ޝާހްރުކް ޚާންއާއި އޭނާގެ ދަރިފުޅު އާރްޔަން
ޝާހްރުކް ޚާންއާއި އޭނާގެ ދަރިފުޅު އާރްޔަން
ދަރިފުޅު އާރްޔަން ޚާން މަސްތުވާ ތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ޖަލަށްލުމުން ބޮލީވުޑްގެ ސުޕަސްޓާރ، ޝާހްރުކް ޚާން މުޅިން މާޔޫސްވެއްޖެއެވެ.

ދަރިފުޅު އާރްޔަންގެ ހައްޔަރާއެކު ޝާހް ވަނީ ހަދާނެ ގޮތެއް ނޭނގި، ހިތްކުދިކުދިވެ، މުޅިން މާޔޫސްވެފައިކަމަށް އިންޑިއާގެ މީޑިއާތަކުން ދަނީ ރިޕޯޓްކުރަމުންނެވެ.

އެގޮތުން ޝާހްގެ ވަރަށް ގާތް އެކުވެރިޔަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ، ދަރިފުޅު ހައްޔަރުކުރުމުން އެކަމާ މާޔޫސްވެގެން ގޮސް މިހާރު ޝާހަށް ރަނގަޅަށް ނުކެވޭ ކަމަށާއި، ނުނިދޭކަމަށެވެ. ޝާހަށް މިހާރު ކުރިމަތިލާން ޖެހިފައިވަނީ އޭނާގެ ހަޔާތުގައި ހިނގާނެ އެންމެ ހިތްދަތި ވަގުތާއި ކަމަށްވެސް މި އެކުވެރިޔާ ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ޝާހް މިހާރު މަސައްކަތް ކުރަމުންދާ ފިލްމުވެސް މިވަގުތައް ހުއްޓާލާފައިވާކަމަށް މީޑިއާތަކުން ދަނީ ރިޕޯޓްކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި މިހިނގާ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އާރްޔަން ޚާން ހައްޔަރު ކުރުމަށްފަހު ހަތް ވަނަ ދުވަހާއި ހަމައަށް ބަންދުގައި ބެހެއްޓުމަށް ވަނީ ކޯޓުން ނިންމާފައެވެ. އެގޮތުން އެންމެ ފަހުން އޮތް އަޑު އެހުމުގައި އާރްޔަންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ 14 ދުވަހަށް އިތުރު ކޮށްފައެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި އާރްޔާން ޚާން ހައްޔަރު ކުރުމުން، ބޮލީވުޑުގެ އެތައް ފަންނާނުންނެއް ދަނީ ޝާހުރުކް ޚާނާށާއި، ގައުރީ ޚާން އަދި އާރްޔަން ޚާނަށް ހިތްވަރު ދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން