ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މުޅި ދުނިޔެ ބަލައިގަންނަ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޗީފް ވިޕް ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ މަސައްކަތް ވެސް މުޅި ދުނިޔެ ބަލައިގަންނަ ކަމަށެވެ.
"ދިވެހި ސަރުކާރާއި މަޖިލީހުން ކުރަމުންދާ މަސައްކަތްތަކަކީ މުޅި ދުނިޔެ ބަލައިގަނެ މަރުހަބާ ކިޔާ މަސައްކަތްތަކެއް." ރޮޒައިނާ ވިދާޅުވިއެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން 68 ޕަސެންޓް މަސައްކަތް ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީސް މިހާރު ވަނީ ޗުއްޓީ އަށް ގޮސްފައެވެ. މެންބަރުން ޗުއްޓީއަށް ދިއުމުގެ ކުރިން ބޭއްވި މި ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މި ދައުރުގެ ތެރޭގައި މަޖިލީހުން 21 ގާނޫނެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.
"މި ދައުރުގެ ތެރޭގައި 21 ގާނޫނު، ނުވަ ގަރާރު، ސަރުކާރުން ހުށަހަޅުއްވާފައިވާ 18 މައްސަލަ، ރިޔާސަތުން ހުށަހަޅުއްވާފައިވާ 11 މައްސަލަ އަދި 16 ކުއްލި މައްސަލަ ނިންމެވި." އީވާ ވިދާޅުވި އެވެ.
އޭގެ އިތުރުން މެންބަރުން ހުށަހެޅުއްވި ތިން މައްސަލައަކާއި، އެހެން މައްސަލަތަކާ ގުޅޭ 29 ރިޕޯޓަކާއި، ވަޒީރުންނާ 30 ސުވާލެއް ކުރެވިފައިވާކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.
އެއް މަސް ދުވަހުގެ ޗުއްޓީއަކަށްފަހު، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ މަހުގެ ތެރޭގައެވެ.

Dhivehi sarukaaraai rayyithunge majleehun kuramun dhaa masakkaiy thakakee mulhi dhuniye balaigane, maruhaba kiyaa masakkaiy thakeh. https://t.co/bYdpkLtvot
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) September 8, 2020
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން 68 ޕަސެންޓް މަސައްކަތް ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީސް މިހާރު ވަނީ ޗުއްޓީ އަށް ގޮސްފައެވެ. މެންބަރުން ޗުއްޓީއަށް ދިއުމުގެ ކުރިން ބޭއްވި މި ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މި ދައުރުގެ ތެރޭގައި މަޖިލީހުން 21 ގާނޫނެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.
"މި ދައުރުގެ ތެރޭގައި 21 ގާނޫނު، ނުވަ ގަރާރު، ސަރުކާރުން ހުށަހަޅުއްވާފައިވާ 18 މައްސަލަ، ރިޔާސަތުން ހުށަހަޅުއްވާފައިވާ 11 މައްސަލަ އަދި 16 ކުއްލި މައްސަލަ ނިންމެވި." އީވާ ވިދާޅުވި އެވެ.
އޭގެ އިތުރުން މެންބަރުން ހުށަހެޅުއްވި ތިން މައްސަލައަކާއި، އެހެން މައްސަލަތަކާ ގުޅޭ 29 ރިޕޯޓަކާއި، ވަޒީރުންނާ 30 ސުވާލެއް ކުރެވިފައިވާކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.
އެއް މަސް ދުވަހުގެ ޗުއްޓީއަކަށްފަހު، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ މަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ހިޔާލު