އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް
އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގައުމު ނުހިންގެވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޯސްކޮށް ވާހަކަ ދެއްކެވިޔަސް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ ރައީސް ސޯލިހަށް ލިބިވަޑައިނުގަންނަވާ ބާރެއް ނެތް ކަމަށެވެ. ވެރިކަމާއި، މަޖިލީހުގެ ސުޕަ މެޖޯރިޓީއާއި، ހުރިހާ ސިޔާސީ ލީޑަރުންގެ ތާއީދު ވެސް ރައީސް ސޯލިހަށް ލިބިވަޑައިގަތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެކަމަކު ހިންގުންތެރިކަމާއި ލީޑާޝިޕެއް އެމަނިކުފާނުގެ ނެތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ހިންގުންތެރިކަމާއި ލީޑާޝިޕެއް ރައީސް އިބްރާހިމް ސޯލިހްގެ ނެތުމުން ވައުދުތައް ނުފުއްދި ގައުމު ދަރުވާލާފައި ރައީސް ޔާމީންގެ ބޮލުގައި އިލްޒާމް އަޅުވަން އުޅުނަސް، ރައްޔިތުންނަށް އިތުރަށް އޮޅުވައެއް ނުލެވޭނެ ވާވަރަށް އޮޅުވާލެވިއްޖެ، އިނަފް އިޒް އިނަފް." އާދަމް ޝަރީފް ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވަނީ ރައީސް ޔާމިންގެމައްޗަށް ނުހައްގު ދައުވާތަކެއް ކޮށް ޖަލަށް ލައި އިތުރު ދައުވާ ތަކެއް އުފުލައި އެކި އިލްޒާމްތައް އަޅުވަމުން ގެންދަނީ އެމަނިކުފާނާއި މެދު އޮންނަ ވަރުގަދަ ހަސަދަވެރިކަމަކާއި ބަދަލު ހިފުމުގެ ރޫހެއްގެ ސަބަބުން ނޫންތޯއޭ ވިދާޅުވެ ސުވާލުކުރައްވާފައެވެ.

"އެކަމަކު އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް. ބަލައެއް ނުގަނެވޭނެ" ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

ހއ. ހޯރަފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ދަރަނި ބޮޑު ބަޖެޓެއް ހުށަހަޅަން ޖެހުނު ސަބަބަކީ ކުރީގެ ސަރުކާރުގައި ނެގި ބޮޑެތި ދަރަނި ދެއްކުމަށް ކަމަށެވެ. ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖޭގެ ދަރަނިބޮޑު ކަމަށާއި، އެވާހަކަ ވަރަށް ރަނގަޅަށް ދައްކަން ޖެހޭ ކަމަށެވެ.

އެގޮތުން ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ދަރަނީގެ ގޮތުގައި އޮތީ 26 ބިލިއަން ރުފިޔާކަމަށާއި، އެމަނިކުފާނު ވެރިކަމުން ވަކިވެވަޑައިގެންނެވިއިރު 60 ބިލިއަން ރުފިޔާ އަށް ރާއްޖެ ދަރުވާލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު، ވިދާޅުވީ ދަޢުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރިކަމެއް ނޫން ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓުގައި ދަރަނި ދައްކަން ޖަހާފައި އޮތް 4 ބިލިއަން ރުފިޔާ އަކީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނި ދެއްކުމަށް ޖަހާފައިވާ ފައިސާ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން