03 ވަނަ ބައި
................
"އާނ އަވަހަށް ދައްކާ.....މިހާރުވެސް ކެތްތެރިކަން ކުޑަވެއްޖެ......" އަމީނުގެ ހިތް އަވަސްވިއެވެ. ސާރާ އިސްއުފުލައި ލޮލުގެ ކުޑަކޮޅުން އަމީންއާ ދިމާއަށް ބަލައިލިއެވެ.
"އެއީ.....ލޯބި.....އުފާވެރި ޒަވާޖީ ޙަޔާތަކަށް ލޯތްބަކީ ވަރަށް މުހިންމު އެއްޗެއް." ސާރާއަށް މިހެން ބުނެވުނު ވަގުތަކީ ސާރާގެ މަންމަ ހުސްނާ ގެއަށް އައިސް ވަން ވަގުތެވެ.
"އަނހަ ދަރިފުޅު އަމީން އެބައުޅެންދޯ؟ ސާރާ، ދަރިފުޅުގެ ބައްޕަ އަދިވެސް ގެއަކަށް ނާދޭތަ؟" އަމީންއާ އަރާ ހަމަކުރަމުން ހުސްނާ ވާހަކަ ދެއްކިއެވެ.
"ދެންމެއަކު އައިސް މިސްކިތަށް ދިޔައީ. މަންމާ ކޮންއިރަކުތަ މަންމަމެން މިރޭ ބާޒާރަށްދަނީ؟" މަންމައަށް ޖަވާބުދިނުމަށްފަހު ސާރާ އެއްސެވެ.
"ބައްޕަ އައިހާ އަވަހަކަށް ދާނަން. ދަރިފުޅު ނުދާނަންތަ މަންމަމެނާއެކު." ހުސްނާ ބުންޏެވެ.
"އަހަރެން ނުދާނަން.....އަހަރެން ބޭނުންވަނީ މިރޭ ތަންކޮޅެއް އަވަހަށް ނިދާލަން." ސާރާ މަންމަގެ ގާތު ދޮގު ހެދިއެވެ. އޭގެފަހުން މާގިނައިރެއް ވަންދެނެއް އަމީން އެގެއަކު މަޑެއް ނުކުރެއެވެ. ސާރާއަށް އުނދަގޫ ނުކުރަން ވެގެންނެވެ.
އެރޭ ގަޑީގެ ކަށި އަށަކަށް ހުއްޓުމާއެކު ސާރާއަށް އިންތިޒާރު ކުރެވެން ފެށުނެވެ. ތޮލާލަށެވެ. އޭނާ ތޮލާލަށް ކިޔާފައިވާ ވަގުތު ކުޑަތަންވަމުން އައި ވަރަކަށް އޭނާގެ ހިތްވެސް އައީ އަވަސްވަމުންނެވެ. އިރުއިރުކޮޅާ އޭނާއަށް އަތުކުރީގައި އޮތް ގަޑިއަށްވެސް ބަލައިލެވެއެވެ.
"އައްސަލާމް އަލައިކުމް..." ސިޓިންގރޫމުން އެތެރެއަށް ބޯދިއްކޮށްލަމުން ސަލާމް ގޮވި ތޮލާލުގެ އަޑުން ސާރާ ސިހުނެވެ. ނަމަވެސް އިންތިޒާރަށް ނިމުން އައުމުން އުފާކުރަންވީމާވެސް ސާރާގެ މޫޑުވީ ބަނައެވެ. ތޮލާލު ފެނުމާއެކު ހީވީ އޭނާގެ މޫނުމަތީގައިވާ އުފާވެރިކަން ގެއްލުނީހެނެވެ.
ތޮލާލު އެތެރެއަށް ވަނުމާއެކު އޭނާއަށް އިސްދަށަށް ޖަހާލެވުނެވެ. ތޮލާލު ސާރާގެ އެހަރަކާތްތަކަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން ހިމޭނުން ހުއްޓެވެ. އެއަށްފަހު އޭނާގެ ސިކުނޑިއަށް ރަނގަޅު ޚިޔާލެއް ފައިދާވީ ކަމަށްވެސް ވެދާނެއެވެ. އޭނާ ކޮންމެވެސް އެއްޗެއް ގެއްލިގެން ހޯދާފަދަ ގޮތަކަށް ހޯދަން ފަށައިފިއެވެ. ފުރަތަމަ އޭނާ ލައިގެން ހުރި ގަމީހާއި ފަޓްލޫނުގެ ޖީބު ހޯދިއެވެ. އެއަށްފަހު އެގޭތެރޭގެވެސް އެތަން މިތަން ހޯދަން ފަށައިފިއެވެ. މިމަންޒަރު ބަލާކަށް ސާރާއަކަށް ހިމޭނަކުން ނުހުރެވުނެވެ.
"ތޮލާ ކޯއްޗެއް ތިހޯދަނީ؟" ސާރާ އެހިއެވެ.
"ސާރާގެ ހިނިތުން، އުފާވެރިކަން." ސާރާއާއި ހަތަރުކަޅި ހަމަކުރަމުން ތޮލާލު ޖަވާބުދިނެއެވެ. ސާރާއަށް ހީގަނެވުނެވެ. މަޑުމަޑުންނެވެ.
"ތޮލާ.......ވަގުތީ ހިނިތުންވުމެއް އަހަރެންގެ ތުންފަތަށް ވެރިކުރުވުމުގެ ބޭނުމަކީ ކޮބާތަ؟ އަހަންނަށް އެނގޭ އަހަރެންގެ މަންމައާއި ބައްޕަ މިއުފަލަށް ހުރަސް އަޅާނެކަން. އެއީ ކޮންމެހެން ތޮލާއާ ދޭތެރޭ ހިތްހަމަނުހެޖޭތީކީ ނޫން.....އެމީހުންވަނީ އަހަރެންގެ ކައިވެނި މާކުރިން ރާވާފައި...." ހިނދުކޮޅެއްގެ އުފާވެރި ކަމަކަށްފަހު އަނެއްކާވެސް ސާރާގެ މޫޑު ބަދަލުވެއްޖެއެވެ.
"ތިހެން ނުބުނޭ ސާރާ....މިނިވަންކަމާއެކު ބައްދަލުވީ ފުރަތަމަ ފަހަރު އަހަރެންގެ ހިތަށް ހޫނުފެން ނާޅާ ސާރާ....ސާރާގެ ޙައްޤުވެރިޔަކީ ހަމައެކަނި އަހަރެން." ތޮލާލު ސާރާގެ ކަރުނުން ތެމިފޯވަމުންދިޔަ ދެލޮލަށް ބަލަން ހުރެފައި ތޮލާލު ބުންޏެވެ.
"ތޮލާ....އަހަރެންގެ އިޚްތިޔާރުގައި އަހަރެން ތޮލާގެ ހިތަށް ގެއްލުމެއް ވިޔަކަ ނުދޭކަން....އެހެން މީހެއްގެ ޙައްޤުވެރިއަކަށް ވާކަށްވެސް އަހަރެން ބޭނުމެއް ނޫން." ސާރާއަށް ބޭއިޚްތިޔާރުގައި ތޮލާލުގެ އަތުގައި ހިފަހައްޓާލެވުނެވެ. އެހިނދު ލިބުނު ހިތްވަރާއެކު ތޮލާލު ސާރާ އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. އެއަށްފަހު އެރޭ ތޮލާލު ސާރާއަށް ހިތްވަރުދިނެވެ. ލޯބީގެ ވަޢުދުތަކާއި އަހުދުތަކަށްފަހުގައެވެ.
އެރޭ ތޮލާލު ދިއުމުން ސާރާ ނިކަން ގިނައިރު ވަންދެން ރުޔެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި ލިބުނު ލޯބީގެ ބީހުންތަކުގެ ހަނދާންތައް އައުކޮށްފައެވެ. އެލޯބީގެ ގުޅުން ޒަވާޖީ ގުޅުމަކަށް ބަދަލުނުވެދާނެ ކަމުގެ ބިރު ހީވާތީއެވެ.
"މަންމާ.....އަހަރެން އަމީނަކާ ނީންނާނަން.....އަމީންގާތު ބުނޭ.....އަހަރެން ނޫން އެހެން މީހަކާ އިންނާށޭ......އަހަރެން އެހެން ކުއްޖަކު ހޯދާވެސް ދީފާނަމޭ....މަންމާ." ސާރާ ރޮއިރޮއިފައި ހުސްނާއާ ވާހަކަ ދެއްކީ ޖެހިގެން އައި ދުވަހު ހެނދުނުއެވެ.
"ދަރިފުޅާ...އަދިވެސް ދަރިފުޅު ހާދަ މޮޔައޭދޯ؟ ދަރިފުޅު ހީކުރީ އަމީން ދަރިފުޅާ އިންނަން އުޅެނީ އިންނާނެ އެހެން މީހަކު ނުވެގެން ކަމަށްތަ؟" ހުސްނާ ސާރާގެ ކޮނޑަށް އަތް ވައްޓާލިއެވެ.
"އަޅެ މަންމާ....ބަދަލެއް ނުވާނެތަ؟" ސާރާ ތުއްތު ކުއްޖަކު ފަދައިން ބޯކަހާލިއެވެ.
"ދަރިފުޅާ އެއީ މަންމަގެ ނިންމުމެއްނަމަ، ދަރިފުޅު އެދޭގޮތަށް ނޫނީ މަންމަ އެއްކަމެއްވެސް ނުނިންމާނަން....އަސްލު ދަރިފުޅުގެ ބައްޕަވެސް އެގޮތަށް ނިންމައިގެން އެއުޅެނީ ދަރިފުޅުގެ މުސްތަޤްބަލާ ދޭތެރޭ ހާދަވަރަކަށް ވިސްނާފައޭ."
"ތިއީ ދޮގެއް. މަންމާ....ބައްޕަ ވިސްނާފައި ނިންމިނަމަ އަހަރެންގެ ރުހުންވެސް ހޯދީސް. ކިހިނެއްތަ އެނުދަންނަ މީހާއާ އަހަރެން އިންނާނީ؟....އަޅެ މަންމާ ބައްޕައަށް ވިސްނަދީބަލަ." އާދޭހުގެ ރާގެއްގައި ސާރާ ބުންޏެވެ.
"ތިކައިވެންޏާ ދެކޮޅަށް ދަރިފުޅުގެ ބައްޕައާ ވާހަކަ ދައްކާކަށް މަންމައަށް ލާހިކެއް ނޫން." ހުސްނާ މިހެން ބުނީމާ ސާރާ ދުވެފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ ރުއީ އެއަށްފަހުގައެވެ. އެދުވަހު އޭނާ ވަރަށް ގިނައިރު ވަންދެން ރުޔެވެ. މަންމައާއި ބައްޕަގެ ނިންމުން ބަދަލުނުވާނެކަން ޔަޤީންވީމައެވެ.
އެދުވަހު ތޮލާލު ގުޅީމަވެސް އޭނާ ރޮއިރޮއިފައި އެވާހަކަ ކިޔައިދިނެވެ. ތޮލާލަކީ ހެޔޮވިސްނޭ ޒުވާނަކަށްވުމުން އޭނާ ސާރާއަށް ލަފާދިނީ ކެތްތެރިވުމަށާއި ބައްޕަމެން އެދޭ ފަދައިން އަމީންއާ ކައިވެނި ކުރުމަށެވެ. ނަމަވެސް ކިތަންމެ ދުވަހަކުން ސާރާ އަޔަސް ސާރާއަށް ލޯބިދިނުމަށާއި، އިންތިޒާރު ކުރުމަށް އޭނާ ސާރާ ގާތު ވައުދުވިއެވެ.
އެއީ ސާރާއަށް ލިބުނު ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމަކަށް ވިއެވެ. އެހެންކަމުން އެކައިވެންޏާ ދެކޮޅަށް އޭނާ އިތުރަށް މަންމައާއި ބައްޕަގެ ގާތު އެއްވެސް ވާހަކައެއް ނުދައްކައެވެ.
"ދަރިފުޅާ ދަރިފުޅުވެސް ދަޢުވަތު އަރުވަން ބޭނުންވާ މީހުންގެ ލިސްޓެއް ހަދާލައްޗޭ. އަބަދުވެސް ދިމާވާ ކަމެއް، އެންމެ ދޭންވާ މީހާއަށް ދަޢުވަތު ނުދެވުން. އެކަމަކު ދަރިފުޅުގެ ކައިވެނި ޕާޓީގައި އެފަދަ ކަމެއް ދިމާވާކަށް ބައްޕަމެނެއް ނޭދެން." އިސްމާޢީލް މަނިކު ވާހަކަ ދެއްކީ ދަޢުވަތު ކާޑު ބަހަން ހަމަޖެހިފައިވާ ދުވަހުގެ ކުރީ ދުވަހުއެވެ. ސާރާ ބޯޖަހާލިއެވެ. ޙަޤީޤަތުގައި އޭނާގެ އެއްވެސް ރައްޓެއްސަކަށް އެޕާޓީއަށް ދައުވަތު ދޭކަށް ސާރާ ބޭނުމެއް ނޫނެވެ.
އޭނާގެ ރައްޓެހިންގެ ތެރެއިން އެކައިވެނީގެ ވާހަކަ އެނގޭހާވެސް މީހަކަށް ހުންނާނީ އޭނާގެ ބެސްޓް ފްރެންޑް ނާޒިޔާއެވެ. އޭނާ ނާޒިޔާ ގާތުވެސް އެދިފައި ވަނީ އެވާހަކަ އޭނާގެ އެހެން ރައްޓެހިންނަށް ސިއްރު ކުރުމަށެވެ.
"ޒިޔާ....ނަމަނަމަ ޖުމާނާމެނަށް މިކަން ނާންގައްޗޭ....އެމީހުން ވަރަށް ދިމާކުރާނެ...." ސާރާ ތަކުރާރުކޮށް އެދުނެވެ.
"ކޮންމެވެސް ދުވަހަކުން އެމީހުނަށްވެސް އެނގޭނެއެއްނު." ނާޒިޔާ ބުނެލިއެވެ.
"ވަރަށް ފޫހިވޭ. އަދި ޕާޓީއެއްވެސް ދޭކަށްނު އެއުޅެނީ؟" ކޮން އިއުލާނެއް ކުރާކަށް.... އަހަންނަކަށް ނުކެރޭނެ ދޮރާށިބުޑުގައި ސަލާމް ކުރަން ހުންނާކަށް." ސާރާ ކުދިކިޔަން ފެށިއެވެ.
"ނުހުރެ ކުރެވޭނެ ކަމެއްވެސް ނޯންނާނެ. ސާރާ....ދަރިފުޅު އައިސްބަލަ ބަދިގެފަރާތަށް...." ނާޒިޔާގެ ޖުމްލަ ފުރިހަމަނުވަނީސް އޭނާގެ ވާހަކައިގެ ތެރޭ ހުސްނާގެ އަޑު އިވުނެވެ. މިއަންނަނީއޭ ބުނެފައި ސާރާވެސް ނާޒިޔާ ގޮވައިގެން ބަދިގެފަރާތަށް ދިޔައެވެ. އޭރު ހުސްނާއާއި އަވަށްޓެރި ދެތިން އަންހެނުން ޕާޓީތަށި ދޮންނަން އަވަދިނެތި އުޅެއެވެ.
"ދަރިފުޅާ.....ތިންތަށި ޖޫން ގިރައިގެން ގެނެސްދީބަލަ." ސާރާއާއި ނާޒިޔާ ބަދިގެއަށް ވަނުމަށް މަންމަ ހުސްނާ އެދުނެވެ.
އޭގެފަހުން ތިންވަނައަށްވީ ދުވަހަކީ މާފަންނު ޕޫލްކިނާރާއަށް އައި ބޮޑު ދުވަހެކެވެ. އަމީން އާއި ސާރާގެ ކައިވެނީގެ ޙަފްލާއަށްޓަކައި ގެވަނީ ނިކަން ރީއްޗަށް ޒީނަތްތެރި ކުރެވިފައެވެ. ޕާޓީއަށް ދަޢުވަތު އެރުވިފައިވާ މެހްމާނުން އަށެއްޖެހީއްސުރެން އަންނަމުން އައިސް މުޅި ގޯތިތެރެވަނީ ތޮއްޖެހިފައެވެ. ސާރާ ދަންނަ މީހުންނަށްވުރެ ނުދަންނަ މީހުން މާގިނައެވެ. ސާރާ އޭނާގެ ރައްޓެހިންނަށް ދަޢުވަތު ނުދޭތީ ނާޒިޔާ ފިޔަވައި ސާރާގެ ރައްޓެއްސަކު އެ އެންމެންގެ ތެރެއަކުންވެސް ނުފެނެއެވެ.
"ބާއްޖަވެރި ދިރިއުޅުމަކަށް އެދެން....." ވަކިމީހަކަށްޓަކައި ޙަފްލާ ފެށުނީއްސުރެން އިންތިޒާރު ކުރަމުން އައި ސާރާ ސިހުނީ ތޮލާލުގެ އަޑުންނެވެ. އޭނާ އިންތިޒާރު ކުރީވެސް ތޮލާލަށެވެ.
"ތޮލާލު......" ތޮލާލު ދިއްކުރި މާބޮނޑީގައި ސާރާ ހިފިއެވެ. އެއިރު ތޮލާލު ހީވަނީ ސާރާގެ ދެލޮލުގެ ތެރެއަށް ފީނައިގަންނަން އުޅޭހެންނެވެ. ސާރާއަށް އިސްޖެހުނެވެ. މިހާރު ސާރާއަށް އެވަނީ ނުހަނު ބޮޑަށް އަސަރުކޮށްފައެވެ. އިސާހިތަކު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ. ތޮލާލު ސާރާގެ ކުރިމަތިން ދުރަށް ދިޔައީ އެކަން އޭނާއަށް ޔަޤީންވީމައެވެ. އަމީންގެ ރަޙްމަތްތެރިޔާ ތޮއްޔިބު އައިސްވަނީ ތޮލާލު އެއްފަރާތަށް ޖެހިލިތަނާހެނެވެ.
"މިޔުޒިކް ބޭންޑެއް ނެތީމަ ވަރަށް ފަޅުދޯ؟" ތޮއްޔިބު ވަނުމުން އަމީން ތޮއްޔިބާ މުޚާޠަބު ކުރިއެވެ.
"ތިބުނީ ރަނގަޅު ވާހަކައެއް. ދެން ކުރާނެ ކަމެއް ނެތް. ދެން މިކަންވެސް މިނިމުނީއެއްނު." އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ތޮއްޔިބު ބުންޏެވެ. އިސްޖަހައިގެން ހުރި ސާރާ މަޑުމަޑުން ހިނގާފައި ގޮސް ގޭތެރެއަށް ވަނެވެ. އަމީން އާއި ތޮއްޔިބު ހީކުރިއެވެ. އޭނާ ދިޔައީ ފާޚާނާއަށެވެ. އޭނާދިޔަ ސަބަބު އެނގޭ މީހަކަށް އެތާނގައި ހުރީ ތޮލާލެވެ. އޭނާ ހުރީ ދުރުގައި ސާރާ އެތެރެއަށް ވަން މަންޒަރު ބަލާށެވެ.
ސާރާވަނީ އޭނާ ނިދާ ކޮޓަރިއަށެވެ. ކޮޓަރިއަށްވަދެ އޭނާ ފުރަތަމަ ދޮރު ތަޅުލިއެވެ. ތޮލާލާ ސަލާމް ކުރުމަށްފަހު އޭނާ މުށް ހުޅުވާލީ އެއަށްފަހުގައެވެ. އޭނާގެ މުށުތެރޭގައި އޮތީ ކުޑަކުޑަ ކަރުދާސްކޮޅެކެވެ. ފުން ނޭވާއަކަށްފަހު ސާރާ އެކަރުދާސްކޮޅު ނިއުޅާލިއެވެ.
"ސާރާއެވެ. އަހަރެން އަމީނަށް ވުރެން މާކުރިން ސާރާ އާ ކައިވެނި ކޮށްފީމެވެ. އުފާތަކެއް ލިބިގެންފީމެވެ. އެއީ ރޭގައެވެ. އެކަމަކު ސާރާއާ ކައިވެނި ކުރެވި އުފާތަކެއް ލިބުނީ ހުވަފެނުގައިކަން އެނގުމުން ފަހުން ވަރަށް ދެރަވިއެވެ. ވަރިހަމައެވެ. އަދިވެސް އަހަރެން ސާރާއަށް އިންތިޒާރު ކުރާނަމެވެ. އުމުރު ދުވަހަށެވެ." މިކުޑަކުޑަ ޢިބާރާތްކޮޅު ކިޔާ ނިމުނުއިރު ސާރާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
"ތޮލާލު....އަހަންނަށް ތޮލާއާ ނުލާ ނޫޅެވޭނެ." ރޮމުން ސާރާއަށް ހިތާހިތާ ކިޔާލެވުނެވެ. އެވަގުތު ކޮޓަރިދޮރުގައި މީހަކު ޓަކިޖަހާލި އަޑު އިވުނެވެ. ސާރާ ތެޅިގެންފައި ގަނޑުކޮޅު އެނދު ތަންދޮށަށް އެއްލައިލިއެވެ. އެއަށްފަހު ދެލޯ ފޮހެލިއެވެ.
"ސާރާ....ދޮރު ހުޅުވަބަލަ.....އަހަންނޭ." އިވުނީ ނާޒިޔާގެ އަޑެވެ. ސާރާ ދެލޯ ފޮހެމުން ގޮސް ދޮރު ހުޅުވާލިއެވެ.
"އަމީން އެބަ އިންތިޒާރުކުރޭ....." އެތެރެއަށް ވަންނަމުން ނާޒިޔާ ވާހަކަ ދެއްކިއެވެ.
"ހެޔޮ ކޮށްފާނެއެއްނު. ވަރަށްފޫހިވޭ. ކީއްކުރަން އަހަންނާ އިނީ." ފޫހި ރާގަކަށް ސާރާ ބުންޏެވެ.
"ސާރާ....ކިތަންމެ ރުޅިއަޔަސް އެހެން މީހުންގެ ކުރިމަތީގައި ރުޅިވެރިކަން ފާޅުކުރުމަކީ ބުއްދިވެރި ކަމެއް ނޫން. ކޮންމެ ގޮތެއްވިޔަސް އަމީނަކީ މިހާރު ސާރާގެ ފިރިމީހާ. މީހުންގެ ކުރިމަތީގައި އިޙްތިރާމްވެސް ކުރަންވާނެ. ހިނގާ އާދޭ ބޭރަށް." ނާޒިޔާ ސާރާގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ. އޭގެފަހުން ސާރާ ރަޙްމަތްތެރިޔާގެ ނަސޭޙަތުގައި ހިފިއެވެ.
އޭނާގެ ނުރުހުމާއި ރުޅިވެރިކަން ފިރިމީހާއަށް އަމާޒުވީ އެރޭ ނިދަން ކޮޓަރިއަށް ވަނުމަށްފަހުއެވެ.
"އަހަރެން އަމީންއާ އިނަސް އަހަރެންގެ މަންމައާއި ބައްޕައަކަށް އަހަރެންގެ ހިތެއް ނޭނގޭނެ.... އެމީހުން ހީކުރާނެ އަހަރެން އަމީންއަށް ލޯބިދޭނެޔޭ.....އަމީންއާއެކު އުފާވެރި ދިރިއުޅުމެއް ހޭދަކޮށްފާނެއޭ.... އެކަމަކު މަންމައާއި ބައްޕަ އެދެކޭ ހުވަފެނުގައި ދުވަހަކުވެސް ކުލައެއް ނުޖެހޭނެ." ސާރާ އެނދުމައްޗަށް ބަންޑުން ވެއްޓިގަންނަމުން ބުންޏެވެ. އަމީންގެ ތުންފަތުގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ.
"ސާރާ.....ކީއްވެތަ އަހަރެންދެކެ ތިޔަހާ ވަރަށް ރުޅިއަންނަނީ؟" އަމީން ސާރާ އޮތް އެނދުގެ މަގަތުގައި އިށީނެވެ.
"އަހަރެންގެ ނުރުހުމުގައި އަހަންނާ އިނީތީ......" ސާރާގެ އަޑު ކުރެހެން ފެށިއެވެ.
"އަހަރެން ނުދެނަހުރީމޭ ސާރާ ނުހުރޭކަމެއް....އަހަންނަކީވެސް ފިރިހެނެކޭ ސާރާ، ކޯއްޗެއްތަ އަހަރެންގެ އަތުގައިނެތީ." އަމީން ފުން ނޭވާއެއް ލިއެވެ.
********************
* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 09 އިން 12 ށެވެ.

ކިޔުންތެރިންގެ ހިޔާލު