ރައްޔިތުންްގެެ މަޖިލިސް
ރައްޔިތުންްގެެ މަޖިލިސް
ދަޢުލަތުގެ މާލީ ވަޒީރު މަޖިލީހަށް ހުށަހެޅުއްވި ގޮތަށް އެމްއެމްއޭއިން 4.2 ބިލިޔަން ރުފިޔާ ނެގުމަށް ސަރުކާރަށް ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ހުށަހެޅުން މަޖިލީހުން ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. މިބިލާ ދެކޮޅަށް 7 މެމްބަރުން ވޯޓު ދެއްވިއެވެ.

މި މަހުގެ 22 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން މާލީ ވަޒީރު އިބްރާހީމް އަމީރު މަޖިލީހަށް ހުށައަޅާފައިވަނީ، ކޯވިޑް-19 އާ ގުޅިގެން އިޤްތިޞާދީ ގޮތުންނާއި މާލީ ގޮތުން އެރި ލޮޅުމާއި އެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝް ފްލޯ ކުރިއަށް އޮތް ތިން މަހަށް ދެމެހެއްޓުމަށްޓަކައި، މަދުވެގެން 4.2 ބިލިއަން ރުފިޔާ އެމްއެމްއޭ އިން ދަރަންޏަށް ނެގުމުގެ ހުއްދަ ދިނުމަށެވެ.

މިކަން ކުރެވެން އަންނަނީ ދައުލަތުގެ ޚަރަދަށްޒިންމާވާ ގާނޫނަށް ބަދަލުތަކެއް ގެނަސްގެން ކަމަށްވާތީ މާލީ ވަޒީރު ހުށައަޅާފައިވަނީ އެގާނޫނުގެ ތެރެއިން ފަރުވާއެއް ހޯދުމާއެކު ދަރަނި ނެގޭ މިންވަރު އިތުރުކޮށްދިނުމަށެވެ.

ދަޢުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބުނެފައިވަނީ ދެ ހާލަތެއް މެދުވެރިވެއްޖެނަމަ އޯވަޑްރޯ އިތުރު ކުރުމަށް މަޖިލީހުގެ ހުއްދައަށް މާލީ ވަޒީރަށް އެދެވިދާނެކަމަށެވެ. އެއީ ގުދުރަތީކާރިސާއެއް މެދުވެރިވުމާއި އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް ދިމާވުމެވެ. މިހާރު އެދެހާލަތުވެސް މެދުވެތިވެފައިވާ ކަމަށް ބައެއް މެންބަރުން ގަބޫލުކުރައްވައެވެ.

މިއަދު މި ހުށައެޅުން މަޖިލީހުން ފާސްކުރި ނަމަވެސް މި ހުށައެޅުން ފާސްކޮށްފައިވަނީ ޚިޔާލު ތަފާތުވުން ތަކުގެ ތެރެއިން ހިނގާދިޔަ ދިގު ބަހުސް ތަކަކަށް ފަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ކިނބިހި

27-Apr-2020

މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރައްވާ 30،000 އަށް ވުރެ ބޮޑުނުވާގޮތެއްގެ މަތީން.. މިރޭޓުން ޕޮލިޓިކަލް ކަލްޓުންގެ މުސާރަވެސް އަދި މަޖިލީހުގެ ފަރިއްކޮޅު ދިނުން ހުއްޓާލާ.. އެއީ ދައުލަތަށް ބޮޑު ބުރައެއް.. ކޮންމެ ގަޑިޔަކު 15 ވައްތަރުގެ ރިހަ ހަދަން ޖެހޭ ފްރެޝް ފްރުޓު ހުންނަން ޖެހޭ މީ ލާހިކަވަރެް ނޫންނ.. އެއްހެން މަގާމުތަކަށް ވެސް ކާން ނުދޭ ކީއްވެ ވަކި މަޖިލީހުގެ ބޮޑުންނަށް ދައުލަތުން ކާންދޭންވީވެސް..



ޓްރެންޑިން