މިރޭގެ މެޗްގައި މެސީ (މަތީގައި) އަށް ޓެކުލް ކުރަނީ
މިރޭގެ މެޗްގައި މެސީ (މަތީގައި) އަށް ޓެކުލް ކުރަނީ
ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ފައިލުގައި ވަރުގަދަ ބްރެޒިލް އާއި، އާޖެންޓީނާ ބައްދަލުކުރަން ޖެހިއްޖެއެވެ.

ބުރެޒިލްގެ އެސްޓަޑިއޯ ނަސިއޮނާލްގައި މިއަދު ހެނދުނު 6:00 ގައި ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗު އާޖެންޓީނާ ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެން 3-2 އިން ކޮލަމްބިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ. އިއްޔެ ކުޅެވުނު ސެމީ ފައިނަލްގެ މެޗު ކާމިޔާބުކޮށް ބްރެޒިލް ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ.

މިއަދުގެ މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު، ކޮލަމްބިއާ އާއި އާޖެންޓީނާ އޮތީ 1-1 އިން އެއްވަރުވެފަ އެވެ. މެޗްގެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ އާޖެންޓީނާ އިންނެވެ. މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓީނޭޒް އެވެ. ކޮލަމްބިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފަހު ހާފްގައި ލުއިސް ޑިއާސް އެވެ.

ނަތީޖާ ނެރުމަށް ކުރިއަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް ގައި އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް ވަނީ ކޮލަމްބިއާ އިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ މަތަކޮށްފަ އެވެ. އަދި އާޖެންޓީނާއިން ވަނީ 3 ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. ކޮލަމްބިއާ އަށް ކާމިޔާބު ކުރެވުނީ 2 ޕެނަލްޓީއެވެ.



އާޖެންޓީނާ ކޮޕަ އެމެރިކާ ފައިނަލުގައި އެންމެ ފަހުން ކުޅުނީ 2016 ވަނަ އަހަރު އެވެ. އެޓީމަށް އެންމެ ފަހުން ކޮޕަ އެމެރިކާ ކާމިޔާބުކުރެވުނީ 1993 ވަނަ އަހަރު އެވެ. ބްރެޒިލާ ދެކޮޅަށް އެންމެ ފަހުން އާޖެންޓީނާ ކޮޕަ އެމެރިކާ ފައިނަލެއްގައި ކުޅުނީ 2007 ވަނަ އަހަރު އެވެ. ބްރެޒިލް އާއި އާޖެންޓީނާ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން