ފިރިމީހާގައިގައި ރޯކޮށްލިކަމަށް ބުނާ އަންހެން މީހާ.
ފިރިމީހާގައިގައި ރޯކޮށްލިކަމަށް ބުނާ އަންހެން މީހާ.
އުމުރުން 7 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރުމުން އެމެރިކާގެ އަންހެނަކު އޭނާގެ ފިރިމީހާގެ ގައިގައި ރޯކޮށްލައިފިއެވެ.

މިމައްސަަލައިގައި އަންހެންމީހާ ވަނީ މިހާރު ހައްޔަރު ކޮށްފަައެވެ. ފުލުހުން ބުނާގޮތުގައި، 40 އަހަރުގެ ވެނީސާ ނަމަކަށް ކިޔާ މިއަންހެންމީހާ އޭނާގެ ފިރިމީހާ ވިންސެންޓް ފިލިޕް ގައިގައި ރޯކޮށްލާފައިވަނީ އޭނާ ނިދާފައި އޮއްވައެވެ.

ފުލުހުންގެ ތަހުގީގުގައި ވެނީސާ ބުނެފައިވާގޮތުން އޭނާގެ ދަރިފުޅު ރޭޕްކޮށް ޖިންސީ ގޯނާ ކުރުމުން، ކަންތައް ކޮށްފައިވާނީ އޭނާއަށް ފެނުނު އެންމެ ރަނގަޅުގޮތަަަށް ކަމަށެވެ. މިގޮތުން ފިރިމީހާ ނިދަންދެން މަޑުކުރުމަށްފަހު، އޭނާގެ ގަޔަށް ހުޅުހިފާޒާތުގެ އެއްޗެއް އެޅުމަށްފަހު ރޯކޮށްލީކަމަށްވެސް ވެނީސާ ބުނެފައިވެއެވެ.
މިމައްސައިލައި ފުލުހުން ބުނެފައި ވަނީ އަލިފާނުގެ ހާދިސާއިން ފިލިޕް މަރުނުވާ ކަމަށާއި އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާލިބެމުންދާކަމަށެވެ. މީގެ އިތުރުން ޖިންސީ ގޯނާކުރުމުގެ ކުށުގައި ފިލިޕް ހައްޔަރު ކުރެވޭނެކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މީގެއިތުރުން މީހަކަށް އަނިޔާކުރި ކަމުގެ ކުށުގައި ވެނީސާ ހައްޔަރުކުރެވިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް ފުލުހުންގެ މިނިންމުމާ ދެކޮޅަށް ގިނަ ބަޔަކު ވަނީ އަޑުއުފުލާފައެވެ. މިގޮތުން ވެނީސާއަށް ހަރުކަށި އަދަބު ލިބެން ނުޖެހޭނެ ކަމަށްވެސް ގިނަ ބަޔަކު ވަނީ ހާމަކޮށްފަައެވެ.
މިވަގުތު ވެނީސާ ހުރީ އޭނާގެ ކޯޓުގެ އަޑުއެހުންތައް ނިމެންދެން، ފުލުހުންގެ ބެލުމުގެ ދަށުގައެެވެ.

ކިޔުންތެރިންގެ ހިޔާލު


1

ޙަމްދާ

26-Nov-2020

ޜަނގަޅު މަ ނަމަވެސްހަދާނެގޮތް ތީ ހަމަ ތިކަހަލަމީހުންނަށް ހަދަންވީގޮތް


-2

ކޮޮސްބެ

26-Nov-2020

ރޯކޮއްލުން ބަރާބަރު


0

ޑެމިއަން

24-Nov-2020

ޢެވަރުކަމެއް ޖެހުމުން ރުޅި އާދެވޭނެކަން ޔަގީން އެކަމަކު އެކަމަށް ތަރުހީބު ނުދެމާ..އަލިފާނަކުން އެއްވެސް އިންސާނަކަށް އަނެއް އިންސާނަކަށް އަދަބެއް ނުދެވޭނެ..