އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕުގެ ކޮލިފައިންގައި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން އީރާނުން 17-0 އިން ރާއްޖެ ބަލިކޮށްފިއެވެ.

މިއަހަރުގެ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕު އޮންނާނީ ސެޕްޓެމްބަރުމަހު ކުވައިތުގައެވެ.

ކިރިގިސްތާންގައި ކުރިއަށްދާ ކޮލިފައިންގައި މިއަދު ރާއްޖެ ކޮޅަށް 17 ލަނޑު ޖެހި އިރާނަކީ މިމުބާރާތް 12 ފަހަރު ހޯދާފައިވާ ގައުމެކެވެ. އަދި ރާއްޖެއާ އަޅާކިޔާއިރު ހުރިހާ ގޮތަކުންވެސް ފުޓްސަލްގައި އެތައް ގުނައަކުން ކުރީގައި އުޅޭ ގައުމެކެވެ. މިއަދުގެ މެޗުގައިވެސް އެ ތަފާތު ވަނީ ވަރަށް ބޮޑަށް ފެނިގެން ގޮސްފައެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޅްގައި އިރާންގެ އިތުރުން ދެން ހިމެނެނީ ކިރިގިސްތާނާއި ތުރުކުމެނިސްތާނެވެ. މާދަމާ ރާއްޖެ ނިކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން