8 ވަނަ އެޕިސޯޑް
=========
އޭގެ ފަސްދުވަސް ފަހެވެ. މިހާރު ޝިޔާންވެސް ޗުއްޓީ ހަމަކޮށް މާލެ ދިޔުމަށްޓަކައި ތައްޔާރުވަނީއެވެ. އޭނާގެ މަންމަ ގޮވައިގެނެވެ. އޭނާ ކިތަންމެ މަސައްކަތް ކުރިޔަސް އަދި އޭނާއަށް ވަނީ އޭނާއަށް ކުރެވުނު ގޮތް ނޭނގޭ އިޙްސާސްތަކުގެ ޙަޤީޤަތް ނުހޯދިފައެވެ.
[އެއީ ހަމަ ތާރާބާ.....މިހާރު އޭގެފަހުން ތިން ހަފްތާވީ. އެއްވެސް ޚަބަރެއްނުވޭ.] ޝިޔާނަށް ހިތާހިތާ ކިޔާލެވުނެވެ. ޝިޔާން މަންމައާއެކު މާލެދާން ތައްޔާރުވަމުންދަނީ ދާހިތަކުން ނޫނެވެ. ޙަޤީޤަތުގައި ޙަޤީޤަތް ހޯދަން ދުވަސްކޮޅަކު ރަށުގައި މަޑުކުރަން އޭނާ ކިތަންމެހާވެސް ބޭނުމެވެ.
[މަންމާ...އަހަރެން އަދި ބޭނުން ދުވަސްކޮޅަކު ރަށުގައި މަޑުކޮށްލަން. މަންމަ އެކަނި ދާންވީނު. އަހަރެން ދާނަން އަދި ދެހަފްތާއެއްހާ ދުވަސް ފަހުން.] ޝިޔާން ބުންޏެވެ. އެކަމަށްވެސް އޭނާގެ މަންމަ އެއްބަސްވިއެވެ.
[ދަރިފުޅު މިހާރު މާގިނަދުވަސް ވަންދެން ރަށުގައި ހުންނަން ތިއުޅެނީ ކީއްވެގެންތަ؟] ޝަކީބާ އެއްސެވެ.
[މަންމާ ރަށަށް ނާންނަތާ ހަތް އަހަރުކޮށްފައި އައިމަ ވަރަށް ބޮޑަށް އަހަރެން ރަށަށް ބީރައްޓެހިވެފައި ވަނީ. މިހާރު ދެން އެކަން ފިލައި ހަމަޔަކަށް އެޅެމުން މިދަނީ. އެހެންވެ ރަށަށް ފަރިތަވެލަން ބޭނުންވާތީ މަޑުކުރަން އަދިވެސް މިބޭނުންވަނީ.] ޝިޔާން މަންމައަށް ޖަވާބު ދިނެވެ.
[އެންމެ ރަނގަޅު....މަންމަ ނެތި ރަށުގައި އުޅޭއިރު ވަރަށް ވިސްނައިގެން އުޅެންވާނީ. ރަށުތެރޭގައި އުޅޭނެ ވަރަށް ފާޑުފާޑުގެ ކުދިން. ނިކަން ބޭނުންވާނެ ރަނގަޅަށް އުޅޭ ކުއްޖަކު މަގުއޮޅުވާލަން. މަންމަ ދޭނެ ނަޞޭޙަތަކީ ދަރިފުޅު މަގުނޯޅޭށޭ. މިހެން ބުނާއިރުވެސް މަންމައަށް އެނގޭ، ދަރިފުޅުގެ މަގު ނޯޅޭނެކަން. މަންމަ ދަރިފުޅުމެންނަށް ވަރަށް އިތުބާރު ކުރަން.] ޝަކީބާ ޝިޔާނާގެ ބޮލުގައި ފިރުމާލިއެވެ.
[މަންމާ އަހަރެން އަހަރެންގެ ޢާއިލާގެ އިޙްތިރާމާއި ޤަދަރު ހިފަހައްޓާނަން. މަންމައާއި ބައްޕަ ދެރަވެ ވިސްނަންޖެހޭފަދަ އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ އަހަރެންގެ ފަރާތުން ނުފެންނާނެ.] ޝިޔާން މިހެން ބުނީމާ ޝަކީބާ ވަރަށް އުފާވިއެވެ.
އެރެއެވެ. ޝިޔާން އޭނާގެ ކޮޓަރީގައި ނިދާފައި އޮއްވާ އެހިޔަނި ކޮޓަރިތެރެއަށް ފާޅުވެއްޖެއެވެ. މީގެ ތިންހަފްތާ ކުރީގެ ދެރެއެކޭ އެއްވެސް ތަފާތެއް ނެތެވެ. ޝިޔާން ނިދާފައި އޮވެ ތެދުވެގެން އެދަނީ އެހިޔަނީގެ ބާރުގެ ދަށުގައެވެ. މިރޭވެސް ޝިޔާނަށް އެވަދެވުނީ ތާރާގެ ނިދާ ކޮޓަރިއަށެވެ.
ހަމަ ތަކުރާރުވީ އެއްކަމެކެވެ. ޝިޔާނަށް ކުރެވުނީ އެއް އިޙްސާސްތަކެކެވެ. މިރޭވެސް ޝިޔާނަށް ހަމަހޭވެރިކަންވީ އެގެއިން ބޭރަށް ނިކުމެވުނުތަނާހެނެވެ. އެހާ ހިސާބުން އޭނާގެ ބައިވެރިޔާއަކީ ތާރާކަން އޭނާއަށް ޔަޤީންކުރެވުނެވެ. ނަމަވެސް އެއީ ކިހިނެއްވާކަމެއް ކަމެއް އެއްވެސްވަރަކަށް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް މިހާރު އެއީ ބަލަންވެއްޖެ ކަމެކެވެ. ޙަޤީޤަތް ހޯދަންވެއްޖެއެވެ. އޭނާއަށް ކުރިމަތިވެގެން އުޅެނީ ހުވަފެންތަކަކާ ނޫންކަން ކިތަންމެ ރަނގަޅަށްވެސް އޭނާއަށް އެނގެއެވެ. ވުމާއެކު އެވާހަކަ ކޮންމެވެސް ބޮޑުމީހަކާއެކު ޙިއްޞާކޮށްގެން ނަމަވެސް އެކަންވާން މެދުވެރިވާ ގޮތަކާއި، ޙަޤީޤަތަކީ ކޮބައިކަން ދެނެގަންނަން އެބަޖެހެއެވެ.
އެރެއަށްފަހު ކުރިއަށްވުރެންވެސް ބޮޑަށް އޭނާއަށް ތާރާއާމެދު ވިސްނެން ފެށުނެވެ. އޭނާ ތާރާ ދެކެން ބޭނުންވާން ފަށައިފިއެވެ. ޖެހިގެން އައި ދުވަހު ޝިޔާން އޭނާގެ ހިތް މަޖުބޫރު ކުރުވާތީ ތާރާއަށް ގުޅިއެވެ.
[ތާރާތަ؟ މީ ޝިޔާނޭ.] ތާރާ ފޯނު ނެގުމާއެކު ޝިޔާން ތަޢާރަފްވިއެވެ. ކުއްލިއަކަށް ޝިޔާން ގުޅީމާ ތާރާ ހިސާބަކަށް ޙައިރާންވިއެވެ.
[ޝިޔާނޭ! އަނެއްކާ ކަމަކުތަ؟] ތާރާ ޙައިރާންކަމާއެކު އެއްސެވެ.
[ނޫނޭ އެއްވެސް ކަމަކު ނޫން. ދެން ހަމަ ފޫހިވާތީ، ހިތަށްއެރީ ތާރާއަށް ގުޅާލާނީއޭ. އެއްކަލަ ދުވަސް ފަހުން މިހާރު އެއްގޮތަކަށްވެސް މަގުމަތިންވެސް ނުފެނޭވިއްޔަ.] ޝިޔާން ބުންޏެވެ.
[ތިބުނީ ރަނގަޅަށް...މިހާރު ވަރަށް މަގުމައްޗަށް ނިކުމެ ނޫޅެން. ވަރަށް މަދުމަދުން ޝަހްލާއާއެކު އެމީހުންގެ ގެޔަށް ވަދެލަން. އެހެން ނޫނީ ގޭދޮރުމައްޗަށްވެސް ނުނިކުމެވޭތޯ މިބަލަނީ.]
[ވާގޮތަކީ އަހަންނާ އެއްވަރުގެ ފިރިހެން ކުއްޖަކުވެސް މިހިސާބަކު ނޫޅެ....ކިރިޔާވެސް ޢުމުރު ގާތްކުރާ މީހަކަށް އުޅެނީ ތާރާ. ތާރާވެސް ލޮލަކަށް ފެންނަނީކީ ނޫން.] ޝިޔާން ބުންޏެވެ. ހީވާކަހަލައެވެ. މިހާރު ޝިޔާން ބޭނުންވަނީ ތާރާއާ ވާހަކަ ދައްކައިގެން ގާތް ގުޅުމެއް ބާއްވާށެވެ.
[މައްސަލައެއް ނޫން ދެން ޝިޔާން ފޫހިފިލުވައިދޭން ހަވީރު އަހަރެން ބޭރަށް ނިކުންނާނަން. އެކަމަކު އަރުފާނަކީ ފާޑެއްގެ ފިރިހެނެއް. އޭނާ ހިތްހަމަވެސްނުޖެހިދާނެ.] ތާރާ ބުންޏެވެ.
[އޭނާ މަހުން އައިސްފިތަ؟ އަރުފާނަކީ ވަރަށް މުރާލި މީހެއްދޯ. އަހަރެން ދަންތަ ތިގެއަށް.....] އެންމެފަހުން އިޚްތިޔާރުން ބޭރުގައި ޝިޔާނަށް އެގެޔަށް ދިޔުމަށް އެދެވުނެވެ. އަރުފާން ހިތްހަމަނުޖެހިދާނެތީ ތާރާއަށް އާއެކޭ ބުނާކަށް ނުކެރުނެވެ.
[ތާރާ...ކީއްވެ ޖަވާބެއް ނުދިނީ. އަހަރެން ތިގެއަށް ދިޔައީމަ އަރުފާން ރުޅިއަންނާނީތަ؟] ޝިޔާން އެއްސެވެ.
[ނޭނގެ މައްސަލައެއްނެތް އަޔަސް. ވާގޮތަކީ އަރުފާނަކީ އަޞްލު ގޮތް ނޭނގޭ މީހެއް. އޭނަޔަކީ މީހުންގެ މޫނަށް ބަލާ މީހެއް ނޫން. އެވަގުތަކު ހިތަށްއެރި ކޮންމެ އެއްޗެކޭވެސް ބުނެފާނެ.] ތާރާ ބުންޏެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން ޝިޔާން ގޮސް އެގެއަށް ވަނެވެ. އޭރު ސިޓިންގރޫމްގައި އިނީ ތާރާ އެކަންޏެވެ.
[އައިސް އިށީނދޭ...އަހަރެން އަންނާނަން ޖޫސް ތަށްޓެއް ހިފައިގެން. މިގެއަށް އައި ދުވަހު ކޮންމެވެސް އެއްޗެއް ބޯލަންވާނެ.] މިހެން ބުނެފައި ތާރާ ކާގެޔާ ދިމާއަށް ހިނގައިގެންފިއެވެ. ޝިޔާން އިށީނެވެ.
[އެއަށްފަހު އޭނާ އެގޭތެރެއަށް ވަށައިގެން ނަޒަރު ހިންގަން ފަށައިފިއެވެ. އެގޭތެރެއިންވެސް އޭނާއަށް އާކަން އިޙްސާސް ކުރެވޭ އެއްވެސް މަންޒަރެއް ނުފެނެއެވެ. މިގޮތަށް އޭނާ ވަށައިގެން ނަޒަރު ހިންގާލަ ހިންގާލާ އިންދާ މައިލޯ ތަށްޓެއް ހިފައިގެން އައިސް ތާރާ އިށީނދެއްޖެއެވެ.
[އެހެރީދޯ ތާރާގެ ކޮޓަރިއަކީ؟] މައިލޯތަށިން ކޯވަރެއް ބޯލަމުން ޝިޔާން ބުންޏެވެ.
[ކިހިނެއް އެނގުނީ؟ އާނ...އެއީ އަހަރެންގެ ކޮޓަރިއަކީ. އޭގެ އެކޮޅަށް އެހެރީ މަންމަގެ ކޮޓަރި.] ތާރާ ހިނިތުންވެލިއެވެ.
[ތާރާއަށް ނޭނގުނަސް އަހަރެން މިގެޔަށް އައީކީ އަލަކަށް ނޫން. މިހާރުވެސް އަހަރެން ތާރާގެ ކޮޓަރީގެ އެތުރުންގަނޑު ކިޔައިދީފާނަން.] ޝިޔާން މައިލޯތަށި ހުސްކޮށްލަމުން ހުސްތަށި ތާރާ އަތަށް ދިނެވެ. ތާރާ ތަށި އަތުލުމަށްފަހު މޭޒުމަތީގައި ބެހެއްޓިއެވެ.
[ފެން ބޭނުންތަ؟]
[ނޫނޭ މިހާރުވެސް ފުރިގެން މަތިން އަރަން ފަށައިފި. ތާރާގެ ކޮޓަރީގެ އެނދު ހުންނަ ތަނާއި ފާޚާނާ ހުންނަ ތަން މިހާރުވެސް އަހަރެން ކިޔައިދީފާނަން.] ޝިޔާން ސީދާ ތާރާގެ ލޮލަށް ބަލަން އިނދެފައި ބުންޏެވެ.
[ބުނެބަލަ...ނޭނގޭނެ.] ތާރާ މިހެން ބުނީމާ ޝިޔާން އެކޮޓަރީގެ އެތުރުންގަނޑު ވަރަށް ރަނގަޅަށް ކިޔައިދީފިއެވެ. އެއީ އަރުފާން އައިސް ގެޔަށް ވަން ވަގުތެވެ. ޝިޔާންގެ އަޑު އިވުމުން އަރުފާން ވަރަށް ކަންބޮޑުވިއެވެ.
[ކިހިނެއް އެކޮޓަރީގެ އެނދު ހުންނަ ތަނާއި ފާޚާނާ ހުންނަ ދިމާ ޝިޔާނަށް އެނގުނީ!؟] ޙައިރާންވެފައި ހުރެމެ ތާރާ އެއްސެވެ.
[ހުވަފެނުގައި ފެނުނީދޯ؟ ޝިޔާން.] ތާރާއަށް ޖަވާބުދިނީ ދުރުގައި އަޑުއަހަން ހުރެފައި ވަން އަރުފާނެވެ.
[އަރުފާން އެބުނީ ތެދެއް. އަރުފާން މިއަދު ކިހާ މަހެއް ބޭނުން. މިދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ވަރަށް ދަށް ދުވަސްކޮޅެއް ކަމަށް ގިނަ މީހުން ބުނަނީ.] ޝިޔާން އަރްފާނާ ދިމާއަށް އެނބުރުނެވެ.
[އަހަރެމެންނަށް މަސްވެރިކަން ދަށެއް ނޫން. މިއަދުވެސް ބާރަ ޓަނު ބޭނިން. ޝިޔާން ކިހާތާކު ފުރަނީ. އަނެއްކާ މުޅިން ރަށުގައި މަޑުކޮށްލީތަ؟] އަރުފާން މަސް ހިފައިގެން ގޮސް ބަދިގެފަރާތަށް ވަނެވެ.
[ނޫނޭ ކިހިނެއްތަ ރަށުގައި މަޑުކުރެވޭނީ. އަހަރެން އޮންނާނީ މަތީ ތަޢުލީމުގެ ފުރްޞަތަކަށް އެޕްލައިވެސް ކޮށްފަ. އަހަރެމެންނަށް ރަށުގައި ހުރެގެން ކޮންކަމެއްތަ ކުރެވޭނީ. ތާރާ އަހަރެން އިހަށް ގޮސްލީއޭ. ކޮންމެ ދުވަހަކުވެސް މިގެޔަށް ވަދެލެވޭތޯ ބަލާނަން.] ޝިޔާން ނިކުތެވެ. ތާރާ ގޮސް ވަނީ ބަދިގެޔަށެވެ. އޭރު ބަދިގެފަރާތުގައި ތާރާގެ މަންމަ ޞަފޫރާވެސް ހުއްޓެވެ. އޭނާ އަރުފާނު ގެނައި މަސްކޮޅު ފުރިޖް ކުރަނީއެވެ.
އޭގެ ހަފްތާއެއްހާ ދުވަސް ފަހުން ޝިޔާންގެ މަންމަ މާލެއަށް ހިނިގައްޖެއެވެ. ދެހަފްތާއެއްހާ ދުވަސް ފަހުން މާލެ އައުމަށް ޝިޔާން ގާތު ބުނެފައެވެ. މިހާރު ޝިޔާނާއެކު އެގޭގައި އުޅެނީ އޭނާގެ ބައްޕަ ޙުސްނީއެވެ. ދެބަފައިން ކައިބޮއި ހަދަނީ ޙުސްނީގެ ކޮއްކޮ ޒަރީނާގެ ގެއިންނެވެ.
ޒަރީނާގެވެސް ޖުމްލަ ތިބެނީ ތިން ކުދިންނެވެ. ތިން ކުދިންގެ ތެރެއިން ރަށުގައި އުޅެނީ އެންމެ ހަގު ދަރިފުޅު ވިއާމެވެ. ވިއާމަކީ ޝިޔާނަށްވުރެން އެއްއަހަރު ހަގު ކުއްޖެކެވެ.
[އަހަރެން ވިއާން ގާތު ވަރަށް އެބަ ކިޔާން ޝިޔާން އެކަނިވެގެން އުޅޭނޭ...އޭނަޔާއެކު ބޭރަށް ނިކުމެ އުޅެލަން ގޮސްބަލާށޭ. އެކަމަކު ވިއާމަކީ މަންމަނެއްހެން އުޅޭ ސޮރެއް. ގެއަކުން ނުނިކުންނާނެ.] ޒަރީނާ ޙުސްނީއާއި ޝިޔާން ކާން ފެށުމުން ބުންޏެވެ.
[މަންމަ އަބަދުވެސް އަހަންނާ ދިމާއަށް ކިޔާނެ އެހެން. މަންމަނެއްނަމަ އަހަންނަކަށް ވާހަކައެއް ނުދެއްކޭނެއެއްނު. ވާހަކަ ދައްކާ އަޑުއިވޭ މަންމަނުން އުޅޭތަ؟] ވިއާމް ގާތަށް ރުޅިއައެވެ.
[މަންމަ އެހެން ބުނަނީ ދަރިފުޅު މާ ކަނބިލިކޮށް އުޅޭތީ. ދަރިފުޅުގެ އެއްވެސް ރައްޓެއްސަކުވެސް ނުހުރެއެއްނު. ދަރިފުޅު ކީއްތަވާނީ، މިހުރި ޝިޔާންބެއާއެކު ކުޑަކޮށް ސިކުނޑި ހަމަޔަކަށް އަޅުވާލަން ހިނގާލަން ދިޔައްޔާ.] ޒަރީނާ ވިއާމްގެ ބޮލުގައި އަތް ކާއްތާލިއެވެ. ވިއާމް ޝިޔާންގެ މޫނަށް ބަލައިލިއެވެ.
[ޝިޔާންބެއަކީ ވަކި މަންމަންކަން ކުޑަ މީހެއްތަ؟ އޭނާވެސް ކަނބިލި. ގެޔަކުން ނުނިކުންނާނެ. މަންމަ ދައްކާނީ ހުސްއެކަނި އަހަރެންގެ ވާހަކަ....] ވިއާމް ޝިޔާނާ ދިމާކޮށްލިއެވެ.
[ތީ ވިއާމަށް ހީވާގޮތް. ޝިޔާންބެ ބީރައްޓެހިވެގެން އުޅެނީ މިރަށުގައި. މިހާރު ދަންނަ ރައްޓެހިން މަދުވީމާ. މިހާރުވެސް އުޅޭނެ އަހަރެންގެ ވަރަށްގިނަ ރައްޓެހިން މަރަދޫގައިވެސް...ފޭދޫއާއި ހިތަދޫގައިވެސް އުޅޭނެ.] ޝިޔާން ބުންޏެވެ.
[ތިހެންވީއިރު ހިނގާބަލަ ޖައްސާލަން. އަހަރެން ވަރަށް ބޭނުން...ލިންކް ރޯޑްގައި ދުއްވާލަން. އަނެއްކާ ސައިކަލެއް ލިބޭނެތަ؟] ވިއާމް ޝައުޤުވެރިވިއެވެ.
[ރައްޓެހިން އުޅެންޏާ ސައިކަލެއް ލިބިދާނެއެއްނު. އަހަރެންގެ ސައިކަލް ހިފައިގެންވެސް ދެވިދާނެއެއްނު.] ޝިޔާން ބުނެލިއެވެ.
މިހާރު ތާރާއަށްވެސް ކުރިޔާ ތަފާތު އިޙްސާސްތަކެއް ކުރެވެން ފަށައިފިއެވެ. މާބަނޑުވުމުގެ ޢަލާމާތްތަކެއް ފެންނަންފެށީކަންނޭނގެއެވެ. ނަމަވެސް ހޮޑެއްނުލެވެއެވެ. އެކަމަކު ހިސާބަކަށް އެނބުރުން ހުރެއެވެ. މިހާރު މަސްވަރު ކަންތަކުގެ ދުވަސްވެސް ފަހަނައަޅައި ހިނގައްޖެއެވެ.
[އަރުފާން....އަހަންނަށް ހީވަނީ އަހަރެން ބަނޑު ބޮޑުހެން. އަޅެ ހިނގާބަލަ ޞިއްޙީ މަރްކަޒަށް ދައްކަން. މިހާރަކަށް އައިސް އަބަދު މިހުންނަނީ ބޮލަށް އެނބުރުން އަރާފައި.] ތާރާ އުފާވެފައި ހުރެމެ ވާހަކަ ދެއްކިއެވެ.
[މައްސަލައެއް ނެތް....ހިނގާ ދައްކަން. ބަނޑު ބޮޑުވެއްޖެނަމަ ތާރާޖެހޭނެ ވަޢުދުވާން.] އަރުފާން ތާރާގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ.
[ތިބުނީ ކޮންކަމަކަށް ވަޢުދުވާ ވާހަކަ!؟] ތާރާ ހިސާބަކަށް ޙައިރާންވިއެވެ.
[އަހަންނާ ވަކިނުވާނެ ކަމަށް. ދުވަހަކުވެސް ދުރަށް ނުދާނެ ކަމަށް.] އަރުފާން ތާރާގެ ލޮލަށް ބަލަންހުރެ ހީލިއެވެ.
[އަދިވެސް އަހަންނަކަށް ޓްރަސްޓެއް ނުކުރަންދޯ؟ ދެން ވަރަށް ހެއްވާ...ކައިވެންޏަށް އެތައް އަހަރެން ފާއިތުވެގެންދާއިރުވެސް އަރުފާން އަހަންނަކަށް އިތުބާރެއް ނުކުރޭ.] ތާރާ އަރުފާނުގެ އަތުން ވީއްލިގަތެވެ. ތާރާ ރުޅިއައީއެވެ.
[އަހަރެން އިތުބާރު ކުރަމޭ. ދެން ހަމަ އެހެން އަހާލީ. ތަޤްދީރު ރޭވެމުންދާ ގޮތެއް ނޭނގޭނެއެއްނު. ރުޅި ކޮންޓްރޯލް ކޮށްގެން އަވަހަށް ހިނގާ ޞިއްޙީ މަރްކަޒަށް ދާން.] އަރްފާން ތާރާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
އެދުވަސްވީ ތާރާގެ މުޅި ޙަޔާތުގައިވެސް އެންމެ އުފާވެރި އެއްދުވަހަށެވެ. ތާރާ ކިތަންމެ އުފާވިޔަސް އެދުވަހު އަރުފާން އެހާ އުފާވީހެނެއް ހިއެއް ނުވެއެވެ. އޭނާއަށް ކުއްޖަކު ލިބެން އުޅެނީކަމަށް އޭނާއަށް ޤަބޫލު ނުކުރެވެނީކަންނޭނގެއެވެ. އޭނާގެ މޫނުމަތިން އުފާވެރި ކަމުގެ އެއްވެސް ކުލައެއް ނުފެނެއެވެ. އެކަން ވަރަށް ފަސޭހައިން ތާރާއަށް ފާހަގަކުރެވުނުވެސް މެއެވެ.
އަރްފާން އަޅެ ބައްޕައަކަށްވާން އުޅޭތީ އެއްވެސްވަރަކަށް އުފަލެއްވެސް ނުވޭތަ؟ އަހަރެން މިހާވަރަށް އުފާފާޅުކުރާއިރުވެސް އަރުފާން ހީވަނީ މާޔޫސްވެފައި ހުންނަހެން.] ތާރާ އަރުފާނުގެ އަތުގައި ހިފަހައްޓާލަމުން ވާހަކަ ދެއްކިއެވެ.
[އުފަލުން އަހަރެން ނަށަންވީތަ؟ އަހަރެން އުފާކުރާނީ ދަރިފުޅު އުފަންވީމާ އެދުވަހަކުން. އަހަރެން އުފާކުރާތަން ތާރާއަށް ފެންނާނެ.] އަރުފާން ތާރާގެ ބަނޑުގައި އަތް ކާއްތާލިއެވެ.
[ތާރާ ބަނޑު ބޮޑު ވާހަކަ ޝިޔާން ގާތު ބުނަންވާނެ. މިއަދު އޭނާ މިގެއަށް އާދޭތަ؟] އަރުފާން އެނދުގައި އިށީނެވެ.
[ކީއްކުރަންތަ ކޮންމެހެން އޭނާ ގާތު ބުނަންވީ!؟] ތާރާ ޙައިރާންވިއެވެ.
[އެއީ ތާރާގެ ގާތް ރައްޓެއްސެއްނު. އޭރުން އޭނާ ތާރާއަށް ވިޝްކުރާނެ އެއްނު.] އަރުފާން އޮށޯވެލިއެވެ.
މިހާރު ޝިޔާން ޗުއްޓީ ހަމަކޮށް މާލެދާ ދުވަސްވެސް ކައިރިވަނީއެވެ. ވުމާއެކު މިހާރު އޭނާއަށް މާބޮޑަށްވެސް ތާރާ ދެކެލުމަށް އެދެވެނީއެވެ. ހިތް ބޭނުންވަނީ ތާރާ ފެންނަފަށުގައި ހުރުމަށެވެ. އެ ހިތް އެދެނީ ތާރާގެ ހޫނު އިޙްސާސް ކުރެވޭހާ ގާތުގައި ހުރުމަށެވެ. ހިތް އެދި ގޮވަނީ ތާރާއަށެވެ. އެހިތް އޭނާގެ ގާތު ބުނާކަހަލައެވެ. ތާރާއަކީ އޭނާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ލާމެހިފައިވާ މީހެކެވެ. އޭނާގެ އިޙްސާސީ ބައިވެރިޔަކީ ސީދާ ތާރާއެވެ. ތާރާ މަންމައަކަށްވާނަމަ އޭނާ ބައްޕައަކަށްވާނެއެވެ.
އަނެއްކާ އޭނާގެ ހިތް އޭނާއަށް އޮޅުވާލަނީކީ ނޫންބާއެވެ؟ ނޫނެކެވެ. އޭނާގެ ހިތް އޭނާއަށް މަކަރެއް ނަހަދާނެއެވެ. އެއީ ސާފު ޠާހިރު ހިތެކެވެ. ނަމަވެސް މިއަދު އެހިތުގައި ވަނީ ތާރާގެ ތަޞްވީރު ކުރެހި ބިންވަޅު ނެގިފައެވެ. އެކަމަކު ތާރާއަކީ މީހެއްގެ އަންބެކެވެ. އެއީ މީހެއްގެ އަންބަކަށްވިޔަސް ތާރާ ބަލިވެއިނީ އޭނާގެ ދަރިއަކަށްކަން އޭނާ ޔަޤީންކުރެއެވެ. އެއީ އޭނާގެ ހިތް ބުނާގޮތެވެ.
އެހެން ނަމަވެސް އެކަމަކީ މާގިނަބަޔަކު ޤަބޫލުކުރާނޭ ވާހަކައެއް ނޫނެވެ.
[އަހަރެން ފުރާހިތެއް ނުވެސްވޭ މިހާރު. ބޮޑަށް ރަށުގައި އުޅޭހިތްވަނީ.] ޝިޔާން ވާހަކަ ދެއްކީ ތާރާއާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ތާރާގެ ގޭގެ ސިޓިންގރޫމްގައެވެ.
[އެއީ ކީއްވެ މިހާރު މާލެ ދާން ބޭނުންނުވަނީ؟ އަނެއްކާ މިރަށުން މިހާރު ބިޓެއް ނެގީތަ؟] ތާރާ އެއްސެވެ.
[އާނ...ދޮގެއް...އަހަރެންގެ ހުންނަނީ ހުވަފެނީ ބައިވެރިއެއް. އެބައިވެރިޔާއަކަށް ނޭނގޭނެ އެކަމެއް. އެކަމަކު އަހަރެން މިހާރު އޭނާދެކެ ވަރަށް ލޯބިވޭ. އަބަދު ދެކޭހިތްވަނީ. ހިތް އެދެނީ އަބަދުވެސް އޭނާ ފެންނަފަށުގައި ހުރުމަށް.] ޝިޔާން ތާރާގެ ލޮލަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.
[ތިބުނާ ހިތްއެދޭ ބައިވެރިޔަކީ ކާކުތަ؟] ތާރާ އެއްސެވެ.
[ބުނަންވީތަ؟ ބުންޏަސް ތާރާއަށް ޤަބޫލެއްވެސް ނުކުރެވޭނެ.] ޝިޔާން މިފަހަރުވެސް ވާހަކަދެއްކީ ތާރާގެ ލޮލަށް ބަލަން އިނދެއެވެ. އޭނާ ތާރާ ގާތު ބުނާކަހަލައެވެ. އޭނާގެ ހުވަފެނީ ބައިވެރިޔާއަކީ ތާރާއެވެ. އޭނާގެ ހިތް އެދެނީ ތާރާގެ ގާތުގައި ތާރާ ފެންނަފަށުގައި ހުރުމަށެވެ.
[ބުނެބަލަ...ކީއްވެތަ ތިވަރަށް ފަސްޖެހެނީ. އަހަންނާ ގުޅުމެއްހުރި، އަހަރެން ދަންނަ މީހެއްތަ؟] ތާރާއަށް މިހެން އަހާލެވުނު ވަގުތަކީ އަރުފާން އައިސް ގެޔަށް ވަން ވަގުތެވެ.
[އެއީ ތާރާއާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން. ކިތަންމެވަރަކަށް ކިޔައިދިނަސް ތާރާއަކަށް މޭރުމެއް ނުވާނެ.]
ތާރާއަށް ސިހުން ލިބުނީ އެކަމާ ގުޅުވައިގެން އަރުފާން ވާހަކަ ދެއްކީމައެވެ. ތާރާއެކޭ އެއްފަދައިން ޝިޔާނަށްވެސް ވަރަށް ބޮޑަށް ސިހުން ލިބުނެވެ.
[ޝިޔާން ދައްކާ ވާހަކަ ކިހިނެއް އަރުފާނަށް އެނގުނީ؟] ޙައިރާންވެފައި ހުރެމެ ތާރާ އެއްސެވެ.
[އަހަރެން ހުރީ ޝިޔާން ދެއްކި ވާހަކަ އަޑުއަހަންށޭ. ޝިޔާންގެ ހުވަފެނީ ބައިވެރިޔާއަކީ ހަމަގައިމުވެސް ތާރާއެއް ނޫން. ތާރާއާ ގުޅުންހުރި މީހެއްވެސް ނޫން.] އަރުފާން ބޭނުންވަނީ އިތުރަށް އެވާހަކަ ދެއްކިޔަނުދީ ހުއްޓުވާށެވެ. އޭނާ އެކަން ކާމިޔާބު ކުރިވެސްމެއެވެ.
ޝިޔާން ވަގުތުން އެމަޢުޟޫޢު ބަދަލުކޮށްލިއެވެ.
[އަރުފާން އެބުނިހެން ތާރާއަކަށް ނުވެސް އެނގޭނެ. ތާރާ...މިވަގުތު ދެން އަހަރެން ދަނީ...އަރުފާން.....ދަނީއޭ....] ޝިޔާން މިހެން ބުނެފައި އެގެއިން ނިކުމެއްޖެއެވެ.
އޭނާގެ ހުވަފެނީ ބައިވެރިޔާއަކީ ތާރާކަން އޭނާ ކިތަންމެ ވަރަކަށް އަންގަން ބޭނުންވިޔަސް، އަރުފާން ހުއާޓާ އޭނާއަކަށް އެކަމެއް ނުކުރެވޭނެއެވެ. އެހެން އޭނާ ޢަމަލުކޮށްފިނަމަ ހަމަގައިމުވެސް އަރުފާން އޭނަޔާމެދު ހިތްހަމައެއްނުޖެހޭނެއެވެ.
[މިހާރު ވަރަށް ގިނައިން އެސޮރު މިގެޔަށް އާދޭދޯ. ކީއްކުރަންބާ އޭނާ މިގެޔަށް އަންނަނީ؟] ޝިޔާން ނިކުމެގެން ދިޔައީމަ، އަރުފާން ތާރާއާ ވާހަކަ ދެއްކިއެވެ.
[އޭނަ ފޫހިވާތީ ވަންނަނީ. އަނެއްކާ އޭނަ މިގެޔަށް ވަދެއުޅުމަކީ އަރުފާން ރުހޭކަމަކަށް ނުވަނީތަ؟ މިހާރު އޭނާ ފުރާ ދުވަސްވެސް ވަރަށް ކައިރިވެއްޖެ.] ތާރާ އަރުފާންގެ މޫނަށް ބަލައިލިއެވެ.
[ނޫނޭ...ހިތްހަމަނުޖެހެނީކީ ނޫން. ބައެއްފަހަރު އެގޮތަށް ޅަ ޒުވާން ރީތި ކުއްޖަކު މާގިނައިން ފެންނަން ފެށީމާ، ބައެއް އަންހެނުން ހިތްކިޔާ، އެކަމެއް ކުރަން މަސައްކަތް ކުރުމަކީވެސް ދިމާވާ ކަމެއްވީމަ، އަހަރެންގެ ހިތުގައިވެސް ބިރުވެރިކަން އުފެދުނީ. އެއްވެސް ހާލެއްގައި މާބޮޑު މައްސަލައަކަށް ހަދަނީއެއް ނޫން.] އަރުފާން ބުންޏެވެ. އަރުފާން މިހެން ބުނުމާއެކު، ތާރާގެ ގާތަށް ރުޅިއައީކަންނޭނގެއެވެ.
އޭނާ ކުއްލިއަކަށް ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާގެ ފަހަތުން ގޮސް އަރުފާންވެސް ކޮޓަރިއަށް ވަނެވެ.
[ތާރާ....ހިތްހަމަނުޖެހުނީތަ؟ އަނެއްކާ އަހަންނަށް ގޯސް އެއްޗެކޭ ބުނެވުނީތަ؟] އަރުފާން ތާރާގެ ފަހަތުން އައިސް ތާރާގެ އަތުގައި ހިފެހެއްޓިއެވެ. ނަމަވެސް ތާރާ އަރުފާންގެ އަތް ފޮޅުވާލިއެވެ.
[ކައިވެންޏަށް އެތައް ޒަމާނެއް ވެގެންދާއިރުވެސް ތީނައަކަށް އަހަންނަށް އިތުބާރެއް ނުކުރެވޭ. އަހަރެން ހިއެއްނުކުރަން، އަހަންނާ ދޭތެރޭ އަރުފާން ތިގޮތަށް ވިސްނަފާނޭ ކަމަކަށް.] ތާރާ ފެންކަޅިވިއެވެ.
[މަޢާފްކުރޭ ތާރާ...އެއީ އަހަރެން ތާރާއަށް އިތުބާރު ނުކުރާތީ ބުނި ވާހަކައެއް ނޫން. ވަރަށް ބޮޑަށް ސޮރީ.....] އަރުފާން އަނެއްކާވެސް ތާރާގެ ދެއަތުގައި ހިފާލިއެވެ. އެއަށްފަހު، އޭނާ ތާރާގެ ދެކޮނޑުގައި ހިފައި އޭނާޔާ ގާތަށް ލަފާލިއެވެ.
[މީގެފަހުން އަހަންނާ ދިމާއަށް ޝައްކުގެ ނަޒަރަކުން ބެއްޔަސް އަހަރެން މަޢާފެއް ނުކުރާނަން. އާނ...މަޢާފެއް ނުކުރާނަން. އަހަރެން ވަރަށް ދެރަވެއްޖެ. އަހަރެން އަރުފާންދެކެ ލޯބިވާ މިންވަރު އަރުފާނަށް އަދިވެސް އިޙްސާސް ނުކުރެވޭތީ.....] ތާރާ އަރުފާންގެ މޫނަށް ބަލަހައްޓައިގެންހުރެ ތުން އޫކޮށްލިއެވެ.
[އަހަރެން މިހާރު މަޢާފަށް އެދެފީމެއްނު. މާބަނޑުވެގެން އުޅޭއިރު ކަންކަމާ މާބޮޑަށް ފިކުރުކޮށް، ހިތާމައިގެ ބުރަ އުފުލާކަށް ނުވާނެ.] އަރުފާން ތާރާގެ ލޮލުން ފޭދުނު ކަރުނަތިކި ފޮހެލިއެވެ.
އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ގޮސް ޝިޔާންވެސް ހިތާދެކޮޅަށް މާލެއަށް ދިޔައީއެވެ. އޭނާ ފުރައިގެންދިޔައީ އަނެއްކާވެސް އެނބުރި ރަށަށް އަންނަން ޢަޒުމް ކަނޑައަޅައިގެން ހުރެއެވެ.
[ޝިޔާން ފުރައިފިދޯ؟ އަހަންނަށް ހީވާ އެއްޗެއް ތާރާ ގާތު ބުނަންތަ؟] ޝިޔާން ފުރައިގެންދިޔަ ދުވަހު އަރުފާން ތާރާއާ ވާހަކަ ދައްކަމުން ބުނެލިއެވެ.
[ބުނެބަލަ...އޭނާ ފުރުމުގެ ކުރިން ދެތިންފަހަރު މިގެޔަށް އައި. ވަރަށްގިނަފަހަރު ގުޅަންވެސް ގުޅި...ބުނި ރަށް ދޫކޮށްފައި އަލުން މާލެދާހިތްނުވާ ވާހަކަވެސް.] ތާރާ އަރުފާނަށް ހަވީރުގެ ސައި ތައްޔާރުކުރަމުން ވާހަކަ ދެއްކިއެވެ.
[ތިހެންވީމައޭ އަހަރެންގެ ހިތަށްއަރާ ވާހަކަ ބުނަން މިއުޅެނީ. އޭނާ ހުވަފެނީ ބައިވެރިއެއްގެ ވާހަކަ ދެއްކިއެއްނު. އެބައިވެރިޔަކީ ތާރާ ކަމަށް އަހަންނަށް ޤަބޫލުކުރެވެނީ.] އަރުފާން ބުންޏެވެ. ތާރާގެ ދެލޯ ބޮޑުވިއެވެ.
[އަހަންނޭ! ނުވާނެ ތިހެނެއް. އޭނާގެ ހުވަފެނީ ބައިވެރިޔަކަށް އަހަރެންވާންވީ ކީއްވެތަ؟ އަރުފާން ދައްކާނެ ތިކަހަލަ ހަމަނުޖެހޭ ވާހަކަތައް. އަހަންނާ ދޭތެރޭ އޭނާ ނުވެސް ވިސްނާނެއެއްނު. ޢުމުރު އެހާ ތަފާތު. ތިކަހަލަ ވާހަކަ ދެންވެސް ނުދައްކާތި.] އަރުފާން އެހެން ބުނީމާ ތާރާއަށް އެހެންހެން ހީކުރެވުނަސް، ސީދާ އެކަން ޤަބޫލުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު