މެލޭޝިޔާގައި މިއަދުން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.
މެލޭޝިޔާގެ ރަސްގެފާނުގެ އޮފީހުން މިކަން އިޢުލާން ކުރަމުން ބުނެފައިވަނީ މިއީ މެލޭޝިޔާގައި ކޮވިޑަށް ޕޮޒިޓިވްވަމުންދާ މީހުން އިތުރުވުމާއި ގުޅިގެން މެލޭޝިޔާގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅެއްކަމަށެވެ. މެލޭޝިޔާގައި މިއަދުން ފެށިގެން ކުއްލި ނުރައްކާ އިއުލާންކޮށްފައިވަނީ ކުރިއަށް އޮތް 7 މަސް ދުވަހަށެވެ. މިގޮތުން މިމަހު 12 ވަނަ ދުވަހުން (މިއަދުން) ފެށިގެން، އޮގަސްޓު މަހުގެ 1 ވަނަ ދުވަހާއި ހަމައަށް ކުއްލި ނުރައްކަލުގެ ހާލަތު ދެމިގެންދާނެކަމަށް މެލޭޝިޔާގެ ރަސްގެފާނުގެ އެންގެވުމުގައި ވިދާޅުވެފައިވެއެވެ.
މިއަދުން ފެށިގެން މެލޭޝިޔާގައި ކުއްލި ނުރައްކާ އިއުލާން ކުރުމަށް އާންމުކޮށްފައިވާ މެލޭޝިޔާގެ ރަސްގެފާނުގެ އެންގެވުމުގައި ވަނީ މެލޭޝިޔާގައި ފެތުރެމުންދާ ކޮވިޑުގެ ބަލިމަޑުކަން ނުރައްކާތެރި ހިސާބަކަށް ގޮސްފައިވުމުން، ގާނޫނުގެ ދަށުން ލިބިދޭ ބާރުގެ ބޭނުންކުރަށްވައި މެލޭޝިޔާގައި ކުއްލި ނުރައްކާ އިއުލާންކުރުމުގެ ބޭނުން ޖެހިއްޖެކަމަށެވެ. މިއާއެކު އޮގަސްޓު މަހުގެ 1 ވަނަ ދުވަހާއި ހަމައަށް ކުއްލި ނުރައްކަލުގެ ހާލަތު ދެމިގެންދާނެކަމަށް އާންމު ކުރެވުނުކަމުގައިވިޔަސް މެލޭޝިޔާގެ ހާލަތު ރަނގަޅުވެއްޖެނަމަ ކަނޑައެޅިފައިވާ ތާރީހުގެ ކުރިން ކުއްލި ނުރައްކާ އުވާލާނެ ކަމަށްވެސްވެއެވެ.
މީގެ އިތުރުން، ކޮވިޑު ކޮންޓްރޯލް ކުރުމަށް މެލޭޝިޔާގައި ދަތުރުފަތުރު ކުރުމަށް ހުރަސް އަޅަމުން ދިޔަ މޫވްމެންޓް ކޮންޓްރޯލްގެ އުސޫލުތަކާ އެކުވެސް އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުމާއެކީ މިފަހަރުވެސް މި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަވާއިދުތަކަށް އެއްބާރުލުން ލިބި މެލޭޝިޔާގައި ކޮވިޑު ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން މެލޭޝިޔާގެ ރަސްގެފާނު ވަނީ ދެއްވާފައެވެ.
މިއަދުގެ ވަގުތެއްގައި މެލޭޝިޔާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، އިއްޔެގެ ވަގުތެއްގައި މެލޭޝިޔާއިން ވަނީ ފައިޒަރ ކުންފުނިން ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިނުގެ އިތުރު 12 މިލިއަން ޑޯޒު ގަތުމަށް ނިންމައި އެކަން އިއުލާންކޮށްފައެވެ. މިގޮތުން މެލޭޝިޔާގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން، ފައިޒަރ ކުންފުނީގެ ވެކްސިންގެ 12.8 މިލިއަން ޑޯޒު ގަތުމަށް މެލޭޝިޔާގެ ސަރުކާރުން ފައިޒަރ ކުންފުންޏާ އެކު އެއްބަސްވެފައިވާކަމަށް ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު