"އެމް.އެސް.އެސް ކްރޯމް"
"އެމް.އެސް.އެސް ކްރޯމް"
މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ އައު ބޯޓާއެކު ކޮންސްޓްރަކްޝަން ސާމާނުގެ ދަތިކަން ރާއްޖެއަށް ދެން ކުރިމަތިނުވާނެކަމަށް އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ ދިވެހި ދަޢުލަތުގެ ޝިޕިންގ ކުންފުންޏަށް މުޅިން އަލަށް ގެނެސްފައިވާ "އެމް.އެސް.އެސް ކްރޯމް" ގެ ދަތުރުތަކުގެ ސަބަބުން ކޮންސްޓްރަކްޝަން ސާމާނުގެ ދަތިކަން ރާއްޖެއަށް ދެން ކުރިމަތިވާނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ޔޫއޭއީ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ އެބޯޓު ބޭނުންކުރަން ވިސްނަނީ ކޮންސްޓްރަކްޝަން ސާމާނު އުފުލުމަށް ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ކޮންމެ 20 ދުވަހުން އެބޯޓުގެ ދަތުރެއް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރުވެސް ކުރިއަށް އޮތް 6 މަސް ދުވަހަށް ވާވަރަށް ކޮންސްޓްރަކްޝަން ސާމާނު ގެނެސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ދެކެނީ މިބޯޓު ދުއްވަން ފެށުމާއެކު ކޮންސްޓްރަކްޝަން މެޓީރިއަލްގެ ޝޯޓޭޖެއް ދެން ނާންނާނެއޭ ރާއްޖެއަކަށް. ހަމައެއާއެކު ލޯންގް ޓާރމަށް އެއް އަގެއްގައި ފްރައިޓް ގެންގުޅެވޭނެ ކަމުގެ ޔަޤީންކަން ވަރަށް ބޮޑަށް އެބަ ލިބޭ." ސަޢީދު ވިދާޅުވިއެވެ.

"އެމް.އެސް.އެސް ކްރޯމް" ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގައި 41،500 މެޓްރިކް ޓަނުގެ ހިލައާއި، ވެލި ރާއްޖެ ގެނެސްފައިވާއިރު ސަޢީދު ރޭ ވިދާޅުވީ ކުންފުނީގެ ފްލީޓް ބޮޑު ނުކޮށް އިތުރަށް ވިޔަފާރި ފުޅާނުކުރެވޭނެ ކަމަށެވެ. އެގޮތުން 680 ކޮންޓެއިނަރ އުފުލޭ އިތުރު ބޯޓެއް މި މަހުގެ 26 ނުނީ 27 ގައި ރާއްޖެ އަންނާނެ ކަމަށް ސަޢީދު ރޭ ވިދާޅުވިއެވެ.

"މީތި ލިބުނީމަ އަޅުގަނޑުމެން ޤަސްދުކުރަނީ މިހާރު އަޅުގަނޑުމެން ކޮންޓެއިނަރ މިގެންނަނީ ހަމަ އެކަނި ކޮލަމްބޯއިން. އޭގެ ބަދަލުގައި ޑައިރެކްޓް ސިންގަޕޯރ އިންވެސް މެލޭޝިއާއިންވެސް ފަށަން." ސަޢީދު ވިދާޅުވިއެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައި ހިދުމަތްދޭން ފެށި މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. ބާކީ އޮތް 0.01 އިންސައްތައަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން