ޔޫކްރޭންގެ ހަނގުރާމަ "ވީހާވެސް އަވަހަކަށް" ނިމުމަކަށް ގެނައުމަށް ރަޝިޔާއިން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ރަޝިއާގެ ރައީސް ވްލާޑިމީރް ޕޫޓިން ވިދާޅުވެއްޖެއެވެ.

ޕޫޓީން މިހެން ވިދާޅުވެފައިވަނީ، އުޒްބެކިސްތާނުގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ސަމިޓްގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރައްވާ، އެމަނިކުފާނު ވިދާޅުވި ބަސްފުޅަކަށް ޖަވާބުދެއްވަމުންނެވެ.

ޔުކްރެއިނު ހަނގުރާމަ ހުއްޓާލަން ބާރުއަޅައި، ރަޝިޔާގެ ރައީސްއަށް މޯދީ ވިދާޅުވީ މިޒަމާނަކީ ހަނގުރާމައިގެ ޒަމާނެއް ނޫންކަމަށެވެ. އަދި މިކަމާ ބެހޭގޮތުން ރަޝިއާ އާއެކު މަޝްވަރާކުރައްވާފައިވާކަމަށްވެސް މޯދީ ވިދާޅުވިއެވެ. މޯދީއަށް ޖަވާބުދެއްވާ، ޕޫޓިން ވިދާޅުވީ ޔޫކްރޭން ހަނގުރާމަ އާމެދު އިންޑިއާއިން ކަންބޮޑުވުންތަކެއް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި އަދި މިހަނގުރާމަ ނިމުމަކަށް ގެނައުމަށް މޮސްކޯއިން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ.

"ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ތިޔަބޭފުޅުންގެ ވިސްނުންހުރި ގޮތާއި، މެދުނުކެނޑި ފާޅުކުރައްވާ ކަންބޮޑުވުންތައް އަޅުގަނޑަށް އެނގޭ،" ޕޫޓިން ވިދާޅުވި އެވެ. "އަޅުގަނޑުމެން މިކަން ވީހާވެސް އަވަހަކަށް މިކަން ހުއްޓުމަކަށް ގެނައުމަށް ހުރިހާ ކަމެއް ކުރާނަން."

ޔުކްރޭނު ހަނގުރާމައިގެ މިސްރާބު ތަފާތުވިތަން ފެންނަމުންދާއިރު، ރަޝިއާއިން ހިފާފައިވާ ޔުކްރެއިނުގެ ސަރަހައްދުތަކުގެ ތެރެއިން ބައެއް ސަރަހައްދުތައް މިހާރު ވަނީ ޔުކްރޭނުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެގޮތުން ޔުކްރެއިނުގެ ޚާރކިވް ކައިރިން އެތައް ހާސް އަކަ ކިލޯމީޓަރެއްގެ ސަރަހައްދަކުން ރަޝިޔާގެ ސިފައިން ވަނީ ފަހަތަށް ޖައްސާފައެވެ.

ނަމަވެސް ރައީސް ޕޫޓިން، ޔޫކްރޭންގެ ހަނގުރާމަ އަވަހަށް ނިންމާލާން ފުރުސަތު ދޭނެކަމުގެ ޔަގީންކަން ނެތްކަމަށް ކަމާ ބެހޭ މާހިރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން