بسم الله الرحمن الرحيم
حَمْدًا لِمَنْ عَلَّمَ بِالْقَلَمِ عَلَّمَ اْلإِنْسَانَ مَا لَمْ يَعْلَمْ
އިސްލާމް ދީނުގައި ނަމާދުގެ މަޤާމް:
ނަމާދަކީ އިސްލާމީ ރުކުންތަކުގެ ތެރެއިން އެންމެ މުހިންމު ރުކުނެވެ. އަދި ދީނުގެ ބިންގަލަކީ ނަމާދުކަމުގައި ލޮބުވެތި رَسُولُ اللَّهِ ﷺގެ ޞައްޙަ ޙަދީޘުފުޅުތަކުގައި ވާރިދުވެފައި ވެއެވެ. ނަމާދު އަދާނުކޮށެއް މުސްލިމަކު އޭނާގެ އީމާންކަންމަތީ ޤާއިމުވެ ނުހުރެވޭނެއެވެ. ނަމާދާ އިންކާރުކޮށްފި މީހަކު އިސްލާމް ދީނުން ބޭރުވާނެ ކަމުގައި ދީނުގެ އެންމެހައި ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ.
އަލްޙަމްދަކީ ނަމާދުގެ އެންމެ މުހިންމު ރުކުނެވެ.
ނަމާދުގައި ރުކުންތަކަކާއި ސުއްނަތްތަކެއް ވެއެވެ. މިގޮތުން ސާދަ ރުކުނެއް ވާކަމުގައި އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. މިބުނެވުނު ސާދަ ރުކުނުގެ ތެރެއިން އެންމެ މުހިންމު ރުކުނަކީ އަލްޙަމްދު ކިޔެވުމެވެ. އެހެންކަމުން ނަމާދަށްޓަކައި އަލްޙަމްދުގެ މުހިއްމު ކަމާހުރެ رَسُولُ اللَّهِ ﷺ ވަނީ އަލްޙަމްދަށް ނަމާދުގެ ނަމުން ނަންދެއްވާފައެވެ. އެއީ ޙައްޖަށް ޢަަރަފާތުގެ ނަމުން ނަން ދެއްވި ފަދައިންނެވެ.
އަލްޙަމްދުގައި ވަނީ ހަތް އާޔަތެވެ.
ކީރިތި ޤުރުއާނުގެ ޙިޖްރު ސޫރަތުގައި މާތް ﷲ އަންގަވާފައިވާ ފަދައިން އަލްޙަމްދުގައި ވަނީ ހަތް އާޔަތެވެ. ނަމާދު ކުރާއިރު މިހަތް އާޔަތް ކިޔެވުމުގައި ސަމާލުކަން ދޭން ޖެހޭނެއެވެ. އޭގެތެރެއިން އެއް އާޔަތަކީ ބިސްމިއެވެ. އެހެންކަމުން ބިސްމިއާ ނުލައި އަލްޙަމްދު ފުރިހަމަ ނުވާނެއެވެ. އަދި އަލްޙަމްދާ ނުލައި ނަމާދު ޞައްޙަ ނުވާނެއެވެ. މާތް ﷲގެ އިރާދަފުޅާއި މިންވަރުފުޅުން ތިރީގައި ބިސްމިއާބެހޭ އިތުރު ތަފްޞީލު ބަޔާން ކުރާން ޤަޞްދު ކުރަމެވެ.
މާތް ﷲ ވަނީ 114 ފަހަރު ބިސްމި ބާވައިލައްވަވާފައެވެ.
ބިސްމިއަކީ ކީރިތި ޤުރުއާނުގެ ބަރާއަތު ސޫރަތް ފިޔަވައި ކޮންމެ ސޫރަތެއް ފެށުމުގައި މާތް ﷲ ބާވައިލައްވާފައިވާ އާޔަތެކެވެ. ލޮބުވެތި رَسُولُ اللَّهِ ﷺ ސުވަރުގެ ވަޑައިގަތުމަށްފަހު އެކަލޭގެފާނުންގެ މިތުރު އަޞްޙާބު ބޭކަލުން ކީރިތި ޤުރުއާން ލިއުއްވިއިރު ބަރާއަތު ސޫރަތް ފިޔަވައި ކޮންމެ ސޫރަތެއްގެ ފެށުމުގައި بِسْمِ اللَّهِ ލިއުއްވާފައި ވަނީ އެބޭކަލުންގެ މެދުގައި އެއްވެސް ޚިޔާލު ތަފާތުވެ ވަޑައިގަތުމެއްނެތި އެންމެހައި ބޭކަލުންގެ އިޖުމާޢުން އެކަމަށް އެއްބަސްވެ ވަޑައިގެންނެވެ. އަދި ޤުރުއާން ދަސްފުޅު އަޞްޙާބު ބޭކަލުން ވެސް ކޮންމެ ސޫރަތަކާއެކު ބިސްމިވެސް ދަސްފުޅު ކުރަށްވާފައި ވާތީއެވެ. ހަމައެހެންމެ ބަރާއަތު ސޫރަތުގައި بِسْمِ اللَّهِ ނޯންނަ ކަމަށްވެސް އަޞްޙާބު ބޭކަލުންނާއި އެންމެހައި ދަންނަބޭކަލުން ވަނީ އެއްބަސްވެ އިޖްމާޢުވެ ވަޑައިގެންފައެވެ.
ބިސްމީގެ މަޤާމް:
އާދެ! އަޑުހަރުކޮށް ކިޔަވާ ނަމާދުގައި اَلْحَمْدُ ކިޔަވާއިރު بِسْمِ اللَّهِ ބާރަށް ކިއުމާމެދު މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ދެބަސްވެރިވުން އުފެދިގެންދާތީ އެބަ ފެނެއެވެ. މިއީ ޙަޤީޤަތުގައި ވަރަށްވެސް ދެރަކަމެކެވެ. މިދެބަސްވެރިކަން އުފެދި އެންމެފަހުން މިއޮތީ އެކަކު އަނެކެއްގެ ބޮލުގައި ބާޠިލުގެ ތުހުމަތު އަޅުވަމުންދާ ދަރަޖައަށް މައްސަލަތައް ގޯސްވެފައެވެ. ދަންނަބޭކަލުންގެ މެދުގައި މިމައްސަލައާމެދު އިޚްތިލާފު އުފެދިފައި އޮތްކަމުގައި ވިއަސް އެބޭކަލުން އިޚްތިލާފުވެ ވަޑައިގެންފައިވަނީ ހަމައެކަނި އައުލާގޮތަކީ ކޮބައިތޯ ބެލުމުގެ މައްސަލައިގައެވެ.
ދިވެހިރާއްޖޭގައި މިހާތަނަށް އެންމެން އެއްގޮތަކަށް ބާރަށް ބިސްމި ކިޔަމުން ދަނިކޮށް ކުއްލިޔަކަށް މިދިމާވީ ބޮޑު ފިތުނައަކާއެވެ. ދީނުގައި އެންމެ ޞައްޙަކަން ބޮޑު ރަގަޅުގޮތޭ ކިޔައިގެން އުޅޭ ބަޔަކު ދީނުގައި ކަނޑައެޅިފައިހުރި އުޞޫލުތައް މުގުރާލައިގެން ތިމާމެންނަށް އެނގިފައިހުރި އެއްޗެއް އެއީ އެންމެ ޞައްޙަގޮތްކަމަށް ބުނެ އެހެން ގޮތްތައް ބާޠިލްކޮށް، ބިދުޢައެކޭބުނެ ހަދަންފެށުމުން ދެން ނުވެނުދާނެގޮތް މިދަނީ ފެންނަމުންނެވެ. އެއްބަޔަކު އަނެއްބައެއްގެ ފަހަތުގައި ނަމާދު ނުކުރާ ހިސާބަށް ކަންތައް މިއޮތީ ގޮސްފައެވެ. މިތާގައި ވިސްނާލަން ޖެހޭ ކަމަކީ ކަމެއްކުރުމަށް ސުއްނަތުން ދެގޮތެއް ސާބިތުވާން އޮވެފައި ބަޔަކު އެއިން އެއްގޮތަކަށް ޢަމަލު ކުރަނިކޮށް އެސުއްނަތް ދޫކޮށް އަނެއް ސުއްނަތަށް ޢަމަލުކުރަން އެންގުމުން ތިމާމެންނަށް އިތުރުވަނީ ކޮން ސަވާބެއްތޯ ބަލާލަން ޖެހެއެވެ. އާދޭހެވެ! އިތުރުވިހައިވެސް އެއްޗަކީ ތަނުގައި އުފެދިގެންދިޔަ ބޮޑު ފިތުނަވެރި ކަމަކާއި ރޯވެގެންދިޔަ ރުޅިވެރިކަމާއި ނަފްރަތުގެ އަލިފާންގަނޑެވެ. މިތާގައި އޮތް އެންމެ ބޮޑު ހިތާމައަކީ މިއައު ގޮތްތައް ފަތުރަންއުޅޭ ގިނަމީހުންނަކީ ދީނުން އެއްވެސް މިންވަރެއް ކިޔަވާފައިނެތް މީހުންނެވެ. އަމިއްލަ އަމިއްލައަށް އެދުރުވެގެން ފަތުވާ ދިނުމުގެ ހަރުފަތަށް އަރައިގެން އުޅޭ މީހުންނެވެ. މިފެންވަރުގެ މީހުން އިސްލާމް ދީނުގައި އެންމެ ޞައްޙަކަން ބޮޑުގޮތަކީ ކޮބައިކަން ހޯދާނީވެސް ކިހިނަކުންތޯއެވެ!؟ އަނެއްބަޔަކީ ކޮންމެވެސްވަރަކަށް ދީނުގެއެއްޗެހި ކިޔަވާފައި ތިބި ކަމުގައިވިއަސް މިފަދަ މައްސަލައެއް ޙައްލު ކުރުމުގެ ޤާބިލްކަން ނެތްބައެއްކަން އެބައިމީހުންގެ ޢަމަލާއި ބަހުން އެބަދޭހަވެއެވެ.
ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ.
ކުޑަވެސް ޝައްކެއް ނެތްގޮތުގައި ބިސްމިއަކީ ސޫރަތުލް ފާތިޙާ އާދެ! اَلْحَمْدُގެ އާޔަތެކެވެ. ރަނގަޅަށް ވިސްނައިލުމުން ބުއްދީގެ ގޮތުން އެނގިގެންދާ އެއްޗަކީ اَلْحَمْدُގެ ހަތް އާޔަތް އޮވެފައި އެސޫރަތް ބާރަށް ކިޔަވަންޖެހޭއިރު އެއްއާޔަތް ސިއްރުން ކިޔަވާފައި އަނެއް ހައާޔަތް ބާރަށް ކިޔެވުމަކީ ހަމަބުއްދި ޤަބޫލުކުރާ ކަމެއް ނޫންކަމެވެ. އެހެންކަމަށް ވާނަމަ ބާރަށް ކިޔަވާ ނަމާދުގައި اَلْحَمْدُ ކިޔަވާއިރު ބިސްމި ކިޔަންޖެހޭނީ اَلْحَمْدُގެ އެހެނިހެން އާޔަތްތަކެކޭވެސް އެއްގޮތަކަށް ބާރަށެވެ.
އިސްލާމީ އުއްމަތުގައި އިޚްތިލާފު އުފެދިފައި އޮތްކަމުގައިވިއަސް މިމައްސަލާގައި ޢިލްމުވެރިން ގެންނަވާފައިހުރި ހުރިހާ ކޮޅެއްގެ ދަލީލުތަކާމެދު އިންސާފުވެރި ގޮތަކަށް އަޅުގަޑުމެން ބަލާލަމާ ހިނގާށެވެ! އެއިރުން ޔަޤީނުންވެސް ޝައްކުތައް ފިލައިގޮސް ޙައްޤު ހާމަވެގެން ދާނެއެވެ. މިގޮތުން ފުރަތަމަ ބަލައިލާހިތްވަނީ بِسْمِ اللَّهِ އަކީ اَلْحَمْدُގެ އާޔަތެއްތޯ، ނުވަތަ ނޫންތޯ މިއަށެވެ. މިހެނީ بِسْمِ اللَّهِ އަކީ اَلْحَمْدُގެ އާޔަތެއް ކަމުގައި ވާނަމަ މިމައްސަލާގައި އިތުރަށް ދިގު ބަޙުޘްތަކެއް ކުރަންޖެހޭނެ ކަމަކަށް އަޅުގަނޑު ނުދެކޭތީއެވެ. ވުމާއެކު އިންސާފުވެރި ނަޒަރަކުން ޤުރުއާނާއި ސުންނަތުގެ އަލީގައި މިމައްސަލައާމެދު ބުރަދަންހުރީ ކޮން ކޮޅަކަށްތޯ ބަލައިލަން އެބަޖެހެއެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ މިއާޔަތާމެދު ވިސްނާލައްވާށެވެ! އެއިލާހު ވަޙީކުރަށްވާފައި ވެއެވެ. ﴿وَلَقَدْ آتَيْنَاكَ سَبْعًا مِّنَ الْمَثَانِي وَالْقُرْآنَ الْعَظِيمَ ﴿٨٧﴾ (ޔަޢުނީ: ހަމަކަށަވަރުން އަހުރެން ކަލެއަށް ފަހަރުފަހަރު މަތީން ކިޔަވަންޖެހޭ ހަތް އާޔަތާއި ކީރިތި ޤުރުއާން ދެއްވީމެވެ.)
(1) މިއާޔަތުގައި "السَّبْعُ الْمَثَانِى" އޮތް ބަސްފުޅުގެ މުރާދަކީ سُورَةُ الْفَاتِحَة ކަމުގައި رَسُولُ اللَّهِ ﷺ ގެ އަރިހުން އެތަކެއް ޞައްޙަ ޙަދީޘަކުން ސާބިތުވާން އެބަ އޮތެވެ. އަދި މާތް ﷲ ރުއްސުންލެއްވި أَبُو هُرَيْرَةގެ ކިބައިން ރިވާވެގެންވެއެވެ. އެރިވާޔަތުގައި ވަރަށް ޞަރީޙަކޮށް بِسْمِއަކީ اَلْحَمْدُގެ ހަތް އާޔަތުގެ ތެރެއިން އެއްއާޔަތް ކަމުގައި ބަޔާންވެގެންވެއެވެ. އެރިވާޔަތުގައި އައިސްފައިވަނީ މިފަދައިންނެވެ. "إِذَا قَرَأَ أَحَدُكُمْ اَلْحَمْدَ فَاقْرَأُوا بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ إِنَّهَا أُمُّ الْقُرْآنِ وَأُمُّ الْكِتَابِ وَالسَّبْعُ الْمَثَانِى وَبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ إِحْدَى آيَاتُهَا" (ޔަޢުނީ: ކަލޭމެން اَلْحَمْدُ ކިޔަވާއިރު بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ކިޔަވާށެވެ. ހަމަކަށަވަރުން އެއީ أُمُّ الْقُرْآنِ އެވެ. އަދި أُمُّ الْكِتَابِ އެވެ. އަދި اَلسَّبْعُ الْمَثَانِى އެވެ. އަދި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ އަކީ އެސޫރަތުގެ އެއް އާޔަތެވެ.)
(2) މާތް ﷲ ރުއްސުންލެއްވި އުންމު ސަލަމާގެ އަރިހުން ރިވާވެގެން ވެއެވެ. "أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَرَأَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِي أَوَّلِ الْفَاتِحَةِ فِي الصَّلاَةِ فَعَدَّهَا آيَةً مِنْهَا" (ޔަޢުނީ: ހަމަކަށަވަރުން رَسُولُ اللَّهِ ﷺ ނަމާދުގައި ސޫރަތުލްފާތިޙާގެ ކުރީގައި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ކިޔަވާ ވިދާޅުވެއެވެ. އަދި އެކަލޭގެފާނު އެއާޔަތަކީ އެސޫރަތުގެ އާޔަތެއްގެ ގޮތުގައި ބައްލަވައެވެ.)
(3) މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. عَنْ اِبْنِ عَبَّاسٍ أَنَّهُ قَرَأَ الْفَاتِحَةَ ثُمَّ قَالَ (وَلَقَدْ آتَيْنَاكَ سَبْعًا مِنَ الْمَثَانِي) قَالَ: هِيَ فَاتِحَة الْكِتَاب وَبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ اْلآيَةُ السَّابِعَةُ. (މާނައީ: އިބްނު ޢައްބާސް މިއާޔަތް ކިޔަވާ ވިދާޅުވުމަށްފަހު ވިދާޅުވިއެވެ. މިތާގައި ސަބްޢު މަޘާނީގެ މުރާދަކީ ފާތިޙަތުލް ކިތާބެވެ. بِسْمِ اللَّهِ އަކީ އެސޫރަތުގެ ހަތްއާޔަތުގެ ތެރެއިން އެއް އާޔަތެވެ.)
(4) ބަޔާންވެދިޔަ ދަލީލުތަކުގެ އިތުރުން، މުޞްޙަފުގެ ލިއުމަށް ބަލާލި ކަމުގައި ވިއަސް ބިސްމިއަކީ އަލްޙަމްދުގެ އާޔަތެއް ކަމުގައި ތާއީދު އެބަ ލިބެއެވެ. އެއީ ކީރިތި ޤުރުއާން ލިޔެވުނުއިރު ﷲގެ ޙަޟްރަތުން ބާވައިލެއްވުނު އެއްޗެއްނޫން އެހެން އެއްވެސް އެއްޗެއް މުޞްޙަފުގައި ލިޔެވިފައި ނުވާއިރު، رَسُولُ اللَّهِ ﷺގެ ލޮބުވެތި އަޞްޙާބުންގެ އިޖުމާޢުން އެއްވެސް ޚިލާފެއްނެތި އެބޭކަލުންވަނީ މުޞްޙަފު ލިއުއްވިއިރު بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِއަކީ އާޔަތެއް ކަމުގައި ހިމަނުއްވަވައި 113 ސޫރަތުގެ ކުރީކޮޅުގައި ބިސްމި ލިއުއްވާފައެވެ. މިގޮތުން އެބޭކަލުންގެ މެދުގައި އެއްވެސް ޚިލާފެއް ނެތި ބަރާއަތު ސޫރަތުގެ ކުރީކޮޅުގައި بِسْمِ اللَّهِ ނުލިއުއްވައި އަނެއް 113 ސޫރަތުގެ ކުރީކޮޅުގައި އެބޭކަލުން މިއާޔަތް ލިއުއްވާފައި އޮތް އޮތުމަކީ رَسُولُ اللَّهِ ﷺ އެބޭކަލުންނަށް މިގޮތަށް ޢަމަލުކުރަށްވަން އަންގަވާފައި އޮތްކަމުގެ ސާފު ހެއްކެކެވެ. އަދި ޤުރުއާން ބާވައިލެއްވުނީ މިގޮތަށްކަން ދަލީލުކޮށްދޭ ހެއްކެއްވެސް މެއެވެ. އެހެނީ ކީރިތި رَسُولُ اللَّهِ ﷺގެ އަމުރުފުޅަކާ ނުލައި އަޞްޙާބު ބޭކަލުން މިފަދަ މުހިއްމު ފިޔަވަޅެއް ނާޅުއްވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު