފައެވެ. އޭނާ ވެންޓިލޭޓަރެއްގައި އޮތް ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. މި ހާދިސާއާ ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގުމަށް ބޭރުގެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން