އިންޑިއާ ސަރުކާރުން އައްޑޫ ސިޓީގައި ކޮންސިއުލޭޓު އޮފީހެއް ގާއިމު ކުރުމަށް ނިންމާފައިވާ ނިންމުމަށް އައްޑޫ ސިޓީ ކައުންސިލުގެ ފުރިހަމަ ތާއީދު އެބައޮތްކަން މިއެނގެނީ އަލަށް އިންތިޚާބުވި މޭޔަރު އަލީ ނިޒާރުގެ ބަސްމަގު ހުރި ގޮތުންނެވެ. ނަމަވެސް ގިނަ ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް މޭޔަރު ނިޒާރަށް ޖަވާބު ދެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެއެވެ. ފުރިހަމައަށް ޖަވާބު ދެއްވިއްޖެއްޔާ އެކަމުގައި ރައްޔިތުންގެ ހިތުގައި ހިނގާ ޝުޢޫރުތަކާއި ނުރުހުން ތަކަށް ތަސައްލީއެއް ލިބިގެން ހިނގައިދާނެ ކަމަށް ބެލެވެއެވެ.

އައްޑޫ ސިޓީގެ ރައްޔިތުން، މިފަހަރު ހޮވިފައިމިވާ ކައުންސިލާއި މެދު ފޮނި އުއްމީދުތަކެއް ކުރަނީ އައްޑޫގެ އިގްތިސާދީ ތަރައްގީއާއި އަދި އެސިޓީގެ އަމަންއަމާންކަން ބެލެހެއްޓި، ރައްޔިތުން ހިތްހަމަ ޖެހޭ ފަދަ ކުރިއެރުމެއް ލިބޭނެ ކަމަށެވެ. ނަމަވެސް މޭޔަރު އަލީ ނިޒާރުގެ ފަރާތުން އެފަދަ ލީޑަރޝިޕެއް ފެނިގެން ނުދާކަމަށް ބައެއް ފަރާތްތަކުން އެބަބުނައެވެ. އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމު ކުރުމަށް ރައްޔިތުންގެ ރުހުން އެކަމުގައިއޮތީ ކިހާވަރަކަށްތޯ ބަލާލުމެއްވެސްނެތި އަދި އެކަމުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ދިމާވެދާނެ އެއްވެސް ކަމަކަށް ވިސްނާ ފިކުރު ކުރުމެއްނެތި ޕާޓީގެ އިސްފަރާތްތައް ރުއްސަން މޭޔަރު މިވަނީ ވަރަށް ކެރިގެން އެކަމާއި އެއްކޮޅަށް ނިކުމެވަޑައިގެންފައެވެ. ރަށަށް، ޤައުމަށް އަދި ރައްޔިތުންނަށް ފައިދާހުރި ކަމެއް ކުރުމަކީ ހަމަގައިމުވެސް އައްޑޫގެ ރައްޔިތުން ދެކޮޅުހަދާނެ ކަމެއް ނޫނެވެ. އެހެން ކަމަށްވާނަމަ އެކަން ގަބުލުކުރަށްވައި ރައްޔިތުންގެ ގާތުން އެވާހަކަ އައްސަވާލެއްވުމަކީ ރައްޔިތުން އިންތިހާބުކުރި މޭޔަރުގެ ޒިންމާއެއް ކަމުގައި ގަބޫލުކުރެވެނީއެވެ.

އިންޑިއާ ސަރުކާރުން އައްޑޫ ސިޓީގައި ކޮންސިއުލޭޓެއް ހުޅުވުމަށް ނިންމުމާއި ގުޅިގެން ނޫސްވެރިޔަކު ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙާއި ސުވާލު ކުރުމުން ވިދާޅުވީ އެކަމަކީ ދިވެހި ސަރުކާރުން ނިންމާފައިވާ ކަމެއް ނޫންކަމަށެވެ. ރައީސް ސާލިޙް އެގޮތަށް ވިދާޅުވެފައި ވަނިކޮށް އައްޑޫ ސިޓީ މޭޔަރު އަމިއްލަފުޅަށް އެކަމާއި އިސްނަންގަވައިގެން އިންޑިއާ އެމްބަސީއަށް ގުޅުއްވައި އެކަމުގެ މަޢުލޫމާތު އޮޅުންފިލުވިކަމަށް ކައުންސިލް ޖަލްސާގައި ވަނީ ވިދާޅުވެފައެވެ. އަދި އެކަމާއި ކައުންސިލްގައި މަޝްވަރާކޮށް އެކަމަކީ އައްޑޫގެ ތަރައްގީއަށް ކުރަން މުހިއްމު ކަމެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.

އުފެދޭ ސުވާލަކީ ސަރުކާރުން އެފަދަ ނިންމުމެއް ނިންމައި އަދި އެކަމާމެދު ނުވެސް ވިސްނަނީސް، މޭޔަރު އަމިއްލަފުޅަށް އިސްނަންގަވައިގެން ހާރިޖީ ވުޒާރާ މެދުވެރިވުމެއް ނެތި އެފަދަ ޑިޕޮލަމެޓިކް މިޝަންތަކާއި މުޢާމަލާތު ކުރުމަކީ ހަގީގަތުގައިވެސް ކުރެވިދާނެ ކަމެއްތޯއެވެ؟ ބޭރު ގައުމުތަކުގެ އެފަދަ ގައުމީ މަސްލަޙަތާއި ގުޅުންހުންނަ ނިންމުންތަކާއިމެދު މުޢާމަލާތް ކުރަން މިއޮންނަ އުސޫލަކީ ހާރިޖީ ވުޒާރާ މެދުވެރިކޮށެވެ. އަދި އެއްވެސް ކައުންސިލެއްގެ މެންޑޭޓުގައި އެގޮތަށް ސީދާ ބޭރު ގައުމު ތަކުގެ މިޝަންތަކާއި މުޢާމަލާތު ކުރެވޭ ގޮތަށް ސިޔާސަތު އޮންނާތީއެއް ނުދެނެހުރީމެވެ.

މިކަމާއި ގުޅިގެން ކުރީގެ މޭޔަރު ޢަބުﷲ ސޯދިގު (ސޯބެ) ވިދާޅުވަނީ އިންޑިއާ ކޮންސިއުލޭޓަކީ އައްޑޫ ރައްޔިތުން ވަރަށް ކުރީއްސުރެންވެސް ބޭނުންވެގެން އުޅޭކަމެއް ކަމަށެވެ. އެކަމަކު ޞޯބެ އެވިދާޅުވަނީ ހަމަ އެއްވެސް ހާލެއްގައި އެކަން އޮތްގޮތެއް ނޫނެވެ. ސަބަބަކީ އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގައި ސަރުކާރު ހިންގާޕާޓީން އައްޑުއަށް ޚާއްސަ މެނިފެސްޓޯއެއް ތައްޔާރުކޮށް ވަރަށް ކުލަގަދަކޮށް އެމެނިފެސްޓޯ ލޯންޗް ކުރިއެވެ. އެމެނިފެސްޓޯގައިވެސް އެއްވެސް ޙާލެއްގައި އެފަދަ ވާހަކައެއް ނެތެވެ. އެއީ އަބަދުވެސް ޕާޓީގެ އިސްވެރިން ރުއްސަން މަސައްކަތް ކުރަށްވާ ބީދައިން މިފަހަރުވެސް ހަމަ ސޯބެ ބުނެލި އެއްޗެކަށް ވެދާނެއެވެ.

އައްޑޫ ރައްޔިތުންގެ ގިނަ މީހުންގެ ނަޒަރުގައި އިންޑިއާ ކޮންސިއުލޭޓެއް ބޭނުމެއް ނޫނެވެ. ބޭނުންވަނީ ފަސޭހައިން ކަންކަން ކުރެވޭނެ ނިޒާމެކެވެ. އިންޑިއާ އަކީ ރާއްޖެއަށް އެހާ ހެޔޮއެދޭ ގައުމެއްނަމަ މިޒަމާނުގައި އިންޑިއާއަށް ދާން ނަގަންޖެހޭ ވިސާ އޮންލައިންކޮށް ނެގޭނެ އިންތިޒާމު ހަމަޖެއްސުމަކީ އިންޑިއާފަދަ ގައުމަކަށް ހަމަ ސުމެއްގެ ކަމަކެވެ. ކޮންމެހެން ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރުމުގެ ބޭނުމެއް ނެތެވެ.

އައްޑޫ ސިޓީގައި އިންޑިއާއިން ކޮންސިއުލޭޓެއް ގާއިމު ކުރާނަމަ ރައްޔިތުން ހިތުގައި އުފެދޭ ސުވާލުތަކަށް، އައްޑޫ ސިޓީ މޭޔަރުގެ ޙައިސިއްޔަތުން ނިޒާރު ޖަވާބުދާރީ ވުމަކީ މިދަނޑިވަޅަށް މުހިއްމު ކަމަކެވެ. އެފަދަ ގިނަ ސުވާލު ތަކެއް ޓްވިޓާގައި ޙިއްސާ ކޮށްފައިވަނީ އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކޮށް، އިންތިޚާބުން ފެއިލްވި މުޙައްމަދު ލަތީފެވެ. ލަތީފު ވަކާލާތު ކުރައްވަނީ އައްޑޫގެ ބިމުން އިންޗިއެއްވެސް އެހެން ގައުމަކަށް މިދަނޑިވަޅުގައި ނުދިނުމަށެވެ. ކޮންމެ ކަމެއްވެސް ރައްޔިތުންގެ މަންފާއަށް ކުރުމަށް ލަތީފު އަންނަނީ ސިޓީ ކައުންސިލަށް ގޮވާލަމުންނެވެ.

މޭޔަރު ނިޒާރެވެ. އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ކުރިން ރައްޔިތުންގެ ޙައްގުގައި އޮޅުން އަރާފައިވާ މުހިއްމު މަޢުލޫމާތުތައް ހޯއްދަވާ ދެއްވާށެވެ. (1) ކޮންސިއުލޭޓު ގާއިމުކުރަން ޚިޔާރު ކުރަނީ އައްޑޫގެ ކޮންތަނެއްގައި ތޯއެވެ؟ (2) އެތަނުގައި މަސައްކަތް ކުރާނީ އިންޑިއާގެ ކިތައް ސްޓާފުންތޯއެވެ؟ (3) އެތަނުގައި އެއްވެސް އައްޑޫ ރައްޔިތަކަށް ވަޒީފާ ލިބޭނެނަމަ، ކިތައް ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެތޯއެވެ؟ (4) އިންޑިއާގެ "ރޯ" އެޖެންޓުންގެ އެއްވެސް ބަޔަކު އެތަނުގައި މަސައްކަތް ކުރާނެތޯއެވެ؟ (5) އިންޑިއާގެ ސިކިއުރިޓީ ނުވަތަ ހަތިޔާރު އެޅި އިންޑިއާގެ އެއްވެސް ސިކިއުރިޓީއެއް އެތާގައި ތިބޭނެތޯއެވެ؟ (6) ސްޕައިކުރާ އެއްވެސް އާލާތެއް ނުވަތަ މެޝިނަރީސް ތަކެއް އެތަނުގައި ބެހެއްޓޭނެ ތޯއެވެ؟ (7) މިހާރު ހެލިކޮޕްޓަރު ބަލަހައްޓާ ނަމުގައި ގާއިމުވެފައިތިބި އިންޑިއާ މިލިޓަރީ މީހުން އައްޑޫއިން ފައިބާނީ ކޮންއިރަކުތޯއެވެ؟ (8) އެ ކޮންސިއުލޭޓް ގާއިމު ކުރަން ސިޓީ ކައުންސިލުން އެމީހުންނަށް ވަކި ޚާއްސަ ބިމެއް ދެނީތޯއެވެ؟ (9) އައްޑޫ ރައްޔިތުންނަށް ފަސޭހައަކަށް ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާގެ އެންބަސީއާއި ވާހަކަ ދައްކައިގެން އީވިސާ ލިބޭނެ އިންތިޒާމު ހަމަނުޖެހޭނެ ތޯއެވެ؟ (10) ކޮންސިލޭޓަށް ރާއްޖެއިން ބޭރުން ގެންނަ ހުރިހާ އެއްޗެއް ރާއްޖެ އެތެރެވާނީ ދިވެހި ކަސްޓަމްސްގެ ނިޒާމުގެ ތެރެއިންތޯ ޔަގީންވާނެތޯއެވެ؟

މީގެ އިތުރުންވެސް ކިތައްމެ ސުވާލު ތަކެއް އެބަހުއްޓެވެ. މިހުރިހާ ސުވާލު ތަކެއް ނުވަތަ މިމުހިއްމު މަޢުލޫމާތު ރައްޔިތުންނާ ޙިއްސާކޮށްލުމަކީ މޭޔަރުގެ ވާޖިބެއް ކަމުގައި ދެކޭށެވެ. އަނެއްވާސް ސުވާލުތަކެކެވެ. (11) އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ހެދިފައިވާ އެއްބަސްވުންތައް ހާމަ ކުރެވޭނެ އިންތިޒާމު ހަމަޖެއްސޭނެ ތޯއެވެ؟ (12) ކޮންސިއުލޭޓެއް ގާއިމު ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެއްވެސް ވަރަކަށް ވިސަނާފައި ވޭތޯއެވެ؟ (13) އައްޑޫގައި ގާއިމު ވެފައި އެވާ ޕޮލިސް ޓްރެއިނިން ސްކޫލަށް އިންޑިއާގެ މިލިޓަރީ މީހުން ތަމްރީނު ލިބިގަތުމަށް އަންނާނެތޯއެވެ؟ (14) އެއްވެސް ވަރަކަށް އިންޑިއާގެ މިލިޓަރީ އެއަރ ކްރާފްޓްތައް އައްޑޫ އެއަރޕޯޓު ބޭނުން ކުރާނެ ތޯއެވެ؟ (15) އައްޑޫގެ ޕޯޓަށް އިންޑިއާގެ ނޭވީ ޝިޕްތައް އަންނަގޮތަށް ހަމަ ޖެހިފައި ވޭތޯއެވެ؟ (17) އައްޑޫގައި މިހާރު ތިބި ހުރިހާ މިލިޓަރީ މީހުން ބޭލޭނެ ކަމަށް ލަފާ ކުރެވެނީ ކޮންތާރީޚެއްގައި ތޯއެވެ؟ (18) އެމްއެމްޕީއާރުސީގެ ލިސްޓުގައި ނިޒާރުގެ ނަން ހިމެނިފައި ވުމުން އެކަމުގެ އެއްވެސް ބިރުވެރި ކަމެއްގައި ތާށިވެ އެބިރުވެރިކަން ނިޒާރަށް އެބައޮތްތޯއެވެ؟ (19) އައްޑޫގެ އިލްމީ ބޭފުޅުން މިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާއިރު މޭޔަރަށް އެމީހުން އެވިދާޅުވާ އެއްޗެއް ގަބޫލުނުކުރެއްވެނީތޯއެވެ؟ (20) ރައްޔިތުންގެ މަންފާއާއި ލާބަޔަށް މަސައްކަތް ކުރުމުގެ ކެރުން ނެތްނަމަ މޭޔަރު ކަމުން އިސްތިއުފާ ދެއްވަން ކެރިވަޑައިގަންނަވާނެތޯއެވެ؟

މިނޫންވެސް ކިތައްމެ ސުވާލެއް ރައްޔިތުންގެ ހިތުގައި މިދުވަސްކޮޅުގައި އުފެދޭނެއެވެ. ރައްޔިތުންގެ މިސުވާލުތަކަށް ނިޒާރު އައްޑޫ ސިޓީ މޭޔަރުގެ ޙައިސއްޔަތުން ޖަވާބު ހޯއްދަވާ ދެއްވާށެވެ. މޭޔަރު ކުރައްވާ ކޮންމެ ކަމެއްގެ ނަތީޖާ ނިކުންނަންވާނީ ރައްޔިތުންނަށް މަންފާކުރާގޮތަށް އަދި ގިނަ ރައްޔިތުން އެދޭގޮތަށެވެ.

ޕާޓީގެ ވަކި ބަޔަކު ވިސްނަވާ ގޮތަށް ވިސްނަވާނަމަ އޭގެ ގެއްލުން އާޚިރުގައި ވަރަށް ހިތިވާނެއެވެ. އައްޑޫގައި ރައްޔިތުންނަށް ސީދާ ޚިދުމަތް ދިނުމަށް ތިބޭ އިންޑިއާގެ ޑޮކްޓަރުންނާއި ޓީޗަރުންގެ އިތުރުން އެހެން މަގާމު ތަކުގައި ތިބި އިންޑިއާ މީހުންނާއި ކޮންސިލޭޓާއި އަޅުވާ ނުކިޔުއްވާށެވެ. އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި އިމާރާތް ކުރަމުން އަންނަ ޑީޓޮކްސް ސެންޓަރާއި ކޮންސިއުލޭޓާއި އަޅުވާ ނުކިއުއްވާށެވެ. މިކަންކަމާއި ކޮންސިއުލޭޓް ނުވަތަ ޑިޕޮލަމެޓިކް މިޝަންތަކުން ފޯރުކުރާނެ ޚިދުމަތާއި އަޅުވާކިޔާ، އައްޑޫގެ މިނިވަންކަން އެކަން ކަމުންވެސް ގެއްލިދާނެއޭ ކިޔާ ވާހަކަ ދައްކާ ބަޔަކު ރުއްސަން މޭޔަރުގެ މަސައްކަތް ބައްޓަން ވެގެން ނުވާނެއެވެ. ވިސްނުންތެރި ކަމާއި ޙިކުމަތްތެރި ކަމާއި އެކު ކުރިއަށް ވަޑައިގަންނަވާށެވެ. ރައްޔިތުން ބޭނުންވަނީ އިގްތިސާދީ ތަރައްގީއެވެ. ކޮންސިއުލޭޓެއް މިހާލަތުގައި ބޭނުމެއް ނޫނެވެ.

ރައްޔިތުންނަށްޓަކައި ކޮންސިއުލޭޓެއް ގާއިމު ކުރަން އެހާ ބޭނުންނަމަ މާލެއިން ލިބޭ ޚިދުމަތް އަވަސްކޮށް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ދިވެހި ދައުލަތުގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި ގާއިމުކޮށް ރައްޔިތުންނަށް ސަރުކާރުން ލިބޭ ޚިދުމަތްތައް އަވަސް ކޮށްލަ ދެވޭނެ އިންތިޒާމެއް ހަމަޖައްސަވާ ދެއްވާށެވެ. ހަގީގަތުގައި ސިޓީ ކައުންސިލުންވެސް އެކަން ކުރެވޭނެއެވެ. އަދި ސިޓީ ކައުންސިލްގެ އެންމެ އަސާސީ މަސައްކަތަކީވެސް އެއީއެވެ. ރައްޔިތުންގެ މޭޔަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާށެވެ.


ކިޔުންތެރިންގެ ހިޔާލު


14

އަބްދޫ

08-Jun-2021

ދިވެހިރައްޖޭގަ ހުރި އެންމެ ތަންދޮރު ނުދަންނަ ޖަހިލު މީހާ އައްޑޫގެ މޭޔަރަކަށް އެހުރީ އެ މޭޔަރަށް ތިހިރަ ސުވާލުތަކުގެ ޖަވާބު ދޭންއެގޭނީ ކިހިނެޔް.


3

މުސްލިމް

08-Jun-2021

1 ރައީސް ސޯލިހް އަށް ވޯޓް ދިނީވެސް އައްޑުއަށް މޮޅުހޯދަން ތަރައްގީ އެއްނުލިބުނު. 2 މަޖްލިސް ދިނީ ތަރައްގީ ހޯދަން. ޢެކަމެއްނުވި. 3 ކައުންސިލް ދިނީވެސް ތަރައްގީހޯދަން, ތިޔަފެނިވަޑައިގަންނަވަނީ ލިބެން އުޅޭމޭވާގެ އަދި ކިރިޔާ އަޑު, އަދި ފަހުންލިބޭނެ މަގުމަތީގައި ކޮޅަށްހީސްލުމު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެގެތަރައްގީ, ލަޑާވަހުގެ ތަރައްގީ, ެެެެެެެެެެެެެެެެެެެެެެެެެެެެެެެެާެެެެެެެެެެެެެެެެެެެެެެެެެެެެ ހީސްލާން ތިބެފަ ކުޑަކުދިންނަށް ދައްްކާ ތަރައްގީ, އެކަމާވާހަކަދަށްކާ މީހުން ބަންދުކުރުމުގެ ތަރައްގީ, މަގުމަތިންދާކުޑަކުދިންގެއްލިގެން ހޯދަނިކޮށް މަރުވެފައި ތިއްބާ ފެނުމުމުގެތަރައްގީ, އެކުއްޖާގެ ސިކުޑިއަކަށް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއޮތީ ރޭޒާފުކެކޭ ހިތުގެތެރޭގައިވެސް ރޭޒާފުކެއް އޮތޭ ރޭޕްކޮށްގެނެއްނޫނޭ މި ތަރައްގީ. މިހިސާބުން އައްޑޫމީހުން ޤަބޫލުކުރަންޖެހެނީ އެހެންނާ އެމްޑީޕީ އާއެކު ތަރައްގީ ނުވާނެކަން ނުވަތަ ތިމަންމެނަށް ވާނުވާނެއެގޭކަން,



ޓްރެންޑިން