"ވަގުތު ފާއިތުވުމުގެ ކުރިން ނަމާދަށް
އަވަސްވެގަންނާށެވެ! މަރުވުމުގެ ކުރިން ތައުބާވުމަށް އަވަސްވެގެންނާށެވެ!"
* ކުރީގެ އަދަދާއި ގުޅޭ .......
ޤިޔާމަތްދުވަސް އަންނާނެކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ. މީހަކު ޤަބޫލުކުރިޔަސް އަދި ނުކުރިޔަސް ﷲ ގެ ޥަޢުދުފުޅު ތެދުވާނެއެވެ. ޤުރްޢާން ބާއްވައިލެއްވުނު ދުވަސްވަރުގައިވެސް ޤިޔާމަތް ދުވަހަށް އިންކާރުކޮށް އެދުވަސްވާކަން ޤަބޫލުނުކުރި ބަޔަކުވިއެވެ. އަދި މިއަދުވެސް ކަނޑައެޅިގެންވާ މިޙަޤީޤަތާއި އިންކާރުކޮށް މި ޙަޤީޤަތް ޤަބޫލުނުކުރާ ބަޔަކުވެއެވެ. ވަޙީބާއްވައި ލެއްވުނު ދުވަސްވަރުގައި ޤިޔާމަތް ދުވަސް ވާކަން ޤަބޫލުނުކޮށް އެއާ އިންކާރުކުރި މީހުންގެ ހިތްތަކުގައިވީ ޝައްކުތަކާއި ސުވާލުތަކަށް ޤުރްޢާން ޝަރީފްގެ ވަރަށް ގިނަ ތަންތާނގައި ޖަވާބު ދެވިފައި ވެއެވެ. ކީރިތި ޤުރްޢާނުގައި، ޔާސީން ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާއިގައިވަނީ "އަދި އިންސާނާ އަހަރެންގެ މިސާލުޖަހައި ހެދިއެވެ. އަދި އަހަރެން އޭނާ ހެއްދެވުން ހަނދާން ނައްތާލައިފިއެވެ. ބުނަންފެށިއެވެ. ކާކުހޭ ކަށިތައް ދިރުވާނީ އެކަށިތައް ވީރާނާވުމަށް ފަހު؟"
ކުޑަވެސް ވިސްނުމެއް ފިކުރެއްނެތި ތިމާ އުފެދުނުގޮތް ހަނދާން ނައްތާލަފައި ﷲ އާއިމެދު މިފަދަ އުނިބަސްތަކެއް ބުނަންކެރުނު އިންސާނާއަކީ ފަހެ ކިހާބޮަޑު މޮޔައެއްތޯއެވެ؟ ކުޑަކޮށްވެސް އެއާއިމެދު ވިސްނިނަމަ ﷲ އަށް މިފަދަ ބަސްތަކެއް ރައްދުކޮށް މިކަހަލަ ހަމަނުޖެހޭ ސުވާލެއް ކޮށް ނެހެދީސްކަން ހަމަކަށަވަރެވެ. މިސުވާލުގެ ފުރިހަމަ ޖަވާބުދެއްވަވާ ﷲ ވަޙީކުރައްވާފައިވެއެވެ. "ބުނާށޭ! އެކަށިތައް ދިރުއްވަވާނީ އެންމެފުރަތަމައިން އެކަށިތައް ހެއްދެވިޒާތެވެ. އަދި އެޒާތު ހުރިހާ ހެެއްދެވުމެއް ދެނެވޮޑިގަންނަވައެވެ."
ޔަޢުނީ: އެންމެ ފުރަތަމައިން ކަށިތައް ހައްދަވާ އެކަށިތަކަށް ފުރާނަ އެޅުއްވެވި ޒާތު ހަމަ ދެވަނަ ފަހަރަށްވެސް އެހައްދަވާނެއެވެ. އެއީ، ކުޅަދުންވަންތަ ޒާތެވެ. އެޒާތަށް ކޮންމެ ކަމެއް ކުރެެއްވުންވެސް ލުއިފަސޭހައެވެ. ހަށިގަނޑުގެ ބައިތަކާއި، ކަށީގެ ޒައްރާތައް އެތަން މިތަނަށް ފެތުރިފައިވީނަމަވެސް ހުރިހާއެއްޗެއް ވާތަނަކާއި، އޭގެ ޙާލު ފުރިހަމައަށް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. ހުރިހާ ގޮތަކަށް ހެއްދެވުމަށް އެޒާތު ކުޅަދުންވަންތައެވެ. ވިސްނަވާށެވެ! ނުޠުފާ ތަފާތު ދައުރުތަކަށް ބަދަލުކުރެއްވުމަށް ފަހު، ޞޫރަކުރައްވާ ފުރާނަ އެޅުއްވެވި ކުޅަދުންވަންތަ ޒާތު އެ ގެންނެވުމަށްފަހު، ދިރުއްވުމަށް ކުޅަދުންވަންތަވެ ވޮޑިގެން ނުވާނީ ކޮންފަދަ އަކުންތޯއެވެ؟
އިންސާނީ ވިސްނުން ތަންދޭ ގޮތުން ވިއްޔާ ނެތުމުން ވުޖޫދަށް ގެނައުމަށްވުރެން ވުޖޫދުގައިވާ އެތި ނެތިކުރައްވާފައި ހެއްދެވުން ލުއި ފަސޭހައެވެ. ރޫމް ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "އެއީއޭ އެންމެ ފުރަތަމަ ފަހަރު ހެއްދެވި ޒާތަކީ. ދެން އަނބުރާ އެގެނައުމަށް އެ ޒާތަށް މާފަސޭހައެވެ." ޔަޢުނީ: ކަލޭމެން ވިސްނާބަލާށެވެ! ފުރަތަމަ ނަމޫނާއެއް "މޮޑެލް"އެއް އަދި ނަކަލެއް ނެތި ވުޖޫދަށް ގެނައުމަށް ކުޅަދުންވަންތަ ޒާތަށް ދެވަނަފަހަރަށް ހެއްދެވުން ކުޅަދުންވަންތަ ވެގެން ނުވާނީ ކޮންފަދަ އަކުންތޯއެވެ؟ މިއީ އިންސާނުންނަށް ނިސްބަތްކޮށް ބަލާއިރު، ކަނޑައެޅިގެން ބުއްދި ޤަބޫލުކުރާ ގޮތެވެ. ނަމަވެސް ﷲ އަށް ނިސްބަތްވެގެން ވާއިރު އަލުން އަލުން އުފެއްދުމެކޭ އަދި ދެވަނަފަހަރަށް އުފެއްފުމެކޭ ﷲ އަށް ވަކިގޮތެއް ފަސޭހަވެ ވަކިގޮތެއް ދަތިވެ، އުދަގޫވުމެއް ނުވެއެވެ. ކުޑަވެގެން ޒައްރެެއްގެ މިންވަރު ހެއްދެވުމެކޭ އަދި ބޮޑުވެގެން ކާއިނާތުގައިވާ އެންމެ ބޮޑުއެއްޗެއް ހެއްދެވުމެކޭ ﷲ އަށް ހަމަހަމައެވެ. ވީއިރު ވިސްނާށެވެ. އަޙްޤާފް ސޫރަތުގައި ﷲ ވަޙީކުރައްވާފައި ވެއެވެ. "މީހުން ނުދެކޭހޭ؟ ތިމަން ﷲ އީ އުޑާއި ބިންހެއްދެވި އިލާހެވެ. އަދި ހެއްދެވުމުގައި ﷲ އަށް ލޮޑުކަމެއް ވަރުބަލިކަމެެއް ލިބިވޮޑިނުގަންނަވައެވެ. އެއިލާހު މަރުވެފައިވާ މީހުން ދިރުއްވުމަށް ކުޅަދުންވަތަވެވޮޑިގެންވެއެވެ. ނުވާންވީ ކީއްވެހޭ؟ ހަމަކަށަވަރުން އެއިލާހުކޮންމެ ކަމެއް ކުރެއްވުމަށް ކުޅަދުންވަންތައެވެ.
އުޑާއިބިންފަދަ ބޮޑެތި ބޮޑެތި އެއްޗެހި ހަމައެކަނި އެއިލާހުގެ ކުޅަދުންވަންތަ ކަމުން ހެއްދެވި އިލާހު، މަރުވެފައިވާ މީހުން ދިރުއްވުމަށް ކުޅަދުންވަންތަވެވޮޑިގެން ނުވާނެތޯއެވެ؟ އެ އިލާހުގެ ކުޅަދުންވަންތަވެ ވޮޑިގެންވާކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ. ޙާމީމް-ސަޖިދާ ސޫރަތުގައި ﷲ ވަޙީކުރައްވާފައި ވަނީ "އަދި ތިމަން އިލާހުގެ ނިޝާންތަކުގެ ތެރެއިން ހަމަކަށަވަރުން ކަލޭ ދެކޭނެޔޭ ބިން، ރޯގަހެއް ނެތި ހިކިފައިވަނިކޮށް އަހަރެން އެބިމަށް ފެންވެއްސެވުމުން، އެބިންގަނޑު ދިރިގެން އާރޯވާތަން، ހަމަކަށަވަރުން އެބިން ދިރުއްވެވި ޒާތު ކަނޑައެޅިގެން މަރުވެފައިވާ ދިރުއްވަވާނެއެވެ. އަދި އެޒާތު ކޮންމެ ކަމަކަށް ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ. ޔައުނީ: މިބިން ދިރުއްވެވި އިލާހު މަރުވެފައިވާ ހަށިތަކަށް ފުރާނަ އަޅުއްވާ ދިރުއްވަވާނެއެވެ. އެއީ އެއިލާހަށް ބޮޑުކަމެެއް ނޫނެވެ.
އެއްފަހަރަކު އަޞްޙާބު ބޭކަލަކު މާތް ރަސޫލާ މުޙައްމަދުއްޞައްލަ ﷲ އަލައިހި ވަސައްލަމް އާ ސުވާލު ކުރެެއްވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ މަޚްލޫޤުތަކުން ދެވަނަ ފަހަރަށް ދިރުއްވަވާނެ ގޮތަކާއިމެދު މަޚްލޫޤުންގެ ތެރޭގައި މިސާލަކީ ކޮބައިތޯއެވެ؟ އޭގެ ޖަވާބުގައި ރަސޫލާ ޙަދީޘްކުރެއްވިއެވެ. ކަލޭ ދުވަހަކުވެސް ކަލޭގެ ޤައުމުގެ ޖަންގަލީގައި (އެޖަންގަލީގެ ގަސްތައް މަރުވެ ބިންގަނޑު ހިކިފައިވަނިކޮށް) ހިނގާއުޅެފައި ނުވޭހެއްޔެވެ؟ ދެން އަނެއްފަހަރު އެބިންގަނޑު ދިރިގެން ގަސްތައް އާރޯކަންމަތީ މުޅި ބިން ފެހިކުލައަށް ވެފައިވަނިކޮށް އެތާގައި ހިނގާއުޅެފައި ނުވޭހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. ތިޔަގޮތަށް އަޅުގަނޑު ދެކިފައިވަމެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ﷲ ގެ މަޚްލޫޤުންގެ ތެރޭގައިވާ ﷲ ގެ ނިޝާނަކީ އެއީއެވެ. އެބަހީ މަރުމެފައިވާ މީހުން އަލުން ދިރުއްވާ ގޮތުގެ މިސާލަކީ މިއީއެވެ. މިގޮތަށް ﷲ މަރުވެވައިވާ މީހުން ދިރުއްވަވައެވެ.
ޤުރްޢާން ޝަރިފުގެ ބައެއް ތަންތާނގައި ޤިޔާމަތް ދުވަހާއިމެދު އިންކާރުކުރާ މީހުންގެ ސުވާލުތައް ބަޔާންކުރައްވައި އޭގެ ޖަވާބު ދަލީލުން ދެއްކުމުގެ ބަދަލުގައި ޤިޔާމަތްވާނެކަން ޔަޤީންކޮށްދިނުމަށްޓަކައި ޤިޔާމަތް ވާނެކަމުގެ ދަޢުވާ ތަކުރާރު ކުރައްވާފައިވެއެވެ. މިގޮތުން ޞާއްފާތު ސޫރަތުގައި ފުރަތަމަ ޤިޔާމަތްވާނެކަމާމެދު އިންކާރުކުރާ މީހުންގެ ވާހަކަ ބަޔާންކުރައްވައި، ދެން ޖަވާބުގައި ޤިޔާމަތްވާނެ ކަމުގެ ދަޢުވާ ތަކުރާރު ކުރައްވާފައިވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. "އަހަރެމެން މަރުވެގޮސް، އަދި އަހަރެމެން ވެއްޔާއި ކަށިތަކަކަށްވުމުން ހަމަ އަހަރެމެން ނެރުއްވޭނެހޭ؟ އަދި އަހަރެމެންގެ ކުރީގެ ކާބަފައިންވެސް ނެރުއްވޭނެހޭ؟ ކަލޭބުނާށެވެ. އާއެކެވެ. ކަލޭމެން ނެރުއްވޭނެއެވެ. ފަހެ އެއީ ހަމަ އެންމެ ފުމެލެއްވުމެކެވެ. އޭރުން އެބައި މީހުން ދެކޭނެއެވެ. އަދި ބުނާނެއެވެ. އޭ އަހަރެމެންގެ ހަލާކެވެ. މިއައީ ބަދަލުހިފުމުގެ ދުވަހެވެ. އާނއެކެވެ. މިއީ ނިޔާގެ ދުވަހެވެ. ކަލޭމެން އެދުވަސް ދޮގުކޮށް އުޅުނު ދުވަހެވެ."
.ސަބާ ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. "އަދި ކާފަރުވެއްޖެ މީހުން ބުންޏެވެ. ކަލޭމެން ކުދިކުދިވެ ފަނާވެދިއުމުން އަލުން ކަލޭމެން ދިރޭނެކަމަށް ބުނެހަދާ މީހަކު ކަލޭމެންނަށް އަހަރުމެން ބުނެދެންހެއްޔެވެ؟ ﷲ ގެ މައްޗަށް ދޮގުގަދައިގެން އުޅެނީހޭ؟ ނުވަތަ އޭނާގެ ކިބައިގައި މޮޔަކަމެއް ވަނީތައޭ! ނޫނެކެވެ! އާޚިރަތް ދުވަހަށް އީމާންނުވާ މީހުންވަނީ ޢަޒާބުގައެވެ. ޙައްޤާއި ދުރުވެގެންވާ މަގުފުރެދުމެއްގައެވެ."
ކޮންމެއަކަސް ޤިޔާމަތްވާނެކަމީ ޙައްޤުތެދެކެވެ. ﷲ އިރާދަކުރެއްވި ހިނދަކުން ތާޅަފިލި ފުއްމަވާލެއްވޭނެއެވެ. ޤިޔާމަތް ދުވަހުން އެ ދޮގުކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެ އަންނާނެކަން ވަގުތު ކަނޑައެޅިފައިވަނީ ﷲ ގެ ޢިލްމުގައެވެ. މީސްތަކުން އެއާ އިންކާރުކޮށް ދެކޮޅުހަދާ އުޅުމަކުން، އެކަލާނގެ ކަނޑައަޅުއްވާފައިވާ ވަގުތަށްވުރެ ކުރިއަކުން ﷲ ޤިޔާމަތް ޤައިމް ނުކުރައްވަވާނެއެވެ.
ސަބާ ސޫރަތުގައި އެކަލާނގެ ވަޙީކުރައްވާފައި ވަނީ "އަދި އެބައިމީހުން ބުންޏެވެ. ތިޔަވަޢުދު ފުރިހަމަވާނީ ކޮންއިރަކުން ހެއްޔެވެ؟ ބުނާށެވެ. ކަލޭމެންނަށްޓަކައި ވަކި ދުވަހެއްގެ ވަޢުދެއްވެއެވެ. އެއިން އެންމެ ހިނދުކޮޅެއްވެސް އިސްފަސްނުވާނެއެވެ."
މިހާތަނުން ޤިޔާމަތް އެބައިމީހުންގެ މައްޗަށް ޤައިމްކުރެވޭނެ މީހުންނަކީ ކޮބައިކަމާއިމެދު ހިސާބަކަށް އަލިއަޅުވާލުމާއެކު ޤިޔާމަތާއިމެދު ލިޔަން ގަޞްދުކޮށް ﷲ ގެ ޙަޟްރަތުން ވާގިއެދި ފަށަމެވެ. ...... (ނުނިމޭ)
* މި ލިޔުމަކީ ރިސާލާ ބުކްޝޮޕުން ނެރެމުން އަންނަ ދީނީ ސިލްސިލާ "ތަރިކަ" ފޮތްތަކުގެ ތެރެއިން، ޝެއިޚް އިދްރީސް ހުސައިން ލިޔުއްވާފައި ނެރުއްވި ފޮތް "ޤިޔާމަތް ކައިރިވެއްޖެ" އިން ނަކަލުކޮށް ލިޔެފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު