ލެވިސްޓާ ކޮފީއަކީ ދާދި ފަހުން ރާއްޖެއަށް ތަޢާރަފު ކުރި ކޮފީއެއް ނަމަވެސް ލެވިސްޓާ އަކީ ދިގު ތާރީޚެއް އޮތް ކޮފީގެ ބްރޭންޑެއް ކަމަށްވާ އެސްއެލްއެން ކޮފީ ގެ އުފެއްދުމެކެވެ. މިއީ 60 އަހަރުގެ ދިގު ތާރީޚެއް އޮތް ކޮފީގެ ބްރޭންޑެއްގެ އުފެއްދުމެކެވެ.

ލެވިސްޓާ ކޮފީއަކީ ވަރަށް ފަރުވާތެރިކަމާއެކު ރީތި ކޮލިޓީ ކޮފީ ބީންސް އަތުން ހޮވައިގެން ވަރަށް ފަރުވާތެރިކަމާއެކު ވަރަށް އޮމާންކޮށް މީރުކޮށް ތައްޔާރުކޮށްފައިވާ ކޮފީއެކެވެ. ކޫރްގް އެސްޓޭޓްގެ މިޚާއްޞަ ކޮފީގައި އެކުލެވޭ މީރު ރަހައާއި އޮމާންކަމަކީ ލެވިސްޓާ ކޮފީތަށްޓަކަށް އިންސާފު ކޮށްލުމުން މެނުވީ ވަޒަން ނުކުރެވޭނެ ކަމެކެވެ.

ލެވިސްޓާއަކީ އަމިއްލަ ކޮފީދަނޑުގައި ވަރަށް ފަރުވާތެރިކަމާއެކު ހައްދައި އެންމެ ތާޒާ ކޮފީ ބީންސް އަތުން ވަކިކޮށްގެން ވަރަށް ފަރުވާތެރިކަމާއެކު ރޯސްޓްކޮށްގެން ޚާއްޞަ މީރު ރަހަތަކާއެކު އެންމެ ރަނގަޅު ފެންވަރުގައި އުފައްދާ ކޮފީގެ ބާވަތެކެވެ.

ލެވިސްޓާ ކޮފީގެ އެންމެ ހިތްގައިމު ކަމަކީ އޭގައި އެކުލެވިގެންވާ އަރޯމާގެ މީރު ރަހައެވެ. ލެވިސްޓާގައި ހިމެނޭ މިދެންނެވި އަރޯމާއަކީ ލެވިސްޓާގެ ރަހަ ހިތްގައިމު ވުމުގެ އަސްލެވެ. ލެވިސްޓާގެ އާވިން އެއަރާލާ މީރު ވަހުގެ އަރޯމާއިން މީހާގެ މޭ ހެއުކޮށްދީ މޫނުމައްޗަށް ތާޒާކަން ގެނެސްދީ ހަށިގަނޑުގެ ވަރުބަލިކަމާއި ފޫހިކަން ފިލުވައިދޭނެ ކަމީ އެއްވެސް ޝަކެއް އޮތް ކަމެއް ނޫނެވެ.



މިދެންނެވި އަރޯމާގެ އަދި މާ މުހިންމު ސިއްރެއް އެބައޮތެވެ. އެހެން ކޮފީތަކާއި ޚިލާފަށް މި ކޮފީގެ ރަހަ މީރުކޮށްދީ ކަރުތެރެއިން އެތެރެވުމުގައި އެހުންނަ ފަސޭހަކަން ގެނަސްދިނުމުގެ އިތުރުން ލެވިސްޓާގައި ހިމެނޭ މިދެންނެވި އަރޯމާއަކީ މީހާގެ ޒުވާންކަން ދަމަހައްޓައިދީ އިތުރުކޮށްދީ ބާރު ޖައްސައިދޭވެސް މުހިންމު ބާވަތެކެވެ. ލެވިސްޓާގެ ވިހި އިންސައްތައަކީ މިދެންނެވި އަރޯމާއެވެ. އެއީ ލެވިސްޓާގައި ހިމެނޭ ވަރަށް ބޮޑު ސިއްރެކެވެ.

އާންމުކޮށް ބާޒާރުން ލިބެން އެހުންނަ ކޮފީގައި ހިމެނޭ އުނދަގޫ ހިތި ރަަގަނޑެއް ލެވިސްޓާއަކު ނުހުންނާއެވެ. އެއީ ލެވިސްޓާ އުފެއްދުމުގައި ބޭނުންކުރާ ކޮފީ ބީންގެ ކޮލިޓީއާއި ރޯސްޓްކޮށް ތައްޔާރު ކުރުމުގައި ގެންގުޅޭ ޚާއްޞަ ކަމެއްގެ ސަބަބުން ލެވިސްޓާއަށް ލިބިފައިވާ ތަފާތެކެވެ.

ހަގީގަތަކީ ލެވިސްޓާ ކޮފީގެ ރަހަ ރަނގަޅަށް އެއްފަހަރު ބައްލަވާލައްވައިފި ނަމަ ކޮފީއަށް ލޯބިކުރަށްވާ އެއްވެސް ބޭފުޅަކު ލެވިސްޓާ ލިބެން ހުއްޓާ އެނޫން އެހެން ކޮފީއެއް ނުބައްލަވާނެ ކަމެކެވެ. އަދި މިއީ މީރު ކޮފީއެއް ހިއްޕަވަން ރެސްޓޯރެންޓަކަށް ވަޑައިގެންނެވުމުގެ ބަދަލުގައި ގޭގައި އަމިއްލައަށް ވަރަށް ފަސޭހަކަމާއެކު ވަގުތުން ގިރާލައިގެން ހިއްޕަވަން އެންމެ ރަނގަޅު ކޮފީއެވެ. މި ކޮފީ ހިއްޕެވުމަށްފަހު މީރު ކޮފީއެއް ހިއްޕެވުމުގެ ބޭނުމުގައި ރެސްޓޯރެންޓަކަށް ވަޑައިގަންނަވަން ބޭނުން ނުވާނެ ކަމުގެ ސައްތައިން ސައްތަ ޔަގީންކަން ދެމެވެ.



ލެވިސްޓާއަކީ ހަމައެކަނި އަނގަޔަށް މީރުވެގެން ބޯ ކޮފީއެއް ނޫނެވެ. މިކޮފީގެ އަރޯމާގެ ފައިދާތަކަކީ ހަމަ ހަގީގަތުގައި ވެސް ހަމަ ބޮޑު ސިއްރެކެވެ. ހެނދުނު ބުއިމުން މުޅި މީހާގެ ހަށިގަނޑު ހޭލައްވާލައި ކަންނެތްކަން ފިލުވާލަދެއެވެ. ރޭގަނޑު ބުއިމުން ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދީ ލޭގެ ހިނގުން ހަރަކާތެރިކޮށްދީ ރޭގަނޑަށް އެންމެ ބޭނުންވާ މުހިންމު ބާރުވެރިކަން އިތުރުކޮށްދެއެވެ. އަދި ނިދީގެ އަރާމުކަން އިތުރުކޮށްދީ ނިދިން ހޭލައިގެން ތެދުވުމުގައިވެސް ކަންނެތްކަން ކުޑަކޮށްދެއެވެ. ސިކުނޑިއަށް ލުއިކޮށްދެއެވެ.

އެހެންވީމާ ދުވަސް ފަށާންވީވެސް އަދި ދުވަސް ނިންމާންވީވެސް ލެވިސްޓާއިންނެވެ. ކަޅު ކޮފީގެ ގޮތުގައި ބުޔަސް ކިރު ކޮފީގެ ގޮތުގައި ބުޔަސް މައްސަލައެއް ނެތެވެ. އަދި އައިސް ކޮފީގެ ގޮތުގައިވެސް ކަޅުކޮފީގެ ގޮތުގައިވެސް ކިރުކޮފީ ވިޔަސް މައްސަލައެއް ނެތެވެ. ލެވިސްޓާގެ މީރު ކަމަކަށް ތަފާތެއް ނާންނާނެއެވެ. ލެވިސްޓާގެ އަރޯމާގެ ފެންވަރަކަށް ބަދަލެއް ނާންނާނެއެވެ. ފައިދާއަކަށް ވެސް ބަދަލެއް ނާންނާނެއެވެ.

ލޮޓަސް ފިހާރައިން ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ލެވިސްޓާ ކޮފީއަކީ ލޮޓަސް ފިހާރައިން ކޮލިޓީއާއިމެދު ޔަގީންކަން ދޭ ވަރަށް "ސަޅި" ކޮފީގެ ބްރޭންޑެކެވެ.



ކިޔުންތެރިންގެ ހިޔާލު


32

ފާތިމަތު

18-Nov-2020

އަރޯމާއަކީ ކޮބައިކަން ކިޔުންތެރިޔާ އަށް އެނގިލައްވާތޯ?? ލިޔުން ކިޔަމުންދިޔައިރު އަޅުގަނޑުގެ ހިތުގަ އުފެދުނު އެންމެ ބޮޑު ސުވާލު.



ޓްރެންޑިން