އިންޑިއާގެ ވައިގެ ސިފަައިންގެ ޑޯނިއާ ދެ މަތިންދާބޯޓު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖެއްސީ އިިމިގްރޭޝަން ކްލިއަރެންސް ނުހަދާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރަކީ ދޮގު ޚަބަރެއްކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިއަދު ޖެއްސި އިންޑިއާގެ އަސްކަރީ މަތިންދާބޯޓަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ހިންގާ ސަވައިލަންސް ޕެޓްރޯލުގައި ބައިވެރިވުމަށްއައި ބޯޓެއްކަމަށް ޤައުމީ ދިފާޢީ ބާރުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ މިއީ ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ކަނޑުގެ ޞަރަހައްދުގެ އޭރިއަލް ސަވައިލަންސް ޕެޓްރޯލް ކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ އޮޕަރޭޝަނަށް އައި ފްލައިޓެއްކަމަށާއި އޭގެ ތެރެއިން އޮޕަރޭޝަންގައި ބޭނުންކުރާ ފްލައިޓް މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ޙަރަކާތްތެރިވާނެކަމަށެވެ.

އިންޑިޔާގެ އަސްކަރީ ފްލައިޓް މިއަދު އައިސްފައިވަނީ އިމިގްރޭޝަންގެ ހުއްދައާއި ނުލައިކަމަށް ބުނެ މިޑީޔާތަކުން ފެތުރިވާހަކަ އިމިގްރޭޝަނުން ވަނީ ދޮގުކޮށްފައެވެ. އެއިދާރާއިންވިދާޅުވީ ދެ ފްލައިޓް އައިސްފައިވަނީ ހުއްދަ ނަގައިގެން ކަމަށެވެ.

"އިމިގްރޭޝަނަށް އެންގުމަކާ ނުލާ މިއަދު ހަނިމާދޫ އެއަރޕޯޓަށް އަސްކަރީ މަތިންދާބޯޓެއް ޖެއްސިކަމަށް ބުނެ، ޚަބަރު ފަތުރާ ބައެއް ނޫސްތަކުގައި ލިޔެފައިވާ ލިޔުންތަކަކީ ސައްޙަ މަޢުލޫމާތެއް ނޫންކަމުގައި ދަންނަވަމެވެ. މި އުޅަނދަށް އިމިގްރޭޝަން ކްލިއަރެންސް ދީފައިވަނީ، އިމިގްރޭޝަނަށް ހުށަހަޅަންޖެހޭ ލިޔެކިޔުން ފުރިހަމަކޮށް، ހޯދަންޖެހޭ ހުއްދަތައް ހޯދާފައިވުމުންނެވެ." އިމިގްރޭޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.

އިންޑިއާގެ 2 އަސްކަރީ މަތިންދާބޯޓް މިއަދު ހަނިމާދުއަށް ޖައްސާފައިވާއިރު ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ހަތިޔާރު އެޅި ބޭރު ގައުމެއްގެ ސިފައިން ނުތިބޭނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވަނީ ވިދާޅުވެފައެވެ. ޗީފް ވިދާޅުވީ ރާއްޖޭގައި މިލިޓަރީ ބޭހެއް ނެތް ކަމަށާއި، އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިންވެސް ނެތް ކަމަށެވެ. އެހެން ނަމަވެސް ހިއުމަނިޓޭރިއަން އާއި އެކި ކަހަލަ ޓެކްނިކަލް މަސައްކަތް ކުރާ ބޭރު ގައުމު ތަކުގެ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް ޝަމާލު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


8

އަބޫމުޙައްމަދު

09-Sep-2020

ކީއްކުރާންހޭ ހުއްދަ ދިނީ؟ ދިވެހި އިޤުތިޞާދީ ސަރަހައްދުގައި އިންޑިއާގެ މަސްވެރީން ދާއެޅުން ޙިމާޔަތްކުރާންތަ؟


2

ދޮންއަލިދީދީ

09-Sep-2020

ހުއްދަ ދިނީ ކީއްކުރން ދިވެހީން ބޭނުމެެއް ނުން ރާއްޖެ އަންނާކަށް އިންޑިޔަން މިލްޓްރީ އެއްވެސް އުޅަދެއް.. އެމީހުންގެ ބިންތައް މަދީތޯ ކުޑައީ ތޯ ރާއްޖެ މައްޗަށް ފާވެގެން މިއުޅެނީ.. އަންނީ ކަލެޔަށް އެމް ޑީޕީ އަށް މެގޭ ވޯޓް ދެން ހަރާމުން ހަރާމް.. މިމީހުން ބޭރުނުކޮށް ދެން އައްޑު އަށް ނާންނާތި ދަށު އެއްޗޭ ކިޔަމުން



ޓްރެންޑިން