ޓެރަރިސްޓް ޖަމާޢަތްތަކަށް ދިވެހިން ރެކްރޫޓްކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ގޭބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށް، އޭނާ އަލުން ޖަލު ބަންދަށް ބަދަލުކުރަން ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.
2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އަމީން ހައްޔަރުކޮށްފައިވަނީ، ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައެވެ. އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއަކާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއެކެވެ. އަމީންގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ ޑިސެމްބަރު 5، 2019 ގައެވެ. އަދި އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރު ކުރީ ޑިސެމްބަރު 15، 2019 ގައެވެ.
އަމީންގެ ބަންދު މުރާޖަޢާ ކުރުމަށް ކްރިމިނަލް ކޯޓުގައި މިމަހުގެ ތިންވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އަމީން ގޭ ބަންދަށް ބަދަލުކުރީ އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބެލުމަށްފަހު، ގެއިން ބޭރަށް ނުދިއުމަށާއި ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފައެވެ.
އަމީން ގޭބަންދަށް ބަދަލު ކުރުމުން ދަޢުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އަމީނަކީ އަވަސް ފަރުވާ ލިބެންޖެހޭ ސިއްހީ ހާއްސަ ހާލަތެއްގައި ހުރި ފަރާތެއް ނޫން ކަމާއި އޭނާއަށް ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށް ނުރައްކާވާފަދަ ބައްޔެއް އެހާތަނަށް ހުރިކަން އޭނާ ބެލި އެއްވެސް ޑޮކްޓަރެއް ފާހަގަކޮށްފައި ނުވާ ކަމަށެވެ. އަދި އަމީން ޑޮކްޓަރަށް ދެއްކުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައިވާ ކަމަށް ހައިކޯޓުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އަމީންގެ މައްޗަށް ޝަރުތުކޮށް ގޭގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ކޮށްފައިވާ އަމުރެއް ކަމުގައި ބެލެވެން ނެތް ކަމަށްވެސް ހުކުމުގައިވެއެވެ. އެހެންކަމުން އަމީން ގޭ ބަންދަށް ބަދަލު ކުރަން ނެރުނު އަމުރު ބާތިލުކޮށް، އަދި އޭނާ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ނެރެފައިވާ އަމުރު ދެމެހެއްޓުމަށް ހައިކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.
ފުލުހުން މީގެ ކުރިން ބުނީ އަމީނަކީ ގިނަދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމައަށް މީހުން ފޮނުވަން އަމަލީގޮތުން ހަރަކާތްތެރިވެ، އެކަމަށް އެހީތެރިވެދީ ވާގިވެރިވަމުންދާ މީހެއް ކަމަށެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓު ދިނުމުގެ އިތުރުން، ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސްފަރާތްތަކާވެސް އަމީން ގާތް ގުޅުމެއް ބާއްވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އަމީންއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކް ބޮމުގެ ހަމަލާއާއި ގުޅިގެން ފުލުހުން ހޯދި މީހެކެވެ. ނަމަވެސް އޭނާ ވަނީ ރާއްޖެއިން ބޭރަށް ފިލައިގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅެފައެވެ. އެފަހަރު އޭނާ ހައްޔަރުކުރީ ރެެޑް ނޯޓިސް ނެރެގެން ލަންކާގައި ހުއްޓައެވެ. ހައްޔަރުކޮށްގެން ރާއްޖެ ގެނެސް 2012 ގައި އޭނާ ވަނީ ދޫކޮށްލާފައެވެ. އަމީނަކީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި، ރާއްޖޭގެ އައިއެސް ގޮފީގެ ލީޑަރުގެ ގޮތުގައި ފާހަގަކޮށްފައިވާ މީހާއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފަ އެވެ. މިއީ އެ ލިސްޓުގައި ދިވެއްސެއް ހިމެނުނު ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު