ނަމާދު ކުރުމާއި ރޯދަ ހިފުމުން ދުރުހެލިވެފައިވާ މީހަކު ތައުބާ ވުމަށް ފަހުގައި ގެއްލުނު ރޯދަތައް ގަޟާ ކުރުން
މުސްލިމް މަންމަ އަކާއި ބައްޕަ އަކަށް އުފަންވި ދަރިއަކަށް ވުމުން މެނުވީ އިސްލާމް ކަމަކީ ކޮބައިކަން އަޅުގަޑަކަށް ނޭގެއެވެ. ކުރީގައި އުޅެވިފައިވަނީ ވަރަށްވެސް ދީނާއި ދުރުގައެވެ. އެހެންނަމަވެސް މިހާރު މިހުރީ ތައުބާ ވެގެންނެވެ. ވީމާ، ކުރިން ދޫކޮށްލެވިފައިވާ ނަމާދު ތަކާއި ރޯދަތައް ގަޟާ ކުރަން ޖެހޭނެތޯއެވެ؟
الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد
އަޚާ އަށް ހިދާޔަތް ދެއްކެވި ކަމަށްޓަކައި ﷲ ތަޢާލާ އަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަޚާ އަށް ޢިލްމާއި ހިދާޔަތް އިތުރުކޮށްދެއްވުން އެދި ﷲ އަށް ދުޢާ ކުރަމެވެ. އަދި ﷲ ދެއްވި މަތިވެރި ނިޢްމަތަށް ޓަކައި ގިނަގިނައިން ﷲ އަށް ޝުކުރު ކުރުމަށް ހަނދާންކޮށްދެމެވެ. ސޫރަތު އިބްރާހީމްގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ) މާނައަކީ: " އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ ދަންނާށެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ".
ތައުބާ ވުމުގެ ކުރިން ދޫކޮށްފައިވާ ނަމާދާއި ރޯދަ ގަޟާ ކުރަން ޖެހޭނެތޯ ނުވަތަ ނޫންތޯ، މިމައްސަލާގައި ޢިލްމުވެރިން ދެގޮތަށް ވާހަކަ ދައްކަވާފައިވެއެވެ. ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އެމީހާ ދޫކޮށްފައިވާ އަޅުކަންތައް ގަޟާ ކުރަން ޖެހޭނެއެވެ. މިއީ ޖުމްހޫރުންގެ ރައުޔެވެ.
އަނެއްބައި ޢިލްމުވެރިންގެ ރައުޔުގައި ނަމާދު ދޫކޮށްފައިވާ މީހާ އެނަމާދުތައް ގަޟާ ކުރާކަށް ނުޖެހޭނެއެވެ. ސަބަބަކީ ނަމާދު ދޫކުރުމުގެ ސަބަބުން އޭނާވަނީ ދީނުން ބޭރުވެފައެވެ. އެހެންކަމުން، އޭނާ އަލުން އިސްލާމްވުމުން ކުރީގެ ހުރިހާ ފާފަތަކެއް ފޮހެވިގެން ދިޔައީއެވެ.
އަނެއްބައި ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ގަޞްދުގައި ނަމާދު ދޫކޮށްފައިވާ މީހާ ނަމާދުތައް ގަޟާ ކުރާކަށް ނުޖެހޭނެއެވެ. ސަބަބަކީ ނަމާދު ގަޟާ ކުރުމަށް އަންގަވާފައިވަނީ ހަނދާން ނެތިގެންނާއި ނިދުމުގެ ސަބަބުން ނަމާދު ދޫކޮށްފައިވާ މީހުންނަށެވެ.
ތައުބާވާ މީހާ އޭނާ ކުރިން ދޫކޮށްފައިވާ ނަމާދުތައް ގަޟާ ކުރަން ލާޒިމް ކުރުމަކީ އޭނާ އަށް ނޫފުއްލޭ ވަރުގެ ބުރައެއް އުފުއްލަން ޖެއްސުމެވެ. އެހެންކަމުން އެފަދަ މީހުންގެ މައްޗަށް ވާޖިބު ވެގެންވަނީ ހެޔޮ ޢަމަލުތައް ގިނަ ކުރުމެވެ. ސޫރަތު ޠާހާގެ 82 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَىٰ ) މާނައަކީ: " توبة ވެ إيمان ވެ صالح عمل ކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ". والله أعلم
ރޯދަވެރިޔާ އަނގަޔަށް ފެންލުން
ރޯދަ އަށް ހުންނަ ޙާލުގައި ނޭފަތާއި އަނގަޔަށް ފެންލުން ހުއްދަވެގެންވޭތޯ؟

ވުޟޫ ފުރިހަމަ ކުރުމަކީ މުއިމިނުންގެ މައްޗަށް އަމުރުވެވިގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (أَسْبِغْ الْوُضُوءَ وَخَلِّلْ بَيْنَ الأَصَابِعِ وَبَالِغْ فِي الاسْتِنْشَاقِ إِلا أَنْ تَكُونَ صَائِمًا ) މާނައަކީ: "ތިޔަބައިމީހުން ވުޟޫ ފުރިހަމަ ކުރާހުށި ކަމެވެ. އަދި އިނގިލިތައް ދޭތެރޭގައި ފެންލާ ހުށި ކަމެވެ. އަދި ނޭފަތަށް ފެންލުމުގައި ފަރުވާތެރިވާށެވެ. ރޯދަވެރިޔާ މެނުވީއެވެ".
މި ޙަދީޘްގައި މިވަނީ ނޭފަތާއި އަނގަޔަށް ފެންލުމުގައި ރޯދަ އަށް ހުންނަ ޙާލަތުގައި ރައްކާތެރި ވުމަށް އަންގަވާފައެވެ. ސަބަބަކީ ނޭފަތާއި އަނގަޔަށް ފެންލުމުގެ ސަބަބުން އެތެރެ ހައްޓަށް ފެން ހިނގައިދާނެތީވެއެވެ. ރޯދަ އަށް ހުންނަ އިރުގައިވެސް އެތެރެއަށް ފެން ނުދާނެނަމަ ރޯދަ އެއް ނުގެއްލޭނެއެވެ. والله أعلم

ކިޔުންތެރިންގެ ހިޔާލު