ޕާކިސްތާނުގައި ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެގައުމަށް ދަތުރުކުރާ އިންޓަރނޭޝަނަލް ފްލައިޓުތައް މަދުކުރަން، ޕާކިސްތާނުގެ ސަރުކާރުން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން ޕާކިސްތާނުގެ ސިވިލްއޭވިއޭޝަނުން ބުނެފައިވަނީ، ޕާކިސްތާނަށް ޖައްސާ އިންޓަރނޭޝަނަލް ފްލައިޓުތައް މަދުކުރަން ނިންމާފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށެވެ. މިގޮތުން 80 އިންސައްތައާއި ހަމައަށް އިންޓަރނޭޝަނަލް ފްލައިޓުތައް މަދުކުރެވޭނެކަމަށްވެއެވެ. އަދި ޕާކިސްތާނަށް އެތެރެވާއިރު 72 ގަޑިއިރު ހަމަނުވާ ނެގަޓިވް ޕީސީއާރް ޓެސްޓު ނަތީޖާ ހުށައެޅުމާއި، ޕާކިސްތާނަށް އެތެރެވުމަށްފަހު ރެޕިޑް އެންޓިޖެން ޓެސްޓު ކުރެވެމުންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ޕާކިސްތާނު ސަރުކާރުން ކޮވިޑާ ގުޅިގެން މިފަދަ ހަރުކަށި ފިޔަވަޅެއް އަޅާފައިވަނީ އެގައުމުގައި ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު ރިކޯޑް އަދަދަކަށް ގިނަވުމާއި ގުޅިގެންނެވެ.
އަދި އަވަށްޓެރި އިންޑިއާގެ ސިއްޙީ ހާލަތަށް ޕާކިސްތާނުގެ ހާލަތު ހިނގައްޖެނަމަ، ޕާކިސްތާނުގެ ސިއްޙީ ވުޒާރާ ތަކަަށް ތަހައްމަލު ނުކުރެވޭނެ ކަމަށްވެސް ޕާކިސްތާނުގެ ކަމާބެހޭ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ. މިގޮތުން ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަރުކަށި ކުރަންޖެހިއްޖެ ހާލަތްތަކުގައި އެކަން ކުރާނެ ކަމަށް ޕާކިސްތާނު ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު