ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އިންސާނީ ޙައްޤުތަކުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު އިންސާނީ ޙައްޤުތަކަކީ އިންސާނަކަށްވީތީ އޭނާއަށް ފިޠުރީގޮތުން ލިބިފައިވާ ޙައްޤުތަކެކެވެ. އެކުވެރި ދައުލަތްތަކުން ފާސްކޮށްފައިވާ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާގެ ދަށުން އެއްވެސް ތަފާތުކުރުމެއްނެތި، ހުރިހާ އިންސާނުންނަށް އެއް ހަމައެއްގައި އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދެއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ އދ އިން އިންސާނީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ މުއާހަދާ ފާސްކުރުމާއި ގުޅިގެން 1948 ވަނަ އަހަރުއެވެ. މި މުއާހަދާ ތަންފީޛް ކުރަން ފެށިފަހުން މިވީ ދިގު ތާރީހުގައި އިންސާނީ ޙައްޤުތަކުގެ ރޮނގުން ބޮޑެތި ކާމިޔާބީތަކެއް ވަނީ ޙާސިލްކުރެވިފައެވެ.
އިންސާނީ ޙައްޤުތަކުގެ މި މުއާހަދާގެ ދަށުން ނަސްލާއި، ކުލައާއި، ދީނާއި، ޖިންސާއި، ބަހާއި، މުދަލާއި، އުފަންވީ ތަނާއި އަދި، ސިޔާސީ ފިކުރަށް ބެލުމެއްނެތި، ހުރިހާ އިންސާނުންނަށް، ހަމަހަމަކަމާއެކު، އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދެއެވެ.
ދުނިޔޭގެ ސަމާލުކަމަށް އިންސާނީ ޙައްޤުތަކުގެ ވާހަކަތައް އައިސް އެވާހަކަތައް މިހާރަކަށް އައިސް މާގަދައަށް ދެކެވެމުން އައިނަމަވެސް، މީގެ އެތައް ސަތޭކަ އަހަރު ކުރިން ބާއްވާލެއްވުނު ކީރިތި ޤުރުއާނުގައި އެޙައްޤުތަކުގެ ވާހަކަތައް ވަނީ ބަޔާންކޮށްދެއްވާފައެވެ.
އިސްލާމްދީނުގައި ލިބިދޭ މިދެންނެވި ހައްގުތަކާއެކު ބާރުގަދަ މީހުން ބާރެއް ނެތް ނިކަމެތިންގެ މައްޗަށް އަތްގަދަކޮށް، ލާއިންސާނީ އެތައް ޖަރީމާއެއް ހިންގުން މަނާކުރިއެވެ. އެންމެންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް މުޖުތަމަޢު ތަކުގައި ނިކަމެތިކޮށްލާފައިވާ އަންހެނުންގެ ޙައްޤުތައް ހިމާޔަތް ކޮށްދިނީ އިސްލާމް ދީނުގެ ތެރެއިން އައި ކަންކަމުންނެވެ. އެހެން އެއްވެސް ދީނެއްގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ނުދޭވަރަށް އިސްލާމް ދީނުގައި ވަނީ އިންސާނީ ހައްގުތައް ރައްކާތެރިކޮށްދީފައެވެ.
އެމީހަކު ބޭނުންހާ ގޮތަކަށް އުޅުމާއި ބުއިމާއި ހަރާމެއް ހަލާލެއް ނެތި މުދާ ހޯދުމާއި ބިރަކާއި ނުލައި މަޖާ ކުރުމާއި ކައިވެނީގެ ބޭރުން ގުޅުން ހިންގުމާއި އެއް ޖިންސުން ގުޅުން ހިންގުމާއި ބޭނުންހާ ވައްތަރަކަށް އުޅުމަކީ އިންސާނީ ހައްގުކަމަށް ހުޅަނގުގެ ގައުމުތަކުން ދުށްނަމަވެސް އިސްލާމް ދީނުގައި އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީފައިވަނީ، އިންސާނުންނަށް އެންމެ އެކަށީގެންވާ ރީތި، ފަސޭހަ މިންވަރަށެވެ. އެކަކަށް ލިބިދޭ ޙައްޤެއްގެ ސަބަބުން އަނެކުންގެ ޙައްޤުތަކަށް އުނިކަން ނާންނަގޮތަށެވެ.
ރާއްޖޭގެ ޤާނޫނީ ނިޒާމަށް ބަލާއިރު އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ގިނަ ޤާނޫނުތަކެއް ފާސްކޮށް ގެންދަނީ ތަންފީޛް ކުރަމުންނެވެ. އަދި ރާއްޖޭގައި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެދުނުތާ ވެސް ވަނީ 18 އަހަރު ވެފައެވެ.
ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުވެފައިވާ މިންވަރާއި ގުޅޭގޮތުން ހެދޭ އެކި ދިރާސާތައް ދައްކާގޮތުން ރާއްޖޭގައިވެސް އިންސާނީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނަސް، އެކަމަށް ހުރި ގޮންޖެހުންތައް ބޮޑެވެ. މީގެ ވިއްސަކަށް އަހަރު ކުރިއާއަޅާބަލާއިރު އިންސާނީ ހައްގުތައް ކަށަވަރުކުރުމުގައި ރާއްޖެއިން މިއަދު ކުރިއެރުންތަކެއް ހޯދިނަމަވެސް، އަދިވެސް ކުރަންޖެހޭ މަސައްކަތްތައް ބައިވަރު އެބަހުއްޓެވެ. ހާއްސަކޮށް ބިދޭސީ މަސައްކަތްތެރިންގެ އިންސާނީ ހައްގުތައް ކަށަވަރުކުރުމުގައި މުއައްސަސާތައް ވަނީ ވަރަށް ބޮޑަަށް ފެއިލް ވެފައެވެ.
ބިދޭސީންގެ އިތުރުން މުޖްތަމަޢުގައި ހަވާސާވެފައިވާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގައިވެސް ކުރަންޖެހޭ މަސައްކަތްތައް އެބަހުއްޓެވެ. މިހުރިހާ ކަމެއް ފުރިހަމަވެގެން މެނުވީ އަސްލު މައްސަލަ ހައްލެއް ނުވާނެއެވެ. ބައެއް މީހުންގެ ނަޒަރުގައި އިންސާނީ ހައްގު ކަށަވަރުކުރުމަކީ ހަމައެކަނި ދުލަށް އަންނަހާ އެއްޗެއް ގޮވާ ނެގުންކަމަށް ވިސްނިފައި އޮންނަ އޮތުންވެސް ބަދަލުވާން ޖެހެއެވެ. އިންސާނީ ހައްގުތަކަކީ ކޮބައިކަން އެނގި، އެކަމަށް މިހާރަށްވުރެ ބޮޑަށް މީހުން ހޭލުންތެރިކުރުވަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު