ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ "ފޮތް ގާޑިޔާ" އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ހަޓެއް ހަދައި އާންމުންނަށް ބޭނުންކުރެވޭނެހެން ހުޅުވާލައިފިއެވެ.
މި ޕްރޮޖެކްޓް ގެ އަމާޒަކީ ހުޅުމާލޭގައި މިހާރު ގާއިމް ކުރެވިފައިވާ ފޮތް ގާޑިޔާއަށް މޫސުމާއެކު ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން، ވިއްސާރައިގެ ސަބަބުން ފޮތްތަކަށް ގެއްލުންވިޔަ ނުދިނުމަށާއި ގިނަ ފަރާތްތަކަކަށް ބޭނުންކުރެވޭނެހެން އެތަން ތަރައްގީ ކުރުން ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.
މިގޮތުން، ދިވެހި ހަރުގެއެއް ހެން ފަރުމާކޮށް ހިޔާވާނެގޮތް ހަދައި މި ފޮތް ގާޑިޔާގައި ހުންނަ ފޮަތްތައް ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމު ވަނީ ގާއިމްކޮށްފައެވެ. މިއާއެކު، އިތުރު ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް މި ހަރުގެ ބޭނުންކުރެވިގެންދާނެއެވެ. މި ގެނެވުނު ބަދަލާއެކު ފަޮތް ކިއުމަށް ކުދިބޮޑު އެންމެން އެއްވާ ތަނެއްގެ ގޮތުގައި ބޭނުންކުރުމާއި، ބުކް ކްލަބް އިންތިޒާމު ކުރުމާއި، އާޓް އެންޑް ކްރާފްޓް ސްޓޭޝަން އެއް ގޮތަށް ބޭނުންކުރުމާއި، ތައުލީމީ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންކުރުގެ އިތުރުން ސްކޫލުތަކުގެ ކުދިން ސްކޫލު ގަޑީގައި ޒިޔާރަތްކޮށް ފޮތް ކިއުމަށް ބޭނުންކުރެވޭނެއެވެ.
ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރީ ޗިލްޑްރަން އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.
"ފޮތް ގާޑިޔާގެ އެންމެ ބޮޑު އެއް އަމާޒަކީ ފޮތް ކިއުމުގެ އާދަ މުޖުތަމުގައި އިތުރު ކުރުން. އެގޮތުން ތަފާތު ފޮތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސާ ކުޑަ ކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް ބޭނުން ކުރެވޭނެހެން މި ސަރަހައްދު ގާއިމްކުރުން. މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ލިބުމުގެ އިތުރުން ތަފާތު ހަރަކާތަތްތައް ހިންގުމަށްވެސް މި ތަން ބޭނުން ކުރެވިގެންދާނެ." ފޮތްގާޑިޔާގެ ފައުންޑަރުން ވިދާޅުވެފައި ވެއެވެ.
މި ޕްރޮޖެކްޓް ހިންގުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ފަރާތުން ވަނީ ހަރުގެ އެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ބޭނުންވާނެ ބައެއް ސާމާނު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން އެފަދަ ފަރާތްތަކުން ހުށައަޅާ ޕްރަޕޯސަލް ތަކަށް ބަލައިގެން އިޖުތިމާޢީ ކަންކަމަށް އެހީވާ ފަންޑެކެވެ.

ކިޔުންތެރިންގެ ހިޔާލު