މުޅި ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު ލިބިފައިވާ، މަޝްހޫރު ޓެސްލާ ކުންފުނި އަދި ސްޕޭކްސް އެކްސް ގެ ސީއީއޯ، އީލަން މަސްކް
މުޅި ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު ލިބިފައިވާ، މަޝްހޫރު ޓެސްލާ ކުންފުނި އަދި ސްޕޭކްސް އެކްސް ގެ ސީއީއޯ، އީލަން މަސްކް
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު މަޝްހޫރު ޓެސްލާ ކުންފުނި އަދި ސްޕޭސް އެކްސް ގެ ސީއީއޯ، އީލަން މަސްކް އަށް ލިބިއްޖެއެވެ.

މީގެ ކުރިން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު ލިބިފައިވަނީ އެމޭޒަން ގެ ސީއީއޯ ޖެފް ބޭޒޯސް އަށެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ހިއްސާ ބާޒާރުގައި އެމޭޒަން ކުންފުނި ފަހަތައް ޖައްސައި، އީލާން މަސްކް އަށް ލިބުނު ކާމިޔާބީ އާއެކު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު އީލާން މަސްކް އަށް ވަނީ ލިބިފައެވެ.

މިގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު، އީލަން މަސްކްގެ ނެޓް ވޯތު ވަނީ 188.5 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ އެމޭޒަން ގެ ސީއީއޯ ޖެފް ބޭޒޯސްގެ ނެޓް ވޯތު އާއި އަޅާ ކިޔާއިރު 1.5 ބިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

މީގެ އިތުރުން، މިދިޔަ އަހަރު ވެގެންދިޔައީ އީލަން މަސްކް އަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލް ވި އަހަރަކަށެވެ. މިގޮތުން 12 މަސް ދުވަސް ތެރޭގައި 150 ބިލިއަނަށް ވުރެ ބޮޑު އާމްދަނީއެއް ލިބި، ކުރުމުއްދަތެެއްގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު މީހާގެ ލަގަބުވެސް އީލަން މަސްކް އަށް ވަނީ ލިބިފައެވެ. މީގެއިތުރުން މިދިޔަ އަހަރުގެ ހިއްސާގެ ބާޒާރުގައި އީލަން މަސްކްގެ ޓެސްލާ ކުންފުނީގެ އަގު މައްޗަށް ގޮސް، 743 އިން ސައްތަ އަށް އިތުރުވެފައިވާކަމަށް، ޓެސްލާ ކުންފުނީގެ ތަފާސް ހިސާބު ތަކުން ދައްކާފައިވެއެވެ.

އީލަން މަސްކްގެ ކުންފުނިތަކުން ލިބޭ ސާފު ފައިދާއިން އިންސާނުން ޖައްވަށް ކުރާ ދަތުރުތައް އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށް އީލަން މަސްކް ވަނީ ބުނެފައެވެ. މިގޮތުން އޭނާގެ އެންމެ ބޮޑު އުއްމީދަކީ މަރސް ގައި ސިޓީއެއް އުފެއްދުން ކަމަށް އީލަން މަސްކް ބުނެފައިވެއެވެ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން