ނެޓްފްލިކްސްގެ "ސްކުއިޑް ގޭމް" ސީރީޒް އިން މަޝްހޫރުކަން ލިބިގެންދިޔަ އޯ ޔަންގް ސޫއަށް ގޯލްޑަން ގްލޯބް އެވަރޑް ލިބި، ގޯލްޑަން ގްލޯބް އެވަރޑް ލިބުނު ކޮރެއަން ފުރަތަމަ އެކްޓަރުގެ ލަގަބު ހާސިލުކޮށްފިއެވެ.

އޯ ޔަންގް ސޫއަށް ލިބިފައިވަނީ އޭނާ "ސްކުއިޑް ގޭމް" ސީރީޒް ގައި ދައްކުވައިދިން ރޯލަށް، ބެސްޓް ސަޕޯޓިންގ އެކްޓަރގެ އެވަރޑެވެ. އުމުރުން 77 އަހަރުގެ އޯ ޔަންގް ސޫ ސްކުއިޑް ގޭމުން ފެނިގެން ދިޔައީ އޯ ނާމް ނުވަތަ ޕްލޭޔަރ 001 ގެ ކެރެކްޓަރއިންނެވެ.

އިންޓަރނެޓް ޒަމާން އައުމުގެ ކުރިން ދެކުނު ކޮރެއާގެ ކުޑަކުދިން ކުޅެމުން އައި ގޭމްތަކުގެ މައްޗަށް ބިނާކޮށް އުފެއްދި "ސްކުއިޑް ގޭމް" އަކީ ގިނަ ބައެއްގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ސީރީޒެކެވެ. 9 އެޕިސޯޑްގެ މައްޗަށް އެކުލެވޭ މިސީރީޒް ރިލީޒްކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހު ނެޓްފްލިކްސްގައެވެ.

ސްކުއިޑް ގޭމް ސީރީޒްގައި ދައްކުވައިދެނީ ދިރިއުޅުމުގެ އެކި ހާލަތްތަކުގެ ސަބަބުން ފައިސާއަށް އިންތިހާއަށް ބޭނުންވެފައި ތިބި 456 މީހުން ބައިވެރިވާ ގޭމް މުބާރާތެކެވެ. އެމީހުންގެ ފުރާނަ ގުރުބާންކުރަންޖެހޭ މިގޭމް ސީރީޒް ނިމޭއިރު ސަލާމަތުން ހުންނަ މީހާއަށް 38.66 މިލިއަން ޑޮލަރު ލިބިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން