އެމެރިކާގެ ޖޯޖިޔާ ސްޓޭޓްއަށް ލިބިފައިވާ ވޯޓުގުނުމުގެ ތެރެއިން.
އެމެރިކާގެ ޖޯޖިޔާ ސްޓޭޓްއަށް ލިބިފައިވާ ވޯޓުގުނުމުގެ ތެރެއިން.
އެމެރިކާގެ ރިޔާސީ އިންތިހާބުން ޖޯޖިޔާ ސްޓޭޓަށް ލިބިފައިވާ ވޯޓުތައް އަލުން ގުނައި، އެމެރިކާގެ ޖޯޖިޔާ ސްޓޭޓްގެ ރަސްމީ ނަތީޖާ އިއުލާންކޮށްފިއެވެ.

ޖޯޖިޔާގެ ސެކްރެޓަރީ އޮފް ސްޓޭޓް އޮފީހުން އިއުލާންކޮށްފައިވާ ރިޔާސީ އިންތިހާބުގެ ޖޯޖިޔާ ސްޓޭޓްގެ ރަސްމީ ނަތީޖާއިން ދައްކާގޮތުގައި، ޖޯޖިޔާ ސްޓޭޓް ކާމިޔާބުކޮށްފައިވަނީ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެންއެވެ. އަދި މިއީ ޖޯޖިޔާގެ އެންމެ ފުރަަތަމަ އިއުލާންކުރެވުނު ނަތީޖާއިންވެސް ދައްކާފައިވާގޮތެވެ.

އެމެރިކާގެ ނިމިދިޔަ ރިޔާސީ އިންތިހާބުގެ، ޖޯޖިޔާ ސްޓޭޓްގެ ރަސްމީ ނަތީޖާ ހާމަކޮށްދެއްވައިފައިވަނީ، ޖޯޖިޔާގެ ސެކްރެޓަރީ އޮފް ސްޓޭޓް، ބްރެޑް ރަފެންސްޕަރގަރ އެވެ.

އެމެރިކާގެ ޖޯޖިޔާ ސްޓޭޓްގެ ވޯޓު އަލުން ގުނައިފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެދިވަޑައިގެންނެވުމަކަށެވެ. މިގޮތުން ޖޯޖިޔާގެ އެންމެ ފުރަަތަމަ އިއުލާންކުރެވުނު ނަތީޖާ ގަބޫލުނުކުރައްވާ ޓްރަމްޕް ވަނީ ޖޯޖިޔާ ސްޓޭޓަށް ލިބިފައިވާ ހުރިހާ ވޯޓެއް އަލުން އަތުން ގުނުމަށް އެދިވަޑައިގެންފައެވެ.

ޓްރަމްޕްގެ މި އެދިވަޑައިގެންނެވުމާއެކު، ޖޯޖިޔާ ސްޓޭޓްގެ 159 ވޯޓުފޮށި އަލުން ގުނައި އޮޑިޓް ކުރެވޭނެކަމަށްވެސް ސެކްރެޓަރީ އޮފް ސްޓޭޓް ބްރެޑް ރަފެންސްޕަރގަރ ކުރިން ވިދާޅުވެފައިވެއެވެ. ޖޯޖިޔާ ސްޓޭޓުން އެންމެ ފުރަތަމަ ނަތީޖާގެ އިއުލާނު ކުރިއިރު އެ ސްޓޭޓްގެ ހަތަރު ސަރައްހައްދެއްގެ ވޯޓުފޮށި އެއްކޮށް ގުނައި ނުނިމެނީސް ނަތީޖާ އިއުލާންކޮށްފައިވާކަމަށް މި އޮޑިޓުން ހާމަވެފައިވެއެވެ.

މީގެ ތެރޭގައި ފްލޮއިޑް، ފަޔެޓް، ވަލްޓަން، އަދި ޑަގްލަސް ހިމެނެއެވެ. މިއާއެކު، ޖޯޖިޔާ ސްޓޭޓްގެ ފްލޮއިޑް ކައުންޓީގެ 2500 ވޯޓު ނުގުނައި ފުރަތަމަ ނަތީޖާ އިއުލާންކޮށްފައިވުމުން، ފްލޮއިޑް ކައުންޓީގެ ޗީފް އިލެކްޝަން ކްލާރކް، ރޮބަރޓް ބްރޭޑީ ވަނީ މަގާމުންވެސް ވަކިކޮށްފައެވެ.

އަލުން ވޯޓު ގުނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފައި މިވަނީ، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއިން، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން އަށް ލިބިވަޑައިގެންފައިވާ ކާމިޔާބީ ގަބޫލު ނުކުރައްވާތީއެވެ. މީގެއިތުރުން، މި އިންތިހާބުގައި ޓްރަމްޕަށް ނާކާމިޔާބުވެފައިވާ ކަމަށް އިއުލާން ކުރައްވާފައިވާ ބައެއް ސެކްރެޓަރީ އޮފް ސްޓޭޓުންނާ މެދު ހިތްހަމަ ޖެހިވަޑައިނުގެން އެމީހުން އިންތިހާބުގެ ކޮރަޕްޝަނުގައި ބައިވެރިވެފައިވާކަމަށް ވެސް ޓްރަމްޕް ވަނީ ތުހުމަތު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން