ގއ. ވިލިނގިލި
ގއ. ވިލިނގިލި
ގއ. ވިލިނގިލީ މޮނިޓަރިންގެ ޙާލަތު އުވާލައިފިއެވެ.

އެރަށުގެ މޮނިޓަރިންގެ ޙާލަތު އުވާލައި އެޗްޕީއޭއިން އެރަށު ކައުންސިލަށް މިހާރު ވަނީ އެކަން އަންގާފައެވެ. އެރަށު ކައުންސިލަށް އެޗްޕީއޭ އިން ފޮނުވި ލިޔުމުގައި ވަނީ، އެރަށުގެ މޮނީޓަރިންގ އުވާލާފައިވަނީ ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމުންނެވެ.

ގއ. ވިލިނގިލި މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ، އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވް ބަޔަކު ފެނުމާއި ގުޅިގެންނެވެ. އެރަށް މޮނީޓަރިންގ ގެ ހާލަތަށް ގެނަސްފައިވަނީ 14 ޖަނަވަރީގައި އެވެ.

އެރަށް މޮނިޓަރިންއަށް ލާފައިވަނީ އެރަށުގައި ހުންނަ ގއ. އަތޮޅު މަދަރުސާގައި ކިޔަވަމުންދާ ދަރިވަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ. އަދި އެ ދަރިވަރާއި އެއްގެއެއްގައި ދިރިއުޅުނު އިތުރު ދަރިވަރަކުވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވާ ދަރިވަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު އެ ސްކޫލް ވަނީ ބަންދުކޮށްފައެވެ.

ވިލިނގިލީގެ މޮނިޓަރިންގެ ޙާލަތު ނިމުމަކަށް ގެނައި ނަމަވެސް ގއ. ދެއްވަދޫ އާއި ދާންދޫ އޮތީ މޮނިޓަރިންގައެވެ. އަދި ހުވަދޫ އަތޮޅުގެ ގިނަ ރަށްތަކެއްގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އެޗްޕީއޭ އިން ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން