2021 ވަނަ އަހަރުގެ ނޮބެލް ސުލްހައިގެ އިނާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ނަން ހުށައަޅައިފިއެވެ.

ރައީސް ޓްރަމްޕްގެ ނަން ސުލްހައިގެ އިނާމަށް ހުށައެޅުއްވީ ނޯވޭގެ ގާނޫނު ހަދާ މަޖިލިސް މެމްބަރެއް ކަމަށްވާ ކްރިސްޓިއަން ޓީބްރިން ޔެދާ އެވެ.

ނޮބެލް ސުލްހައިގެ އިނާމަށް ޑޮނަލްޑް ޓްރަމްޕްގެ ނަން ހުށައަޅާފައިވަނީ އިޒްރާއީލާއި ޔޫއޭއީ އާއި ދެމެދު ގުޅުން ބަދަހިކޮށް ސުލްހަވެރިކަމަށް މަސައްކަތް ކުރައްވާފައިވާތީކަމަށް ސްކައި ނިއުސް ގައި ހާމަކޮށްފައިވެއެވެ.

މިކަމާގުޅިގެން ނޮބެލް ސުލްހައިގެ އިނާމަށް ޑޮނަލްޑް ޓްރަމްޕްގެ ނަން ހުށައަޅާފައިވާ ނޯވޭގެ މަޖިލިސް މެމްބަރު ކްރިސްޓިއަން ޓީބްރިން ޔެދާ ވިދާޅުވާގޮތުން ނޮބެލް ސުލްހައިގެ އިނާމަށް ނަން ހުށައަޅާފައިވާ އެހެންފަރާތްތަކަށް ވުރެ، ޑޮނަލްޑް ޓްރަމްޕަށް އެއިނާމު މާހައްގުކަން ބޮޑެވެ.

އިޒްރާއީލާއި ޔޫއޭއީ އާއި ދެމެދުގައިވާ ގުޅުމާ ބެހޭ އެގްރިމެންޓްގައި ސޮއި ކުރުމުގެ ހަފްލާއެއް މިމަހު 15 ގައި ކުރިއަށް ގެންދިއުމަށް ޓްރަމްޕް ނިންމަވާފައިވާކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފައެވެ.

އެމެރިކާގެ ރައީސް ގެ ނަން 2018 ވަނަ އަހަރުގެ ނޮބެލް ސުލްހައިގެ އިނާމަށްވެސް ހުށައެޅިއެވެ. 2021 ގައި ދެވޭ ނޮބެލް ސުލްހައިގެ އިނާމަށް 318 މީހުންގެ ނަން ހުށައަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން