ރަޝިޔާ އިން މިސްރާއި، ޔުނައިޓެޑް އެރެބް އެމިރޭޓްސްއަށާ އަދި ދިވެހި ރާއްޖެއަށް ވައިގެ ދަތުރުތައް އަލުން ފެށުމަށް ބުރާސްފަތި ދުވަހު ރަޝިޔާގެ ސަރުކާރުން ނިންމާފައިވާކަމަށް އަރަބި ނިއުސްއިން ބުނެފިއެވެ.

ކޯވިޑާއި ގުޅިގެން ހުއްޓިފައިވާ ދަތުރުތައް އަލުން ފަށާއިރު ރަޝިޔާއިން ހަފުތާ އަކު 3 ފްލައިޓް ގާހިރާއަށް، އަދި ހަފްތާއަކު 2 ފްލައިޓު ޑުބާއީ އަދި ދިވެހި ރާއްޖެއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށް ރަޝިޔާ ސަރުކާރުން ހާމަ ކޮށްފައިވެއެެވެ.

ކޮވިޑް-19 އާއި ގުޅިގެން ރަޝިޔާއިން ދުނިޔޭގެ އެކި ގައުމުތަކަށް ކުރަމުން އައި ވައިގެ ދަތުރުތައް މި އަހަރުގެ މާރޗް މަހުން ފެށިގެން ވަނީ މަދު ކޮށްފައެވެ. ނަމަވެސް މިދިޔަމަހު ރަޝިޔާ އިންވަނީ އިނގިރޭސިވިލާތަށާއި، ތުރުކީ، ސްވިޒަރލޭންޑް އަދި ޓަންޒަނިޔާއަށް އަލުން ވައިގެ ދަތުރުތައް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން