ހުސައިން ޝާން އާއި ހަސަން ޝާމް ޑްރީމް ޓީމުގެ މުވައްޒަފުންނާއެކު
ހުސައިން ޝާން އާއި ހަސަން ޝާމް ޑްރީމް ޓީމުގެ މުވައްޒަފުންނާއެކު
ރާއްޖޭގެ ޒުވާނުންގެ ތެރޭގައި ޒުވާން އުމުރުގެ އަގުހުރި ދުވަސްތައް ބޭކާރު ގޮތުގައި، ވަޒީފާއެއް އަދާކުރުމެއްނެތި، ފައިދާ ހުރި މަސައްކަތެއް ނުކޮށް ބޭކާރު ގޮތުގައި ހޭދަކޮށްލާ ޒުވާނުން ވެސް މަދެއް ނޫނެވެ. އެފަދަ ޒުވާނުންގެ ޒުވާން ހަޔާތް އެންމެ ފަހުން ނިންމާލަނީ ކުށުގެ ވެށީގެ ތެރޭގައެވެ. އެހެން ނަމަވެސް އަމިއްލަ މަސައްކަތުން ކުރިއަރައިދިޔަ އަޒުމު ވަރުގަދަ ނަމޫނާ ޒުވާނުން ވެސް އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ. ހދ. ނޮޅިވަރަމްފަރަށް އުފަން ހުސައިން ޝާނާއި އެއްމާބަނޑު ބޭބެ ހަސަންޝާމަކީ އެފަދަ ދެ ޒުވާނުންނެވެ. ދެބެއިން އެކަނިމާއެކަނި މަސައްކަތް ކުރަން ޖެހުނު ނަމަވެސް ހިތްވަރެއް ދުލެއް ނުކުރެއެވެ. މީހެއްގެ، ބައެއްގެ އެހީއާއި ނުލައި އަމިއްލަ މަސައްކަތުން ލިބޭ ލާރި ކޮޅު އެއްކޮށްލައިގެން އެންމެ ފުރަތަމަ އިލެކްޓޯނިސް ސާމާނު މަރާމާތު ކުރުމުގެ މަސައްކަތް ފެށީ ކުދި ރިސޯޓްތަކުގައެވެެ.

އެއަށްފަހު މާލެ އައިސް ގިނަ މަސައްކަތްތަކެއް ލިބެން ފެށުމުން އިލެކްޓޯނިކްސް ސާމާނު މަރާމާތުކުރުމުގެ މަސަައްކަތް ފުޅާވުމުން ޑްރީމްސް ޓީމް ކިޔާ ތަނެއް ހުޅުވިއެެެވެ. އެންމެ ފަހުން މާލެ އައިސް މަރާމާތު ކުރުމުގެ މަސަައްކަތް ކުރިއަށް ގެންދިޔައީ ދެބެއިން އަމިއްލަ އަށެވެ. އެ މަސައްކަތް ފުޅާވެ ހަޔެއްކަ އަހަރުފަހުން އިތުރު މީހުން ލައިގެން އެމަސައްކަތް ފެށިއެެވެ. އެންމެ ބޮޑު ގޮންޖެހުމަކަށްވީ އެމަސަައްކަތް ކުރިއެރުވުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތަކުން އެއްވެސް އެހީތެރިކަމެއް ދެ ޒުވާނުންނަށް ނުލިބުމެވެ. އެހެން ނަމަވެސް ހިތްވަރެއް އެލުވައެއް ނުލައެެވެ.ޝާން އާއި ޝާމް އިސްނަގައިގެން ފެށި އެމަސައްކަތް ކުރިއަށް ގެންދިޔުމަށް 59 ތަނަށް އެހީއަށްލި ނަމަވެސް އެތަންތަނުން އެއްވެސް އެހީތެރިކަމެއް ނުލިބުނެވެ.

އެހެން ނަމަވެސް އެދެބެއިން ތިބީ ހަތިޔާރު ބަހައްޓާފައި އަމާން ދޭ ފަދަ ގޮތަކަށް ނޫނެެވެ. އެއްގޮތަށް ނުވިއްޔާ އަނެއްގޮތަކުން ދެބެންގެ އުއްމީދު ތަކުގައި ކުލަ ޖައްސަން އަތުކުރި އޮޅާލިއެެވެ. ޝާން އާއި ޝާމް މަސައްކަތުގެ ކާމިޔާބީގެ ސިއްރަކީ އެއީ އެވެ.



އުއްމީދު ކަނޑާނުލައި ހިތްވަރާއެކު ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން ގޮސް ދެ ބެއިންގެ ޑްރީމް ޓީމު ވަނީ އިލެކްޓްރޯނިކްސް އާލާތްތައް މަރާމާތު ކުރުމުގައި އެންމެ ކުރީ ސަފުން ޖާގަ ހޯދާފައެވެ. އިލެކްޓްރޯނިކް ސާމާނުގެ ކޮންމެ ބްރޭންޑެއްގެ އެއްޗެއްވެސް މަރާމާތު ކުރުމުގެ މަސައްކަތް ޑްރީމް ޓީމުން ކޮށްދެނީ އިތުބާރާ ޔަގީންކަމާއެކުއެވެ.

އިލެކްޓޯނިކްސް ސާމާނު މަރާމާތު ކުރުމުގެ މަސައްކަތުގައި ގެންގުޅެނީ އެންމެ ގާބިލް ޒުވާނުންނެވެ. މާލެ ޖަލާއި ހުޅުމާލެ ޖަލާއި ބޮޑެތި ގެސްޓް ހައުސްތަކާއި ހުޅުމާލޭގެ ބައެއް ތަންތަނުގެ އިލެކްޓޯނިކްސް ސާމާނު މަރާމާތުކޮށްދީ ސާވިސް ކޮށްދިނުމުގެ ޚިދުމަތްދީ އެކަންކަން ހައްލުކޮށްދީފައިވާކަން ޑްރީމް ޓީމުން ފާހަގަކުރަނީ ފަޚުރުވެރިކަމާއެކު އެވެެ. ހިޔާ ފުލެޓްތަކުގެ އޭސީގެ މަސައްކަތްތަކާއި އިލެކްޓޯނިކްސް ސާމާނު އެންމެ ހެއު އަގުގައި އެންމެ އަވަހަށް މަރާމާތު ކޮށްދިނުމުގެ ޚިދުމަަތް ފޯރުކޮށްދެނީ ޑްރީމް ޓީމުންނެވެ. ކަަސްޓަމަރުންނަށް ކޮލެޓީ މަސައްކަތްތަކެއް، ހެޔޮ އަގެއްގައި ކޮށްދިނުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒެވެ.



ދޮންނަމެޝިނާއި، އޭސީ، އައިސް ކޮންޓެއިނަރު، އަދި އަަވަން ފަދަ ތަކެތި ހަލާކުވެގެން ގުޅާލުމުން، ވީ އެންމެ އަވަހަށް އެ ޚިދުމަތް ފޯރު ކޮށްދިނުމަކީ އެ ކުންފުނިން ވަަރަށް ބޮޑު އިސްކަމެއްދޭ ކަމެކެެވެ. ޑްރީމް ޓީމުން އިންޑޯ އަދި އައުޓްޑޯ ބޯޑުވެސް މަރާމާތު ކޮށްދެއެެވެ. މީގެ އިތުރުން އޭސީ ސާވިސް ކޮށްދިނުމުގެ ޚިދުމަތް އެންމެ އަވަސްކަމާއެކު ދެނީ ހަމަ ޑްރީމް ޓީމުންނެެވެ. އެއް ދުވަހުން 10 އޭސީ ނައްޓައި ސާވިސް ކުރުމަށްފަހު ސައުވީސް ގަޑިއިރު ތެރޭގައި އޭސީތައް އެޅުވޭނީ ނިކަން ގާބިލް ޓީމަކަށްތާއެވެ. އެކަން ކޮށްފައިވަނީ ޑްރީމްސް ޓީމުންނެވެ.



އިލެކްޓޯނިކްސް ސާމާނު މަރާމާތު ކުރުމާއި ސާވިސް ކޮށްދިނުމުގެ މަސައްކަތް ކުރުމުގައި އެޓީމަށް ހައްލު ނުކުރެވުނު މައްސަލައެއް، ވަކި އެހެން ބަޔަަކަށްވެސް ހައްލު ނުކުރެވޭނެ ކަމުގެ ޔަގީންކަން އެ ޓީމުން ދެއެވެ. އެފަދަ ޚިދުމަތްދޭ އެހެން ބައެއް ތަންތަނަށް ހައްލު ނުކުރެވުނު ނުވަތަ މަރާމާތު ނުކުރެވުނު ބައެއް އެއްޗެހި ޑްރީމް ޓީމުން ވަނީ މަރާމާތު ކޮށްދީ އެކަން ކޮށްދެވޭނެކަން ސާބިތު ކޮށްދީ ނަތީޖާ ނެރެ ދައްކާފައެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ރަނގަޅު ނުކުރެވުނު ކަމެއް މި މާލެއަކުން އެހެން ބަޔަކަށް ރަނގަޅެއް ނުކުރެވޭނެ." ހުސައިން ޝާނާއި ހަސަން ޝާމް މިހެން ބުނެލީ ފަޚުރުވެރިކަމާއެކު އެެވެ.

ޣާޒީ ބިލްޑިންގ ފަޅޯމާ ގޯޅިތެރޭގައި ހުންނަ "ޑްރީމް ޓީމް މޯލްޑިވްސް"ގެ މަސައްކަތަށް ރައްޔިތުންގެ އިތުބާރު ބޮޑުވެ، އެޓީމަށް ގިނަ މަސަައްކަތްތަކެއް ވަނީ ލިބެން ފަށާފައެެވެ.

"ފުދޭ ވަރަކަށް މީހުން ބަލައިގެންފައި މީހުން އިތުބާރު ކުރާ ރަނގަޅު ހިސާބެއްގައި މިތިބީ." ރަސް އޮންލައިނަށް ދިން އިންޓަވިއުއެއްގައި ޑްރީމް ޓީމުގެ ފަރާތުން ވާހަކަ ދެއްކި ޝާން ބުނެފައިވެއެެވެ.

ޑްރީމްސް ޓީމުގެ ފޭސްބުކް ޕޭޖަށް 11،000 މީހުން ލައިކް ލިބިފައިވެއެެެވެ. މާލެއިން ބޭރުގައިވެސް ޑްރީމްސް ޓީމުން ހިދުމަތް ފޯރުކޮށްދެއެވެ. އިލެކްޓްރޯނިކް ސާމާނު މަރާމާތު ކުރުމުގެ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ވިސްނުން ޑްރީމް ޓީމުން ގެންގުޅެއެވެެ. އެގޮތުން މާލެއިން ބޭރުގައި، ކ. އަތޮޅުގެ އެކި ރަށްތަކުގައިވެސް ޑްރީމްސް ޓީމްގެ ޚިދުމަތް މިހާރު ކަސްޓަމަރުންނަށް ލިބެއެެވެ. އެ މަސައްކަތް ފުޅާ ކުރެވެމުން އަންނަ ވަރަކަށް އެހެން ހިސާބުތަކަށްވެސް ހިދުމަތް ދިނުމަކީ އެޓީމުގެ ވަރަށް ބޮޑު އަމާޒެކެވެ. އިލެކްޓޯނިސް ސާމާނު މަރާމާތު ކުރުމުގެ އިތުރުން މުށިޖަހައިދީ ސީލިންގ މަސަައްކަތާއި ކުލަލުމުގެ މަސައްކަތް ޑްރީމް ޓީމުން ކޮށްދެއެވެ.

ޑްރީމް ޓީމުގެ ހިދުމަތް ހޯދުމަށް 7880078 އަށް ގުޅާލާށެވެ. އެންމެ އަވަހަށް އިތުބާރާ ޔަގީންކަމާއެކު އިލެކްޓޯނިކްސް ސާމާނު މަރާމާތު ކުރުމާއި ސާވިސް ކުރުމުގެ ޚިދުމަތް ދިނުމުގައި ޑްރީމް ވަރެއް ހަމަނެތެވެ.


ކިޔުންތެރިންގެ ހިޔާލު


9

ޗޗޒ

25-Nov-2021

ޒޒޗ


4

ޙުސްނީ

25-Nov-2021

ކޮއްމެ ޒުވާނަކީ ވެސް މިފަދަ ހިތްވަރު ހުރި ޒުވާނަކަށް ވާން ޖެހޭ ލާޗާރު ބީޗާރުވެ ނުތެޅި މަސައްކަތެއް ކޮށް އާމުދަނީ އެއް ލިބޭތޯ ހިތްވަރު ކުރަންވީ ސާބަސް 2 ޒުވާނުންނާށް ކާމިޔާބަށް އެދެން


3

ޠަހުޔާ

25-Nov-2021

ހިއްވަރުގަދަ މިކަހަލަ ޒުވާނުން ނަމޫނާ އަކަށް ބަލައިގެން ހުރިހާ ޒުވާނުން ވެސް އަމިއްލަ މަސައްކަތެއް ފަށާނެ ނަމަ ކިހާ ރަނގަޅު



ޓްރެންޑިން