އެމެރިކާގެ ޓިކްޓޮކް ތަރިއަކު އޭނާގެ ފިރިމީހާއަށް ލޯބިވެރިންގެ ދުވަހުގެ ހަދިޔާކަށް ރީތި އަންހެނުންތަކެއްގެ ފޮޓޯތަކެއް ދީފިއެވެ.

ގްލޯރިއާ ނަމަކަށް ކިޔުނު މިއަންހެން މީހާ ހިއްސާކޮށްފައިވާ ޓިކްޓޮކް ވީޑިޔޯގައި އޭނާގެ ފިރިމީހާއަށް ހާއްސަކުރި ހަދިޔާ ވަނީ ދައްކާލައިފައެވެ. އަދި މި ހަދިޔާ ހެދުމަށް ބޭނުންކޮށްފައިވާ އަންހެނުންގެ ފޮޓޯތަކަކީ އޭނާގެ ފިރިމީހާ އިންސްޓަގްރާމްގައި ލައިކް ކޮށްފައި ހުރި ފޮޓޯތަކެވެ.

މިގޮތުން ގްލޯރިޔާ ވަނީ އޭނާގެ ފިރިމީހާ އިންސްޓަގްރާމްގައި ލައިކް ކޮށްފައި ހުރި އަންހެނުންގެ ފޮޓޯތައް ކަރުދާހަށް ޕްރިންޓްކޮށް އިލޮށީގައި ތަތްކޮށް ދިދަ ތަކެއްހެން އަތުރާލާފައެެވެ.

މިކަމާ ބެހޭގޮތުން ގިނަ ބަޔަކު ފާޑު ކިޔަމުން ދާއިރު ބައެއް މީހުންނަށް ގްލޯރިއާގެ އަމަލުވީ މާބޮޑުވަރު ކޮށްލުމަށެވެ. ނަމަވެސް ބައެއް މީހުން ބުނަނީ މީހަކާ އިނދެގެން އުޅޭއިރު ހިލޭ އަންހެނުންގެ ފޮޓޯއަށް ބަލައި އެއަށް ލައިކް ދޭ މީހުންނަށް މިކަހަލަ ހަދިޔާ ލިބުން ހަމަ ރަނގަޅު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން