ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ ( ކ) ކުރީގެ ހެލްތް މިނިސްޓަރު އަބުދު ﷲ އަމީން ( ވ)
ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ ( ކ) ކުރީގެ ހެލްތް މިނިސްޓަރު އަބުދު ﷲ އަމީން ( ވ)
ކުރީގެ ހެލްތް މިނިސްޓަރު އަބުދު ﷲ އަމީނާއިމެދު އެމްޑީޕީން އަމަލުކުރީ އިންސާފުން ނޫން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ވެންޓިލޭޓަރު ގަތުމަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ މައްސަލަ އާއި ގުޅިގެން ހެލްތް މިނިސްޓަރު އަބުދު ﷲ އަމީން މަގާމުން ވަކިކުރުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނިކޮށް، ރައީސް އިބްރާހިމާއި މަޝްވަރާ ކުރެއްވުމަށްފަހު ހެލްތު މިނިސްޓަރު އަބުދު ﷲ އަމީން ރޭ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެމްޑީޕީން އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ އޭނާގެ އިތުބާރު އޮތް ކަމަށް ޕީޖީ ގުރޫޕުން ފާސްކޮށްފައި ވަނިކޮށެވެ.

އިސްތިއުފާ ދެއްވުމަށް ރައީސް އަށް ފޮނުއްވި ސިޓީގައި އަމީން ވިދާޅުވީ އޭނާ މަގާމުން ދުރުކުރުމަށް "ވާންކުރާ ކުރުމަކީ" އޭނާއަށް އަމާޒުވާ އެތި ފަހަރެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި އަސާސެއް ނެތް ކަންކަމުގައި ސަރުކާރު ބަލިކޮށްލުމަށް އެތަށް ކަމެއް ހިނގަމުންދާ ކަމަށް އަމީން ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމީން އާއި މެދު ފިޔަވަޅު އަޅައި މަގާމުން ވަކިކުރުމަށް ނިއްމީ މިނިވަން އިންސާފުވެރި ތަހުގީގެއް ކުރުމެއް ނެތި ކަމަށެވެ. ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމީންގެ މައްޗަށް ކުރެވުނުއިރު އޭނާގެ ނަމާ އަބުރު ރައްކާތެރި ކުރުމާއި އެކަމުން ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ނުދޭކަމަށް ޑރ.ޒުލްފާ ވިދާޅުވިއެވެ.

"ނަތީޖާ އަކަށް ވެގެންދިޔައީ އަމީން އަމިއްލަފުޅަށް އިސްތިއުފާ ދޭންމަޖުބޫރުވުން، ޑިއު ޕްރޮސެސް ( އިޖުރާއަތްތައް ) އެންމެންގެ

މައްޗަށް ހިނގަންޖެހޭނީ އެއް އުސޫލަކުން." އެމްޑީޕީގެ ވެރިކަމުގައި ވަޒީރުކަމުގެ މަގާމު ފުރުއްވާފައިވާ ޑރ.ޒުލްފާ ވިދާޅުވިއެވެ.

ކޯވިޑާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދުމުގެ މައްސަލާގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަމަށް އޮޑިޓު ރިޕޯޓުން ހާމަވެފައިވީ ނަމަވެސް، އެކަމުގައި ތުހުމަތުކުރެވޭ 11 ފަރާތަކަށް ދައުވާ އުފުލޭނެ މިންވަރަށް ހެކި ނެތް ކަމަށް ނިއްމައި ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އެމައްސަލަ އަނބުރާ ފޮނުވާލާފައެވެ. 

އަމީންގެ އިސްތަށިފުޅުގައި ކޮރަޕްޝަންގެ ތުހުމަތު އެޅުވުމަށްފަހު އޭނާ މަގާމުން ވަކި ކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީން ކުރި މަސައްކަތަކީ ސަރުކާރު ހިންގާ ކޯލިޝަން ރޫޅާލުމަށް ރޭވިގެން ހިންގާފައިވާ ނުބައި "ޖަރީމާއެއް" ގެ ގޮތުގައި ވެސް ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ. މިކަމާއި ގުޅިގެން މީސް މީޑިއާގައި ޚިޔާލުފާޅުކޮށްފައިވާ ބައެއް މީހުން ބުނެފައި ވަނީ އަމީން އިސްތިއުފާ ދެއްވުމާއި ހަމައިން އެމައްސަލަ ވެސް ދެން އޮބޭނީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޒުހުރާ

22-Oct-2020

މީޱދެން ކާކުތަ އިންސާފާ ބޭއިންސާފު ކިޔާ ދޭން. މިނިސްޓަރ ކަމުގައި ފިރިލީހަޔަށް 2 ރިސޯޓު ދީފަ ވެރިކަން ވެއްޓުނީ މާ ފިލާގޮސް އޮސްޓްރިއާ ގައި



ޓްރެންޑިން