ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެކަމަނާއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ނިއުޒިލެންޑުގެ ބޮޑުވަޒީރަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ، ރާއްޖެއާއި ނިއުޒިލެންޑަކީ ޖޯގްރަފީ ގޮތުން ދުރުގައި އޮންނަ ދެ ޤައުމު ކަމަށްވިޔަސް، ނިއުޒިލެންޑަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެއްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ މެދުގައި އޮތް މި ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރައްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.



ނިއުޒިލޭންޑުގައި ބޭއްވި އާއްމު އިންތިހާބު ކާމިޔާބުކުރަށްވައި، ބޮޑުވަޒީރު ޖަސިންދާ އާޑާން ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފައިވާއިރު، ޖަސިންދާ އާޑާންގެ ލޭބަރ ޕާޓީއަށް ވަނީ 49 އިންސައްތަ ވޯޓު ކާމިޔާބުކުރެވިފައެވެ. އިދިކޮޅު ނެޝަނަލް ޕާޓީއަށް ލިބިފައިވަނީ 27 އިންސައްތަ ވޯޓެވެ. އެހެންކަމުން 119 ގޮނޑި ހިމެނޭ ނިއުޒިލެންޑުގެ ޤާނޫނު ހަދާ މަޖިލީހުގެ 64 ގޮނޑި އާޑާންގެ ޕާޓީން ކާމިޔާބުކުރާނެކަމަށް މިހާރު ވަނީ ބެލެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން