ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
އެމްޑީޕީއަކީ ދިވެހިންގެ މައްޗަށް ހިންގި މުރަނަ ވެރިކަން ހެޔޮވެރިކަމަކަށް ފުރޮޅާލި ޕާޓީ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ރަށްވެހި ފަތިސްގެ ނަމުގައި ކުރިއަށްގެންދާ ކެމްޕެއިން ލޯންޗް ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ލިބިފައި އޮތް އިޚްތިޔާރަކާ ބާރެއް ދޫކޮށްލުމަކީ އެއްވެސް އިރެއްގައި އެއްވެސް މީހަކަށް ކުރަން ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި ލާމަރުކަޒު ނުވެ އޮތުމުން އަތޮޅުތަކުގައި ތިބެ ރައްޔިތުން ތަޙައްމަލުކުރަމުންދާ ތަކްލީފްތައް އެމްޑީޕީއަށް އަބަދުވެސް ވަރަށް ސާފު ކަމަށާއި އެ މަންޒަރާއި އެ ތަޖުރިބާ އެމްޑީޕީން މިތިބީ ކޮށްގެން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ދިވެހިންގެ މައްޗަށް ހިންގާ އަމުރު މައުރޫފްގެ މުރަނަ ވެރިކަން ދިވެހި ރައްޔިތުންނާ އެކީ އެ ރައްޔިތުންގެ ބައިވެރިވުމާއެކު ހިނގާ ހެޔޮވެރިކަމަކަށް ފުރޮޅާލި ޕާޓީ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖެ އުފެދި އެކުލެވިފައިމިއޮތީ ލާމަރުކަޒު ސިފައަށް ކަމަށާއި، ރާއްޖޭގައި މީހުން އާބާދުވެ ވަޒަންވެރިވެފައި ވަނީވެސް ލާމަރުކަޒީ ސިފައަށް ކަމަށެވެ. އަދި ދިވެހިންގެ ކަންކަން ލާމަރުކަޒީ ނިޒާމަކުން މެނުވީ ނުހިންގޭނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަތޮޅުތެރެއަށް ބާރުތައް ދޫކޮށްލާވާހަކަ ދެކެވުނު ދުވަހު އެކަމާ ދެކޮޅަށް މަޖިލީހުގައި އޮތް އޮއެވަރު ދެކެވަޑައިގެންނެވި ކަމަށެވެ. އަދި އޭރު އެއީ ރައްޔިތުންގެ މައްޗަށް ހިންގި ވެރިކަމެއް ކަމަށާއި، ނަމަވެސް ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ އެކީ ކުރާ ވެރިކަމެއްކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


9

ހަސަން

26-Feb-2021

ކޮންމެއެއްޗެއްކިޔަސް ހެޔޮ. ދިވެހި ރައްޔިތުން ކަލޭމެނަށް ސަލާމްބުނެފި. ރާއްޖޭގެ އެކި ރައްރަށް އިންޑިޔާގެ ގެރިގުއި އެޅިޔަސް ދެން ތިޔަ ޅޮސްގަހެއް ނެހެދޭނެ ސަހަރޯ.



ޓްރެންޑިން