އަހުމަދު މަސްނޫމް   17 މޭ 2020 - 7:4
*ބޭނުންވާ ތަކެތި

01 މޭޒުމަތީ ސަމްސާ ކަސްޓާރޑް

02 މޭޒުމަތީ ސަމްސާ ކޯންފްލާރ

02 ޖޯޑު ފެން

01 ވަށް ދޮންެޔޮ

01 ޕެކެޓް މާރީ ބިސްކޯދު

01 ދަޅު ގެރިކިރު

02 ބިސް

* ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ 02 ޖޯޑު ފެން ތެއްޔަކަށް އެޅުމަށްފަހު، އޭގެތެރެއަށް ކޯންފްލާރ، ބިސް އަދި ކަސްޓާރޑް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މަޑުގިނީގައި އޮލަވަންދެން ކައްކާލާށެވެ. އޮލަވުމުން ގެރިކިރު އެޅުމަށްފަހު 1 މިނިޓް ނޫންނަމަ ދޮަޅުމިނިޓް ވަންދެން އިތުރަށް ކައްކާށެވެ.

ދެން އެއަަށްފަހު، ކެއްކި ކަސްޓާރޑް ކްރީމް ޓްރޭއަކަށް އަޅާލާށެވެ. ދެން އޭގެ މައްޗަށް މާރީ ބިސްކޯދުގެ އެއް ލޭޔަރ އަތުރާލާށެވެ. ދެން ދޮންކޮޔޮ އާދައިގެ ވަރަކަށް ތުނިކޮށް ފޮތިކޮށް ކޮށާފައި އޭގެމަތީގައި އަތުރާލާށެވެ. އަނެއްކާވެސް ދެވަނަފަހަރަށް އެއްލޭޔަރ ކަސްޓަޑްކްރީމް އޭގެ މައްޗަށް އަޅާށެވެ.

ދެން އެވީ، ފިނިކޮށްލުމަށްޓަކައި އައިސް އަލަމާރިއަށް ލާށެވެ. އެގޮތުން ގަޑިއެއް ހާއިރު ކުރިން ކެއްކުމަށް ފަހު ފުރިޖްކުރުމުން އެންމެ ރަގަޅުވާނެއެވެ.

ކަސްޓަޑް ޕުޑިންގ އަކީ ދިވެހީންގެ ތެރޭ ވަރަށް މަޤުބޫލު ޑެޒަޓެކެވެ. ޒަމާނަށް އައިސްފައިވާ ބަދާލާއެކުވެސް، މިހާރުވެސް ދިވެހިންގެ ތެރޭ ބޭއްވޭ ބޮޑެތި ޖާފަތްތަކުގައި ކަސްޓަޑްޕުޑިންގ ފެންނަކަމީ ދިވެހިންގެ ޒަމާންވީ ސުފުރާތަކުން ފެށިގެން ކަސްޓަޑް ޕުޑިންގ އަށް ލިބިފައިވާ މަޤުބޫލުކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން