އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ)
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ)
މިހާތަނަށް އެންމެ ކާމިޔާބު ސިޔާސީ ޕާޓީއަކީ ޢަދާލަތު ޕާޓީ ކަމަށް މިހާރު އުވާލާފައިވާ ސޯޝަލް ލިބަރަލް ޕާޓީގެ ލީޑަރ އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސްކަންވެސް ކުރަށްވާފައިވާ އިބްރާ މިމޭރުމުން ވިދާޅުވެފައިވަނީ، އެމްޑީޕީން ވެރިކަމަށް އައީ ވަކި ސިޔާސަތުތަކެއްގެ މައްޗަށް އެކުލެވޭ، ވަކި ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދޭން ވަޢުދުވެގެން އެކަންކަން ފުއްދައިދިނުމަށް ޓަކައި ކަމަށާއި، ހަމައެކަނި ނަމަކަށް ވެރިކަމެއް ކޮށްލަން ނޫން ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވުމާ ގުޅިގެންނެވެ.

ވައްޑެއަށް ރައްދު ދެއްވަމުން އިބްރާ ވިދާޅުވީ، ކަންހިނގާ މަގަށްބަލާއިރު، މިހާތަނަށް އެންމެ ކާމިޔާބު ޕާޓީއަކީ އަދާލަތު ޕާޓީކަމަށެވެ. މަޖިލީހުން އެންމެ ފަހަރަކު 1 ގޮނޑި ހޯދުންފިޔަވާ ޤައުމީ އިންތިޚާބަކުން ކާމިޔާބެއް ލިބިފައި ނުވިނަމަވެސް، ކޮންމެ ސަރުކާރެއް އޮތަސް އެޕާޓިން ބޭނުން ސިޔާސަތު ހިންގާކަމަށް އިބުރާ ވިދާޅުވިއެވެ.

މީގެ ކުރިން އިބްރާ ވިދާޅުވީ، ސަތޭކަ ދީނީ އިލްމުވެރިން ހިތްހަމަޖައްސައިދެއްވިޔަސް، 2023 ވަަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ވޯޓު ލިބިވަޑައިނުގަންވަަނަވާނެ ކަމަށެވެ. ސަރުކާރުން މަޖިލީހަށް ހުށައެޅުއްވި ނަފްރަތު އުފެއްދުން މަނާކުރާ ބިލާ ދެކޮޅަށް، ރައީސް ޞާލިޙްގެ ފެކްޝަނުގެ މެމްބަރުން ވަކާލާތުވެސް ކުރެއްވިއެވެ. އެކަމާ ހިތްހަމަ ޖެހިވަޑައިނުގެން މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ ފެކްޝަނުން ރައީސް ޞާލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ޞާލިހުގެ އިސްތިއުފާއަށް ވެސް ގޮވިއެވެ.

އިބްރާ މިމޭރުމުން ވިދާޅުވެފައި ވާއިރު، ރައީސް ސާލިހުގެ ސަރުކާރަކީ ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކަށް އެހީތެރިވާ ސަރުކާރެއްކަމަށް ދޭހަވާފަދަ ގޮތަކަށް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ޢަދާލަތު ޕާޓީއަށް ނިސްބަތްކޮށް ވާހަކަފުޅު ދައްކަވަމުންނެވެ. އަދި ރާއްޖޭގައި އިންތިޚާބުތައް ކާމިޔާބު ކުރެވެނީ ހަރުކަށި މީހުންގެ އެހީގައި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވާގޮތުން ރާއްޖޭގައި ގޮތް ނޭނގޭ އަނދިރި ދައުލަތެއް އޮވެއެވެ. އަދި އެމީހުންގެ މަގްސަދަކީ ރާއްޖެ އަފްގާނިސްތާން ފަދަ ހަނގުރާމަ ހިނގާ ގައުމަކަށް ބަދަލުކުރުންކަމަށް ދޭހަވާގޮތަށް ރައީސް ނަޝީދު ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން