ހިޔާ މަޝްރޫޢުގެ ޓަވަރުތައް | ފޮޓޯ: ޝާހް، ރަސް އޮންލައިން
ހިޔާ މަޝްރޫޢުގެ ޓަވަރުތައް | ފޮޓޯ: ޝާހް، ރަސް އޮންލައިން
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން، ފްލެޓް އެއްބަސްވުންތަކުގައި ސޮއިކޮށްފައިނުވާ މީހުންނަށް އިތުރު ފުރުސަތެއް ދީފައި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މިއަދު ބުނެފައިވަނީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޖުލައި 14، 2021 އިން ނޮވެމްބަރު 24، 2011 އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލްކޮށް އެކި ސަބަބުތަކާހުރެ އެއްބަސްވުމުގައި ސޮއިކުރަން ނާދެވުނު ފަރާތްތަކާއި އަދި މިހާތަނަށް ސޮއިކުރަން އެ ކޯޕަރޭޝަނުން ގުޅާފައިނުވާ ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއިކުރުމަށް މިމަހު 28 އަދި 29ގައި ފުރުސަތު ދޭނެ ކަމަށެވެ.

އެޗްޑީސީން ބުނީ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުމާލޭގައި ހުންނަ ސެންޓްރޯ މޯލްގެ 2 ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި ސޮއި ކުރަން ހާޒިރުވާން ޖެހޭ ގަޑިއަށް ހާޒިރުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އަދަދަކީ 7،000 ކަމުގައި ރައީސް ޔާމީންގެ ސަރުކާރުން ކަނޑައަޅާފައި އޮތް ނަމަވެސް ފްލެޓް ތަކުގެ ގްރައުންޑް ފްލޯ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކުގެ ވިޔަފާރިއަށް މި ސަރުކާރުން ހާއްސަ ކުރުމުން އެ އަދަދު ވަނީ 6،720 އަށް ކުޑަވެފައެވެ.

ހިޔާ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްކުރަމުންދާއިރު، އެ ފްލެޓްތަކުން ކުލި ނަގަން ފަށާނީ އަންނަ ޑިސެމްބަރުމަހުން ފެށިގެންކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ. މިހާރުވެސް ގިނަ ބަޔަކު ވަނީ ހިޔާ ފްލެޓްތަކަށް އެމީހުންގެ ދިރިއުޅުން ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން