ގިނަ ޢަދަދެއްގެ ޤާނޫނީ ވަކީލުން މިއަދު ވަކީލުކަމުގެ ހުވާ ކުރައްވައިފިއެވެ.
އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަކީލުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒެވެ. ހަ ބެޗަކަށް ބަހާލައިގެން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު 277 ވަކީލުން މިއަދު ވަނީ ހުވައި ކުރައްވާފައެވެ.
މިއަދު ހުވައިކުރެއްވި ހުރިހާ ވަކީލުންނަކީ ވެސް ޤާނޫނީ ފަންނުގެ ބިލްގައި ބުނެފައިވާ ބާ ކައުންސިލްގެ ޕްރޮގްރާމު ވެސް ފުރިހަމަކުރައްވާފައިވާ ވަކީލުންނެވެ. ބާ ކައުންސިލުން ބުނި ގޮތުގައި އެ ކައުންސިލުން ދޭ ޕްރޮގްރާމު 283 ވަކީލަކު ފުރިހަމަ ކޮށްފައިވެއެވެ. ބާ ކައުންސިލުން މި ޕްރޮގްރާމް ބާއްވާފައިވަނީ ޤާނޫނީ ފަންނުގެ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާހަކާއި ގުޅިގެންނެވެ.
އެ އިސްލާހުގައި ވަނީ ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވާފައި ނުވާ އެންމެހައި ވަކީލުންނަށް ޚާއްސަކޮށް މަސްދުވަހުގެ ތަމްރީން ޕްރޮގްރާމެއް ބާ ކައުންސިލުން ކުރިއަށްގެންދަން ޖެހޭނެއެވެ. އަދި ތަމްރީން ޕްރޮގްރާމު ފުރިހަމަކުރައްވާ ވަކީލުން 21 ދުވަސްތެރޭގައި ވަކީލުކަމުގެ ހުވައި ކުރައްވަންވާނެކަމަށް ވެސް އިސްލާހުގައި ވަނީ ބުނެފައެވެ. މިއަދު ހުވާ ކުރި މީހުންވެސް އެންމެ އަވަހަށް ބާއްވާ ބާ އިމްތިހާނެއްގައި ބައިވެރިވާން ޖެހެ އެވެ.
ގިނަ ޢަދަދެއްގެ ޤާނޫނީ ވަކީލުން މިއަދު ހުވާ ކޮށްފައި ވާއިރު މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އިން ދަސްވެނި ވެފައިވާ ތިން ދަރިވަރެއް ވަކާލާތު ކުރުމުގެ ހުއްދައަށް އެދި ހުށައެޅުމުން ބާ ކައުންސިލުން އެ ހުށައެޅުންތައް ރިޖެކްޓް ކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އަދި މިކަމާ ގުޅިގެން ބާ ކައުންސިލަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު