މާލޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ސުވެނިއަ ފިހާރައެއް
މާލޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ސުވެނިއަ ފިހާރައެއް
މާލޭ ސަރަހައްދުގައި ކޯވިޑްގެ ނަންބަރުތަކުގެ އަދަދު މަދުކުރަން އެންމެންގެ ސަމާލުކަން ބޮޑުކުރަން ޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މާލޭގައި ފަތުރުވެރިންނަށް ޚާއްސަކޮށް ޚިދުމަތްދޭ ސުވެނިއަ ޝޮޕްތައް ނުހުޅުވޭތީ އެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމަށް އިޝާރަތްކުރައްވަމުން ޓޫރިޒަމް މިިނިސްޓަރު ޑރ. ޢަބުދު ﷲމައުސޫމް ވިދާޅުވީ ކޯވިޑްގެ އަދަދުތައް މާލެ ސަރަހައްދުން ފެންނަ މިންވަރު މަދުކުރަންޖެހޭ ކަމަށެވެ.

ސުވެނިއަރ ޝޮޕްތައް ނުހުޅުވޭނަމަ އެކަމުގެ ގެއްލުން އެންމެބޮޑަށް ކުރާނީ މާލެ ސަރަހައްދުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރައްވާ ފަރާތްތަކަށް ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. ފަތުރުވެރިކަން މާލެ ސަރަހައްދުގައި އަލުން ހުޅުވައި ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ސުވެނިއަރު ޝޮޕުތަކާއި އެހެނިހެން ފަަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން ހުޅުވޭނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކުގައި ހިފަހައްޓައިގެންކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި މިކަމުގައި ރައްޔިތުންގެ ސަމާލުކަން އިތުރަށް ބޭނުންވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މާލެ އޭރިއާގެ ހޮޓާތަކާއި ގެސްޓްހައުސްތައް އަދިިވެސް ނުހުޅުވޭ! ސުވެނިއަރު ޝޮޕުތަކާއި އެހެނިހެން ފަަތުރުވެރިކަމުގެ ހިދުމަތްތައްވެސް އަދި ނުހިންގޭ! އެވެރިން ތަހައްމަލުކުރާ ގެއްލުން ވަރައްބޮޑު! މާލެ ސަރަހައްދުގެ ކޮވިޑު ނަމްބަރު ތިރިކުރުމަށް އެޗް.ޕީ.އޭ ގެ އެންގުންތަކަށް ބޮޑަށް ސަމާލުވަމާތޯ؟" މިނިސްޓަރު ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ 94 ގެސްޓް ހައުސްއެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ. މާލޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް ބަލިޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެ ވެސް 100 އާއި ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވާއިރު، ފުލޫ ކްލިނިކްތަކަށް ދައްކާ ގިނަ އަދަދެއްގެ މީހުން އަންނަނީ ކޮވިޑަށް ޕޮޒިޓިވްވަމުުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން