ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑިއަކީ ޤާނޫނީ ގޮތުން ސިޔާސީ މީހުންނަށް ޚާއްސަ ގޮނޑިއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.


ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑީޝަލް ސަރވިސަސް ކޮމިޝަންގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނައުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޖޭއެސްސީ އަކީ މުޅިން މުސްތަޤިއްލު މުއައްސަސާއެއް ކަމަށާއި، އެހެންކަމުން ގާނޫނީ ގޮތުން ބަލާނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ސިޔާސީ މީހެއް ނޫންކަން ޤާނޫނު އަސާސީގެ ރޫޙަށް ވިސްނުމުން އެނގޭ ކަމަށެވެ.

އެހެންނަމަވެސް އެ މަނިކުފާނަކީ ސިޔާސީ މީހެއް ނޫން ކަމަށް ބުނާނެ ޖާގައެއް ނެތް ކަމަށާއި، އެހެންކަމުން އެމަނިކުފާނު އިންނަންވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ޤާނޫނު އަސާސީ މިހާރު އޮތް ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު