ޗުއްޓީގައި ރަށްރަށައް ދަތުރުކުރާއިރު އެރަށެއްގެ ކޮވިޑުގެ ހާލަތު ބެލުމަށްފަހު އެ ރަށަކަށް ދަތުރުކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އަތޮޅު ކްލަސްޓަރ ހެޑް، މައުރޫފް ވިދާޅުވީ ޗުއްޓީއާއި ދިމާކޮށް މި ދުވަސްވަރު ރަށްރަށައް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރަމުންދާ ކަމަށާއި، ރަށްރަށަށް ދަތުރުކުރާއިރު އެރަށުގެ ކޮވިޑުގެ ހާލަތު ބެލުމަށްފަހު ދަތުރު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ހާލަތު ނުބަލައި ޗުއްޓީއަށާއި އެނޫން ބޭނުންތަކަށް ރަށްރަށަށް ދަތުރުކުރާ މީހުން، އެ ރަށެއް މޮނިޓަރިންއަށް ގެނައުމުން ރަށުން އަނބުރާ ނާދެވިގެން ގިނަ ކޯލް ތަކެއް ލިބެމުންދާ ކަމަށް މައުރޫފް ވިދާޅުވިއެެވެ.

"އެމައްސަލަ ދިމާނުވާނެ ނުވަތަ ދިމާވުން ކުޑަވާނެ، އެރަށަކަށް ދިޔުމުގެ ކުރިން ހާލަތު ބަލާނަމަ އެ ހާލަތު ދެނެގަތުން މުހިންމު އަޅުގަނޑުމެން އަތޮޅުތަކުގެ ޑޭޓާތައް ވެސް މިދަނީ ހިއްސާކުރަމުން އާންމުން ވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ މިކަމަށް. ދަތުރުކުރުމުގައި އެނަގަން ޖެހޭ މެޝާތައް (ސަމާލުކަން ދޭންޖެހޭ) ވެސް އެއީ ވަރަށް މުހިންމު ކަމެއް." މައުރޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މައުރޫފް ވިދާޅުވީ ރަށު ތެރޭގައި މާސްކް އެޅުމުގެ އުސޫލުތަކަށް ބަދަލު ނުގެންނަ ކަމަށެވެ. އަދި މޮނީޓަރިންގް ހާލަތަށް ލެވިފައިވާ ރަށްރަށުގައިވެސް މާސްކް ނާޅާ އުޅޭ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް މައުރޫފް އިލްތިމާސްކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން