ފޮޓޯ: ސޯޝަލް މީޑިއާ، އުމުރުން ދުވަސްވީ މީހެއް ކޮވިޑް ޓެސްޓު ހަދަނީ
ފޮޓޯ: ސޯޝަލް މީޑިއާ، އުމުރުން ދުވަސްވީ މީހެއް ކޮވިޑް ޓެސްޓު ހަދަނީ
އުމުރުން 90 އަހަރުގެ އަންހެނަކަށް ކޮވިޑް-19 ގެ ދެ ވޭރިއަންޓް އެއްފަހަރާ ޖެހިގެން މަރުވެފައިވާކަމަށް ޔޫރަޕިއަން ކޮންގްރެސް އޮން ކްލިނިކަލް މައިކްރޯ ބަޔޮލޮޖީ އިންފެކްޝަސް ޑިޒީސްގައި ހާމަކޮށްފިއެވެ.

އުމުރުން 90 އަހަރުގެ މި މީހާއަކީ ބެލްޖިއަމަށް ނިސްބަތްވާ މީހެކެވެ. މިއީ އެއްފަހަރާ ކޯވިޑްގެ ދެ ވޭރިއަންޓް މީހަކަށް ޖެހިގެން ދުނިޔޭގައި ފާހަގަވެފައިވާ އެންމެ ފުރަތަމަ ކޭހެވެ. މިކަމުން އަންގައިދެނީ އެއްފަހަރާ ދެ ވޭރިއަންޓް ޖެހިދާނެ ކަމާއި، ޖެހުމުގެ ފުރުސަތު އެބައޮތްކަން ކަމުގައި ކޮންގްރެސް އިންތިޒާމް ކުރި ފަރާތުން ނެރުނު ބަޔާނުގައިވެއެވެ.

މި މީހާއަށް ޖެހިފައިވަނީ އަލްފާ ވޭރިއަންޓާއި ބީޓާ ވޭރިއަންޓެވެ. މިއީ އިނގިރޭސި ވިލާތުންނާއި ދެކުނު އެފްރިކާއިން ފެނިފައިވާ ދެ ވޭރިއަންޓް ކަމަށް ބެލެވޭއިރު މި މީހާއަށް ކޮވިޑް ޖެހިފައިވަނީ ދެ މީހެއްގެ ފަރާތުން ކަމަށް ވެސް ބެލެވިފައި ވެއެވެ.

ޖުލައި މަހުގެ 12 އާ ހަމައަށް ކުރިއަށްދިޔަ މި ކޮންގްރެސްގައި މި އާދަޔާޚިލާފު ކޭހާއި ގުޅިގެން ސިއްހީ ދާއިރާގެ ފުންނާބު އުސް ފަރާތްތައް ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން މިއީ ވަރަށް ނާދިރު ކަމެއްކަމަށް ޑޮކްޓަރުން އެއްބަސް ވެފައިވާއިރު މަދުމަދުން މިހާރު ދެ ވޭރިއަންޓް ޖެހިފައިވާ މީހުން ފެންނަމުން ދާ ކަމަށްވެސް މި ކޮންގްރެސްގައި ފާހަގަކޮށްފައިވެއެވެ.

ދެ ވޭރިއަންޓް އެއްފަހަރާ ޖެހުނު މީހާއަށް ފަރުވާދިން ހޮސްޕިޓަަލުން ބުނެފައިވަނީ އެ މީހާއަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ކޮށްފައިނުވާ މީހެއްކަމަށެވެ.

މާޗްމަހު ބެލްޖިއަމްގައި އަލްފާ އަދި ބީޓާ ވޭރިއަންޓް ފެތުރުނުކަމަށް ރިޕޯޓްތަކުން ދައްކައެވެ. އަދި މިހާރު ޔޫރަޕްގައި އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ ޑެލްޓާ ވޭރިއަންޓްކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ.

އެހެން ޤައުމުތަކެކޭ އެއްފަދައިން ބެލްޖިއަމަށްވެސް ވަނީ ވެކްސިން ލިބިމުގެ ދަތިތަަކާ ކުރިމަތި ލާން ޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން