ޑރ. ލީ-މެންގ ޔަން
ޑރ. ލީ-މެންގ ޔަން
ކޮރޯނާ ވައިރަސް އަކީ ޗައިނާގެ ވޫހާންގައި ހުންނަ ޗައިނާ ސަރުކާރުގެ ލެބޯޓްރީއަކުން އުފެއްދި ވައިރަހެއްކަމަށް ޗައިނާގެ ވައިރޮލޮޖިސްޓަކު ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ޓޯކް ޝޯ އެއްގައި ވާހަކަ ދައްކަމުން، ޗައިނާގެ ވައިރޮލޮޖިސްޓް، ޑރ. ލީ-މެންގ ޔަން ބުނެފައިވާގޮތުން، ނިއުމޯނިޔާއަށް ތަހުލީލުތައް ކުރުމުގެ ތެރޭގައި، ކޮރޯނާވައިރަސްގެ މަސައްކަތް ފޮރުވަން އުޅުނުކަން ފަޅާއަރާފައިވެއެވެ. މިކަންތައް އެނގުމުން، ލިބިދާނެ ގެއްލުމުގެ ބިރުވެރިކަމަކަށް ޑރ. ލީ-މެންގ ޔަން ގެ ނިއުމޯނިޔާގެ ތަހުލީލުތައް ނިމުމާއެކު އެމެރިކާ އަށް ދަތުރުކުރިކަމަށްވެސް ވެއެވެ.

ކޮރޯނާވައިރަސްގެ މައްސަލަ ފޮރުވުމުގެ އޮޕަރޭޝަނުގެ ވާހަކަ ސުޕަވައިޒަރު ކައިރީ ކިޔަދިނުމަށް ޑރ. ލީ މަސައްކުރިކަމަށާއި، އަދި އޭނާއަށް ލިބިފައިވާ މަޢުލޫމާތު ސިއްރުކޮށް ނޭނގޭކަމަށް ހެދުމަށް ގިނަމީހުން ބުނެފައިވާކަމަށް ޓޯކްޝޯގައި އިތުރަށް ވާހަކަ ދައްކަމުން ޑރ. ލީ-މެންގ ޔަން ބުނެފައިވެއެވެ. ޑރ. ލީގެ ސުޕަވައިޒަރ ކައިރީ ކޮރޯނާވައިރަސްގެ މަސައްކަތް ފޮރުވުމުގެ އޮޕަރޭޝަނުގެ ވާހަކަ ބުނުމުން އެއްވެސް ވަރަކަށް އަޅާލައިފައިނުވާ ކަމަށްވެސް ޑރ. ލީ ފާހަގަކުރިއެވެ.

ކޮރޯނާ ވައިރަސްގެ މަސައްކަތް ކުރެވިފައިވަނީ ޗައިނާގެ މިލިޓަރީ އިންސްޓިޓިއުޓްއެއްގައެވެ. އަދި ކޮރޯނާ ވައިރަސް އުފެއްދުމަށް ވައިރަސް ސީސީ45 އަދި ޒެޑްއެކްސްސީ41 ގެ އިތުރުތަހުލީލު ތަކާއެކު، ނޮވެލް ކޮރޯނާވައިރަސް އުފެއްދިފައިވާކަމަށް ޑރ. ލީ-މެންގ ޔަން ބުނެފައިވެއެވެ.

ޓޯކް ޝޯގައި މިކަމާގުޅޭ އެއްވެސް ސައިންސްގެ ހެއްކެއް ވޭތޯ ސުވާލުކުރުމުން، ޗައިނީސް ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް ޕްރިވެންޝަން (ސީޑީސީ) އަށް ވެސް މިކަން އެނގޭ ކަމަށާއި، އަދި މިކަން ސިއްރުކުރާކަމަށްވެސް ޑރ.ލީ ބުނެފައިވެއެވެ. މިކަމާބެހޭ ހެކިތައް އެކުލެވޭ 2 ރިޕޯޓެއް ވަރަށް އަވަހަށް ނުކުންނާނެ ކަމަށާއި، މި ރިޕޯޓުތަކުން މި ވައިރަސްގެ ފެށުމަކީ ކޮބައިކަން ޔަގީންކޮށްދޭނެ ކަމަށްވެސް ޑރ.ލީ ބުނެފައިވެއެވެ.

ޑރ.ލީ ބުނާގޮތުން މިއީ ވަރަށްވެސް ނުރައްކާތެރި ވައިރަސް އެއްކަމާއި، ފުރާނައަށްވެސް ނުރައްކާވާނެކަމަށް ހާމަކޮށްފައިވެއެވެ. ޑރ. ލީ ޗައިނާއިން ފިލި ކަމުގައި ވިޔަސް، ހަގީގަތް ގިނަ ބަޔަކަށް އަންގައިދޭން މަސައްކަތްކުރާކަމަށް އޭނާ ފާހަގަ ކުރިއެވެ. ޑރ. ލީ ބުނާގޮތުން، ޑޮކްޓަރަކަށް ވެހުރެ، އެއްވެސް ކަމެއް ނުކޮށް މިފަދަ ކަމެއް ހިނގާތަން ބަލާކަށް ނުހުރެވޭނެއެވެ.

ޑރ. ލީ ޗައިނާއިން ފިލުމަށް އެހީތެރިވެދިނީ އެމެރިކާގެ ނިއުޔޯކްގެެ ފައުންޑޭޝަނަކުންނެވެ. މިއީ ޗައިނާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފައުންޑޭޝަނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން