މާލެ ސިޓީ ލޮކްޑައުން ގައި-
މާލެ ސިޓީ ލޮކްޑައުން ގައި-
ކޯވިޑް-19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީއަށް ދިއުމަށް އިންކާރުކުރި މީހަކު ކަރަންޓީން ފެސިލިޓީއަށް ގެންދިއުމަށް ސިވިލް ކޯޓުން އަމުރެއް ނެރެދީފިއެވެ.

ސިވިލް ކޯޓުން ރޭ އަމުރު ނެރުނީ ދިވެހި ފިރިހެނަކާއި ދެކޮޅަށެވެ. އެ އަމުރުގައި ބުނެފައިވަނީ ސަރުކާރުން ބޭނުންވާ ކަރަންޓީން ފެސިލިޓީއަކަށް އެމީހާ ގެންގޮސް ބަންދު ކުރުމަށް އެމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފުލުހުންނަށް އަންގާ ކަމަށެވެ. އެމީހާ ހުރީ ކޮން ރަށެއްގައިކަން އެނގިފައެއް ނުވެއެވެ.

ސިވިލް ކޯޓުން މިމަހުގެ 20 ވަނަ ދުވަހުވެސް ވަނީ ކަރަންޓީން ފެސިލިޓީއަށް ދިއުމަށް ދެކޮޅުހެދި ދިވެހި އަންހެނަކާއި، ފިރިހެނަކު ކަރަންޓީނަށް ގެންދިއުމަށް ކޯޓު އަމުރެއް ނެރެފައެވެ.

ސިވިލް ކޯޓުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ގައި ކަރަންޓީނަށް ދާން ދެކޮޅު ހަދާމީހުން ފުލުހުންގެ ބެލުމުގެ ދަށުން ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުމުގެ ހުއްދަ ދިނުމަށް އަމުރު ނެރެދޭން ނިންމާ އެކަން ހާމަކޮށްފައެވެ.

އަދި އެކަމަށް އެޗްޕީއޭއަށް އީމެއިލް މެދުވެރިކޮށް ކޯޓުގައި އެދެވޭނެ އިންތިޒާމްވެސް ސިވިލް ކޯޓުން ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން